Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގާކޮށި މާރުކޭޓު

ގާކޮށި މާރުކޭޓު ބަންދުކޮށްފި

އެ ބިމަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބިމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2018 | ހޮނިހިރު 13:56
ގާކޮށި މާރުކޭޓުގައި ބަޔަކު ވިޔަފާރި ކުރަނީ - އެ މާރުކޭޓު ވަނީ ބަންދުކޮށްފައި

ގާކޮށި މާރުކޭޓުގައި ބަޔަކު ވިޔަފާރި ކުރަނީ - އެ މާރުކޭޓު ވަނީ ބަންދުކޮށްފައި

ގާކޮށީގެ ހުޅަނގު ދެކުނުގައި ހުންނަ މާރުކޭޓް ބަންދުކޮށްފިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެ ބިން އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމުން ތަރުކާރީ އާއި މޭވާ ވިއްކުމަށް ހާއްސަކޮށްފައިވާ ގާކޮށި މާރުކޭޓުގައި ވިއްސަށްވުރެ ގިނަ ގޮޅި ދަނޑުވެރިންނަށް ދޫކޮށްފައި ވެއެވެ. އެގޮތުން ކޮންމެ ގޮޅިއަކުން 5،000ރ. ގެ ފީއެއް ދައްކަމުން ދަނީ އެ ޖަމިއްޔާއަށެވެ.

ދިވެހިންނަށް ގޮޅިތައް ދޫކޮށްފައިވީ ނަމަވެސް އެތަނުގައި ވިޔަފާރިކުރަން ތިބެނީ ހައްތަހާވެސް ބިދޭސީންނެވެ.

ގާކޮށީ މާރުކޭޓަކީ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ވިޔަފާރި ކުރާ ތަނެކެވެ. ދަތުވެރިންގެ މާރުކޭޓަށް ދިއުމުގެ ބަދަލުގައި ގާކޮށި މާރުކޭޓަށް ގިނަ ބަޔަކު ވިޔަފާރި ކުރަން ދެއެވެ. ހާއްސަކޮށް އަންހެނުން ގިނަކަން ފާހަގަކޮށްލެވެއެވެ.

ހިންގުމަށް އަމިއްލަ ކުންފުންޏަކަށް އެ ބިން ދޫކޮށްފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ނަމަވެސް ގާކޮށި މާރުކޭޓް ގޮޅިތަކުން ހުސްކުރަން އެންގީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެއެވެ.

ގާކޮށި މާރުކޭޓް ހުސް ކުރި ސަބަބާ ގުޅޭ ގޮތުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މީގެ ކުރިން ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ވަނީ އެ ބިން ބަޔަކަށް ކުއްޔަށް ދީ ކުދި ފިހާރަތަކާއި ފުޑް ކޯޓް ހިމެނޭ ގޮތަށް ތަރައްގީކުރަން ދޫކޮށްފައެވެ. ނަމަވެސް އެތަންތަން ހަދަމުން ދަނިކޮށް ކުއްލި އަކަށް އެ ބިން ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް ނަގައި އެ ބިން ކުއްޔަށް ނަގައިގެން އުޅުނު ކުންފުންޏަށް ބަދަލެއްގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދިނެވެ. ނަމަވެސް އޭގެ މާގިނަ ދުވަސްތަކެއް ނުވެ އެ ބިން އެހެން ބަޔަކަށް ހަމަ އެ ގޮތަށް ކުއްޔަށްދީ ކުދި ފިހާރަތަކާއި މާރުކޭޓް ގޮތަށް ހިންގަން ފަށާފައި ވެއެވެ.

މީގެ ކުރިން އެ ބިމުގައި އެމްޑީޕީގެ ޖަގަހަ ވެސް ހިންގާފައި ވެއެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2019

''ރަށު މާރުކޭޓު'' ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފި

15 އެޕްރީލު 2019
''ރަށު މާރުކޭޓު'' ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފި
25 ފެބުރުއަރީ 2019

ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި

25 ފެބުރުއަރީ 2019
ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި
06 ނޮވެމްބަރު 2018

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަންތައް ބަންދުކޮށްފި

06 ނޮވެމްބަރު 2018
މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަންތައް ބަންދުކޮށްފި
14 ޖޫން 2018

މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ: ތަކެތި ވިއްކާ ފަރާތްތައް

14 ޖޫން 2018
މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ: ތަކެތި ވިއްކާ ފަރާތްތައް
13 ޖޫން 2018

މާރުކޭޓުގައި ކުރުނބާގެ އަގު ހެޔޮވެއްޖެ

13 ޖޫން 2018
މާރުކޭޓުގައި ކުރުނބާގެ އަގު ހެޔޮވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު