Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވައްކަންތައް ހުއްޓާލައިފިނަމަ ދެ ގުނަ ތަރައްޤީ ގެނެސްދެވޭނެ: އިބޫ

31 އޯގަސްޓު 2018 | ހުކުރު 14:16

އެންމެ ފުރަތަމަ އިސްކަން ދެއްވާނީ އަސާސީީ ހިދުމަތްތައް ފޯރުކޮށްދިނުމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 31 އޯގަސްޓު 2018 | ހުކުރު 14:16
އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގދ. ފިޔޯރީގައި

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގދ. ފިޔޯރީގައި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންކުރާ ވައްކަންތައް ހުއްޓާލައިފިނަމަ ދެ ގުނަ ތަރައްޤީ ގެނެސްދެވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ތަރައްޤީ ގެނެސްދޭއިރު، އެންމެ ފުރަތަމަ އިސްކަން ދެއްވާނީ އަސާސީީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ފެނާއި، ނަރުދަމާގެ ނިޒާމްގެ ހިދުމަތް ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް ފޯރުކޮށްދެއްވާނެކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވަނީ ފިޔޯރީގެ ބޯފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

Advertisement - newsAdvertisement

ފެނާއި ނަރުދަމާގެ ހިދުމަތް ހެޔޮ އަގެއްގައި ފޯރުކޮށްދެވޭނެކަމަށާއި، ނަމަވެސް މި ސަރުކާރުން ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށް އިސްރާފުކުރާކަމަށް އިބޫ ވިދާޅުވި އެވެ.

"މިހާރު ސަރުކާރުން އެ ކުރާ އިސްރާފުތައް، ވައްކަންތައް ހުޓަލެވިއްޖެނަމަ އެއީ ދެގުނަ ތަރައްޤީ އެއްފަހަރާކުރެވޭނެ ކަންތައްތައް" އިބޫ ވިދާޅުވިި އެވެ.

ގދ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާ ކުރެވިދާނެ އަތޮޅެއްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެ އަތޮޅަކީ ގުދުރަތީ މުއްސަދިކަން ލިބިފައިވާ އަތޮޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، ގެސްޓް ހައުސް އިމާރާތްކުރުމަށް ހާއްސަ ލޯން ސްކީމެއް ތައާރަފްކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ލޯން ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއްވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ޓޫރިޒަމް ތަރައްޤީކުރާއިރު، ތަރައްޤީކުރާނެ އެނދުގެ އަދަދު ވަނީ ހިސާބުކުރެވިފައި. ޓޫރިޒަމް ސިޔާސަތު ހާމަކުރެވިގެންދާއިރު ތަފްސީލްތައް ހާމަވެގެންދާނެ" އިބޫ ވިދާޅުވި އެވެ.

މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ މި ސަރުކާރުން މަހުގެ އަގު ކޮންޓްރޯލްކޮށް، މަހުގެ އަގު ވައްޓާލާފައިވާކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި މަހުގެ ހަގު ބޮޑުކުރައްވާނެކަމަށާއި، މަސްވެރިންނަށް ލޯންތަކަށް ހުށައެޅުމުގެ ފުރުސަތުވެސް ފަހިކޮށްދެއްވާނެެ ކަމަށް އިބޫ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 މެއި 2017

ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ފިކުރަށް އަންނަ އެއްޗެއް:ހަސަން ލަތީފް

17 މެއި 2017
ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ފިކުރަށް އަންނަ އެއްޗެއް:ހަސަން ލަތީފް
16 މެއި 2017

ކުރިނބީ ވޯޓު ފޮށި ތިން ފަހަރު ނުގުނަން: އަކްރަމް

16 މެއި 2017
ކުރިނބީ ވޯޓު ފޮށި ތިން ފަހަރު ނުގުނަން: އަކްރަމް
01 މެއި 2017

މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ

01 މެއި 2017
މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ
05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
08 މާރިޗު 2017

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް