Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫގެ ވައުދު: 6 މަސް ތެރޭގައި އެސްއެމްއީ ބޭންކް ގާއިމުކޮށް، ލޯނު ދޫކުރާނަން

31 އޯގަސްޓު 2018 | ހުކުރު 20:25

އެންމެ މުހިންމުކަމެއްދީގެން ހައްލުކުރައްވާނީ ބޯހިޔާވެހިކަމުގެ މައްސަލަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 31 އޯގަސްޓު 2018 | ހުކުރު 20:25
އިބްރާހިމް މުހައްމަދު ސޯލިހް (ޢިބޫ) ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޚަބާ ކިޔަން ނުކުމެތިބި މީހުންނާ ސަލާމްކުރައްވަނީ

އިބްރާހިމް މުހައްމަދު ސޯލިހް (ޢިބޫ) ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޚަބާ ކިޔަން ނުކުމެތިބި މީހުންނާ ސަލާމްކުރައްވަނީ

ވެރިކަމުގެެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެސްއެމްއީ ބޭންކެއް ވުޖޫދުކޮށް، ލުއި ލޯންތައް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގެންފި އެވެ.

ރާއްޖެޓީވީގެ "އިބޫ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބޯހިޔާވެހިކަމުގެ މައްސަލައަކީ މިވަގުތު ރާއްޖޭގައި އޮތް އެންްމެ ބޮޑު މައްސަލަ ގޮތުގައި ފާހަގަކުރެވިފައިވާކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތުގެ ތެރޭގައި އެންމެ މުހިންމު ކަމެއް ދީގެން ހައްލު ކުރައްވާނީ ބޯހިޔާވެހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ތެރެއިން "އެންމެންނަށް ބޯހިޔާވެހިކަން ހޯދައިދޭނެ" ކަމަށެވެ. އެގޮތުން ސިޔާސަތު އެއްކޮށް ތަންފީޒްކޮށް ނިމޭއިރު، ބޯހިޔާވެހިކަމަށް ބޭނުންޖެހިފައިވާ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ ބޯހިޔާވެހިކަމުގެ ސިޔާސަތު ނިމޭއިރުގައި އިރާދަކުރެއްވިޔާ ރާއްޖޭގައި ނުހުންނާނެ ބޯހިޔާވެހިކަމެއް ނެތް އެއްވެސް މީހަކު" އިބޫ ވިދާޅުވި އެވެ.

ބޯހިޔާވެހިކަމުގެ ވައުދު އިތުރަށް ތަފްސީލްކޮށް ދެއްވަމުން އިބޫ ވިދާޅުވީ ބޯހިޔާވެހިކަމުގެ ސިޔާސަތު 3 ނުވަތަ 4 ބަޔަކަށް ބެހިގެން ދާކަމަށެވެ. އެގޮތުން ފުރަތަމަ ބައެއްގެ ގޮތުން ގޯޗެއް ނެތް (ގެޔެއް ނެތް ފަރާތްތައް / ކުއްޔަށް ތަނެއް ހިފައިގެން އުޅުމުގެ ގާބިލްކަން ނެތް ފަރާތްތައް) ފަރާތެއްކަމުގައިވާނަމަ އަދި ފުދުންތެރިކަން ނެތް ފަރާތެއް ކަމުގައިވާ ނަމަ އެ ފުދުންތެރިކަން ލިބެންދެން ސަރުކާރުން ބޯހިޔެވެހިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދެވަނަ ބަޔެއްގެ ގޮތުން އާމްދަނީ ލިބުނުކަމުގައިވިނަމަވެސް ތަނެއް ހިފައިގެން އުޅުމުގެ ގާބިލްކަން ނެތް އާއިލާތަކަށް ސަބްސިޑީޒް އުސޫލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"މިސާލަކަށް ބާރަ ހާސް ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ މީހަކު، 7000 ރުފިޔާ ރެންޓަށް ދައްކާ ކަމުގައިވާނަމަ ދިރިއުޅުމެއް ނޫޅެވޭނެ. އެހެންމެ އެކަހަލަ ފަރާތްތަކަށް އަޅުގަނޑުމެން ސަބްސިޑައިޒްކޮށްދޭނަން ރެންޓް" އިބޫ ވިދާޅުވި އެވެ.

ފްލެޓް ނުވަތަ ގެޔެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކޮށް، އިބޫ ވިދާޅުވީ ނަގާ ލޯންގެ އިންޓްރެސްޓް ބޮޑުވުމާއި، ޑިޕޮސިޓް ބޮޑުވުމަކީ ފާހަގަވެފައިވާ މައްސަލަތަކަށް ކަމަށެވެ. އެފަދަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން ޑިޕޮސިޓް ކުޑަކުރައްވާނެ ކަމަށާއި، ގެ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސެހައިން ލޯނު ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އިންޓްރެސްޓް ކުޑަ ލޯނެއްގެ ދަށުން، ދިގު މުއްދަތުގައި ދެކޭނެގޮތަށް، ލޯނު ލިބޭ އުސޫލެއް ކަނޑައަޅަން. މިހާރުވެސް އަޅުގަނޑުމެން އިއުލާންކޮށްފައިވާނެ 6 ޕަސެންޓްގައި ލޯން ލިބޭ ގޮތް ހައްދަވައިދެއްވާނަމޭ، ދިގު މުއްދަތުގައި ދައްކާ ގޮތަށް. އަޅުގަނޑުމެން މި ބަލަނީ ގިނަވެގެން 5000 ރުފިޔާ ދައްކާ ހަލާސްކުރެވޭ ގޮތް ހެދުމަށް." އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ގިނަވެގެން ވެރިކަމުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެސްއެމްއީ ބޭންކެއް (ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބޭންކް) ހުޅުވިގެންދާނެ ކަމަށެވެ. އަދި އެ ބޭންކްގެ ތެރެއިން ލުއި ލޯނުތައް ލިބިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް