Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ޕީޕީއެމް މެމްބަރުންނާއެކު ނައިމައްތަ ވެސް ބްރިޖު މަތީ، ހަގީގަތަކީ ކޮބައި؟

ނައީމައްތަ ފިކުރު ބަދަލުވީ ތޯ އެތައް ބަޔަކު ސުވާލު އުފައްދާ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 04:31
މިއަދު ނައިމައްތަ އަތުގައި ހިފައިގެން ޕީޕީއެމްގެ ބައެއް މެމްބަރުން ފޮޓޯ ނަގަނީ

މިއަދު ނައިމައްތަ އަތުގައި ހިފައިގެން ޕީޕީއެމްގެ ބައެއް މެމްބަރުން ފޮޓޯ ނަގަނީ

އެމްޑީޕީގެ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމައްތަ) ވަނީ އެ ޕާޓީގެ މެމްބަރުންގެ ލޯބި ހޯދައިފަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުކުރުމާ ގުޅިގެން ރައްޔިތުން މަގުތަކަށް ނުކުމެ ހިންގި އިސްލާހީ ހަރަކާތުގެ އެންމެ މުހިންމު އެއް މޫނަކީ ވެސް ނައީމައްތަ އެވެ. އިސްލާހީ ހަރަކާތުގެ ތެރެއިން އެންމެ ގިނަ ފަހަރު ޖަލަށް ލާފައިވާ މީހަކަށް ވެސް، ލ. ގަމަށް އުފަން ނައީމައްތަ ވާނެ އެވެ. ނައީމައްތަގެ ހިތްވަރަށް ސަލާމަތީ ހިދުމަތްތަކަށް ކެތްނުކުރެވި އޭނާއަކީ "ގައުމީ ސަލާމަތަށް" ނުރައްކަލެއް ކަމަށް ތުހްމަތުކޮށް ހައްޔަރުކޮށްފައިވެ އެވެ. ނައީމައްތަގެ އެ ހިތްވަރަށް ސާބަސް އެންމެންގެ ސާބަސް ދަނީ އޮހެމުންނެވެ. ދައްކަން މިއުޅެނީ ނައީމައްތަގެ ހިތްވަރުގެ ވާހަކައެއް ނޫނެވެ. މުޅިން ތަފާތުވާހަކަ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ފޯރިގަދަވަމުން އަންނައިރު، ހޮނިހިރު ދުވަހު އިރުއޮއްސިގެން ދިޔައިރު، އެމްޑީޕީގެ ސަޕޯޓަރުންނަށް މާޔޫސްކަން ގެނުވިއިރު، ޕީޕީއެމްގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނުވި އެވެ. ދެރަވި މީހުން ދެރަވީ، އުފާވި މީހުން އުފާވީ، ހަގީގަތުގައި ވެގެން އުޅޭ ގޮތް ނޭނގި އެވެ.

އެންމެން ވެސް ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދިޔައީ ނައީމައްތަ ބްރިޖް މަތީގައި ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންނާއެކު ނަގާފައިވާ ފޮޓޯއެވެ. ގިނަ ބަޔަކު ހީކުރީ ނައީމައްތަ ކޮޅު ބަދަލުކުރީ ކަމަށެވެ. ރައީސް ޔާމީންގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ނައީމައްތަގެ ފޮޓޯ ބޭނުން ކުރީ ވެސް އެގޮތަށެވެ.

ޕީޕީއެމްގެ މެމްބަރުން ދައުރުކުރަމުން ދިޔަ އެއް ފޮޓޯއެއްގައި ފެންނަނީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއާއެކު ހުންނެވި ނައިމައްތަ ހުރި ފޮޓޯ އެވެ. އިބްރާހިމް ދީދީ، ނައީމައްތަގެ އަތުގައި ވަރުގަދައަށް ހިފަހައްޓާފައިވާ މި ފޮޓޯތަކާއެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ މުޒާހަރާތަކުގައި އެންމެ އިސްކޮށް އުޅޭ ނައީމައްތަ ރައީސް ޔާމިން ގެންނެވި ތަރައްގީ ހަމަ ލޮލުން ދެކެފި ކަމަށެވެ.

ބައެއް މީހުން ނައީމައްތަގެ ފޮޓޯތައް ބޭނުން ކުރަމުންދަނީ ރައީސް ޔާމިންގެ ކެމްޕެއިންގައި ބައިވެރިވީ ގޮތުގަ އެވެ. ނަމަވެސް ބްރިޖްމަތީގައި ނައީމައްތަ ފެންނަ ފޮޓޯތަކުގެ ހަގީގަތް އޭނާ ވަނީ ކިޔައިދީފަ އެވެ.

ނައީމައްތަ ހޮނިހިރު ދުވަހުގެ ހަވީރު ބްރިޖު މައްޗަށް ދިޔައީ އޭނާގެ ރައްޓެހި ބަޔަކާ އެއްކޮށް އެމީހުންގެ އެދުމުގެ މަތިންނެވެ. ފަހަރެއްގައި ވެސް ނައީމައްތަ ބުރިޖަށް ދިއުމާއި ނައީމައްތަގެ ސިޔާސީ ފިކުރަކާ ގުޅުމެއް ނެތެވެ. ނައީމައްތަ ހުރީ ކުރިއެކޭ އެއްގޮތައް އެމްޑީޕީގައި އެ ޖޯޝާ ފޯރީގައި އެވެ.

"އެ ބުރިޖަކީ ނައީމައްތަ ވެސް ޓެކްސް ފައިސާ ދައްކައިގެން އަޅާފައި ހުރި ބުރިޖެއް. ނައީމައްތަ އެ ބުރިޖުމަތީ ހިނގާފައި ދަނިކޮށް އެމީހުން (ޕީޕީއެމްގެ މެމްބަރުން) ހުއްޓުވާފައި ފޮޓޯ ނެގީ. ނައީމައްތަ ފޮޓޯ ނަގަން ފެށީމަ ނުރުހުމެއް ނުދައްކާނަން. އެކަމު ނައީމަތަ ބަދަލުވީއޭ ކިޔައިގެން އެގޮތަށް ވާހަކަ ދައްކައިގެން ނުވާނެ. ނައީމައްތަ މީ ރަތްލާޖެހި އެމްޑީޕީ މެމްބަރުން،" އޭނާ ބުންޏެވެ.

ނައީމައްތަގެ އެ ވާހަކައިން ޔަގީންވި ކަމަކީ އޭނާ އެތަނަށް ދިޔައީ ބްރިޖު އާންމުކޮށް އެންމެނަށް ހުޅުވާލީ ކަމަށް ހީކޮށެވެ. ފަހަރެއްގައިވެސް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްކޮން ހުރެ އެތަނުގައި ހާއްސަ ހަރަކާތެއް ގޮތުގައި ކަމެއް ކުރިކަމެއް ނައީމައްތައަކަށް ވެސް އަދި އެތަނަށް ދިޔަ އެތައް ބަޔަކަށް ވެސް ނޭނގެ އެވެ. އެހެން ވެދާނެ ސަބަބުތައް ވެސް އެބަހުއްޓެވެ. ސްކޫލު ކުދިންނާއި އެތައް ބައިވަރު ކުޑަކުދިންނެއް އެތަނަށް ގެންގޮސްގެން ކުޅިވަރުތައް ދެއްކީތީ އެވެ.

ރައްޔިތުންގެ ފައިސާއިން ބިނާކޮށްފައިވާ ބްރިޖްމަތީގައި ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ހިންގަމުންދިޔަ ބަޔަކު މާ ބޮޑަށް ފާހަގަ ކުރެއްވިފައި ނެތަސް ބްރިޖްމަތީގައި އެމީހުން ދިޔައީ ފެށުނީސުރެ ކެމްޕެއިން ހަރަކާތް ހިންގަމުންނެވެ. އަދި އެމީހުން ނައީމައްތަ ވެސް އޭގެ ތެރެއިން "ދަމައިގަނެގެން" ފޮޓޯ ނަގާ ސިޔާސީ ކޮށްލީ އެވެ. ނަމަވެސް ނައީމައްތަ ކުރިއަށް ވުރެ އެންމެ ތަންކޮޅެއްވެސް ފަހަތަކަށް ނުޖެހެ އެވެ. އޭނާ އެ ވާހަކަ ތަކުރާރުކޮށް ބުނަމުން އެބަދެ އެވެ.

"އެއްކޮޅަށް ނައީމައްތަ ލާފައި އަނެއް ކޮޅަށް ޑޮލަރު އެޅިޔަސް ނައީމައްތަ ނުގުޑާނެ. އެއީ އެމްޑީޕީގެ މެމްބަރުންގެ ލޯބި ނައީމައްތަ އަށް ލިބިއްޖެ. އެމްޑީޕީގެ މެމްބަރުންނާއެކު މި އުޅޭ ގޮތަކަށް ނޫޅެވޭނެ އެހެން ބަޔަކާއެކީގައެއް،" ނައީމައްތަ ބުންޏެވެ.

ހަގީގަތަކީ މިއީ ކަމަށްވިއަސް ނައީމައްތަ ހުރި ގޮތް ސާފުކުރަން ގިނަ ބަޔަކު އެބަ ބޭނުންވެ އެވެ. ޕީޕީއެމްގެ ކެމްޕެއިނަށް ސޯޝަލް މީޑިޔާގައި އަނބުރަމުންދާ އެ ފޮޓޯތަކާއެކު ނައީމައްތަ ވާހަކަ އަޑު އަހަން ބޭނުންވެ އެވެ. ހަގީގަތަކީ ނައީމައްތަ ފިކުރަކަށް ބަދަލެއް ނާދެ އެވެ. ނައީމައްތަ އަދިވެސް ހުރީ އެމްޑީޕީގެ ވަރުގަދަ މެމްބަރެއްގެ ގޮތުގައެވެ.

ނައީމައްތަގެ ވީޑިއޯ އިންޓަވިއު

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
ވެނެޒުއޭލާ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި!

ވެނެޒުއޭލާ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި!

08 އޯގަސްޓު 2017
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟

ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟

15 ޖުލައި 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު