Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު ނިހާން

ނިހާނުގެ ބަހުގެ ހަމަލާތައް ޝޭޚް އިލްޔާސްއަށް!

2 ސެޕްޓެމްބަރު 2018 | އާދީއްތަ 08:16

ދެފަހަރު ދެގޮތަށް ވާހަކަ ދައްކަވާކަމަށް ވިދާޅުވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 08:16
ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވާހަކަ ދައްކަވަނީ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިނަކީ ދެފަހަރު ދެގޮތަށް ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސެއިން މަނިކު ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ނިހާން ފާޑުކިޔުން ޝޭޚް އިލްޔާސަށް އަމާޒުކުރެއްވީ އައްޑޫ ސިޓީ ހިތަދޫގައި ހޮނިހިރު ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

އިލްޔާސްގެ ވާހަކައިގައި، ބިރުވެތިވާންޖެހެނީ ﷲ ސުބްހާނަހޫ ވަތައާލާގެ ހަޟްރަތަށް ކަމަށާއި، މިބިންމަތީގެ އެއްވެސް މީހަކުދެކެ އެކަކުވެސް ބިރުނުގަނެ، އަނިޔާވެރިކަމާ ދެކޮޅަށް ބިރު ފަހަނައަޅައި ދިއުމަށް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން އިލްޔާސް ވިދާޅުވީ އިދިކޮޅު ޕޯޑިއަމަށް އަރާވަޑައިގެންނެވީ އެތައް ކަމެއް އަދުލު އިންސާފު ނެތި ހިނގަމުންދާ އިރު ދީނޭ ކިޔައިގެން ވާހަކަ ދައްކަމުން ގެންދާތީ ކަމަށެވެ.

ދުވަސްތަކަށްފަހު އިދިކޮޅު ޕޯޑިއަމެއްގައި ވާހަކަ ދައްކަމުން، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައިވެސް ޝެއިހް އިލްޔާސް ވަނީ ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.

އިލްޔާސްގެ ވާހަކަތަކަށް ރައްދު ދެއްވައި ނިހާން ކުރެއްވި ޓްވީޓެއްގައި، ޝޭޚް އިލްޔާސަކީ ފާޅުކަން ބޮޑު ގޮތެއްގައި ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ މީހެއްކަން ސާބިތުނުވޭތޯ އޭ ވިދާޅުވެ ވަނީ ސުވާލުކުރައްވާފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ގުޅޭގޮތުން، މީގެ ކުރިން އިލްޔާސް ދައްކަވާފައިވާ ހުރި ވާހަކަތަކުގެ ވީޑިއޯއަކާއި އެކު، ނިހާން ކުރައްވާފައިވާ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ "އިއްޔެ ނަޝީދާއި އޭނާގެ އަމަލުތަކާއިމެދު އިލްޔާސް ދެއްކި ވާހަކަ ހޫނުކޮށް ހުއްޓާ، މިއަދު އެދައްކަނީ އެހެން ވާހަކައެއް" ކަމަށެވެ.

ޝޭޚް އިލްޔާސް ވިދާޅުވި ގޮތުގައި އޭނާ އިއްޔެ ވެސް އަދި މިއަދު ވެސް ބުނަނީ ޙައްޤު ބަހެވެ.

"އަދުލް އިންސާފެއް ނެތި ހުރިހާ ކަމެއް ބޭނުން ގޮތަކަށް ކުރިއަށް ގެންގޮސްފައި ދީން ހިމާޔާތް ކުރާ ވާހަކަ ދައްކާތީ ނިކުންނަން ޖެހެނީ. އަދުލް އިންސާފު އޮތީ ކިހާ މިންވަރަކަށްތޯ ނިންމާނީ ދިވެހި ރައްޔިތުން" އިލްޔާސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް

14 ސެޕްޓެމްބަރު 2017
ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް
03 ސެޕްޓެމްބަރު 2017

އިބްރާހިމް ދީދީގެ ބަހުގެ ހަމަލާތަކެއް ނިހާން އާއި އަދުރޭއަށް !

03 ސެޕްޓެމްބަރު 2017
އިބްރާހިމް ދީދީގެ ބަހުގެ ހަމަލާތަކެއް ނިހާން އާއި އަދުރޭއަށް !
18 އޯގަސްޓު 2017

ފާރިސްގެ މައްސަލައިގައި ރައީސް މައުމޫން ރަތަށް – މަޖިލީހާއި އެޗްއާރްސީއެމާއި ބޭރު ދުނިޔެއަށް ބަހުގެ ހަމަލާތައް

18 އޯގަސްޓު 2017
ފާރިސްގެ މައްސަލައިގައި ރައީސް މައުމޫން ރަތަށް – މަޖިލީހާއި އެޗްއާރްސީއެމާއި ބޭރު ދުނިޔެއަށް ބަހުގެ ހަމަލާތައް
19 ޖުލައި 2017

ގޮނޑި ގެއްލުނު ހަތަރު މެމްބަރުންގެ ބަހުގެ ހަމަލާ އީސީ އަށް!

19 ޖުލައި 2017
ގޮނޑި ގެއްލުނު ހަތަރު މެމްބަރުންގެ ބަހުގެ ހަމަލާ އީސީ އަށް!
15 ޖުލައި 2017

ޕީޕީއެމްގެ ބައެއް އިސްވެރިންގެ ބަހުގެ ހަމަލާތަކެއް ރެޑްވޭވް ސަލީމަށް!

15 ޖުލައި 2017
ޕީޕީއެމްގެ ބައެއް އިސްވެރިންގެ ބަހުގެ ހަމަލާތަކެއް ރެޑްވޭވް ސަލީމަށް!
16 ޖޫން 2017

ބްރޯޑްކޮމްގެ ރައީސް ޝަހީބަށް އޭޑީކޭ ނާޝިދުގެ ބަހުގެ ހޫނު ހަމަލާތަކެއް!

16 ޖޫން 2017
ބްރޯޑްކޮމްގެ ރައީސް ޝަހީބަށް އޭޑީކޭ ނާޝިދުގެ ބަހުގެ ހޫނު ހަމަލާތަކެއް!
15 އެޕްރީލު 2017

ބަހަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ބަހުގެ ޤަވާއިދާ ޚިލާފަށް ހުންނަ ލިޔުންތައް ބަލައިނުގަތުމަށް ނިންމައިފި!

15 އެޕްރީލު 2017
ބަހަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ބަހުގެ ޤަވާއިދާ ޚިލާފަށް ހުންނަ ލިޔުންތައް ބަލައިނުގަތުމަށް ނިންމައިފި!
16 މާރިޗު 2017

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް