Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ގައުމީ މަސައްކަތެއްގެ ގޮތުގައި އިބޫ ހޮވުމަށް މުޅި ރާއްޖެ ވަނީ ތެދުވެފައި: ޝިފާޒު

31 އޯގަސްޓު 2018 | ހުކުރު 23:55

ދެވަނަ ރިޔާސީ އިންތިޚާބުގައި ގާނޫނު އަސާސީ ނުދަންނަ މީހަކު ވެރިކަމަށް ގެނެވުނީ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 31 އޯގަސްޓު 2018 | ހުކުރު 23:55
މުހައްމަދު ޝިފާޒު(ކ) އަދި އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ). އިބޫ ހޮވުމަށް މުޅި ރާއްޖެ ވަނީ ތެދުވެފައި ކަމަށް ވިދާލުވި

މުހައްމަދު ޝިފާޒު(ކ) އަދި އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ). އިބޫ ހޮވުމަށް މުޅި ރާއްޖެ ވަނީ ތެދުވެފައި ކަމަށް ވިދާލުވި

ގައުމީ މަސައްކަތެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވުމަށް މުޅި ރާއްޖެ ވަނީ ތެދުވެފައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވުން ޝިފާޒު ވިދާޅުވީ އެމްޑީޕީ އުފެދުނު ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރަން ފެށި މަސައްކަތަކީ ރައްޔިތުންނަށް އިންސާފު ހޯދުން ކަމަށާއި އެމަސައްކަތް މިއަދާއި ހަމައަށްވެސް އެޕާޓީން ކުރަމުންދާކަމަށެވެ. ސިޔާސީ ހުރިހާ ވިސްނުމެއް އެއްފަރާތްކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވެސް އިބޫއާއި އެކު ތެދުވީ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ޝިފާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އެމަސައްކަތް ކުރަމުންދާއިރުވެސް ދިމާވާ ގޮންޖެހުމަކީ ކޮބައިތޯ އެއީ ހަގީގަތުގައި ސުވާލެއް. ލިބުނު ގޮންޖެހުމަކީ އައު ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ދެވަނަ ރިޔާސީ އިންތިޚާބުގައި ގާނޫނު އަސާސީ ނުދަންނަ މީހަކު ވެރިކަމަށް ގެނެވުނީ. އޭނާގެ އަތްމައްޗަށް ރާއްޖޭގެ ބަޑި ގުދަނުގެ ތަޅުދަނޑި ލިބުނީ. އޭނާގެ މައްޗަށް މާލިއްޔަތު ލިބުނީ،" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި އިންސާފު ގެއްލިފައިވާ މީހުންނަށް އަދި މުދަލާއި ހައްގުތައް ގެއްލިފައިވާ މީހުންނަށް އެކަން ހޯދައިދެއްވާނެކަމަށެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުން ލާ ވޯޓުތައް ބޭކާރުވެދިޔަ ނުދެއްވާނެ ކަމަށާއި ވޯޓު ގުނަން ޖެހޭނީ އެންމެންގެ ކުރިމަތީގައި ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ އިބޫގެ ވެރިކަމެއްގައި ރާއްޖޭގެ ރައްޔިތުންނަށް ޖަޒީރާވަންތަ ރާއްޖެއެއް، އަމާން ވެއްޓެއްގައި އަނބުރާ ހޯއްދަވައި ދެއްވާނެކަމަށެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވާ އެންމެ އަސާސީ ސިފަތައް ބަލައިގެން އަސާސީ ސިފަތައް ކަށަވަރު ކޮށްދެވޭނެ ފޮތް ވަނީ ނިމިފައި ކަމަށާއި އެއީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯކަމަށް ޝިފާޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް