Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫއަށް މަރުހަބާ ދަންނަވަން ހުވަދޫ ކެތްމަދުވެފައި!

30 އޯގަސްޓު 2018 | ބުރާސްފަތި 22:45

މިހާތަނަށް ނުކިޔާ ވަރުގެ މަރުހަބާއަކަށް ދަނީ ތައްޔާރުވަމުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 30 އޯގަސްޓު 2018 | ބުރާސްފަތި 22:45
އިބޫގެ ދަތުރަށް ވާދޫގައި ވަމުންދާ ތައްޔާރީތައް

އިބޫގެ ދަތުރަށް ވާދޫގައި ވަމުންދާ ތައްޔާރީތައް

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޕާޓީޓަކުގެ ސަޕޯޓަރުން ތައްޔާރުވެއްޖެއެވެ.

ގއ. އަދި ގދ. ގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިބޫ ހުކުރު ދުވަހު ފައްޓަވާ ދަތުރުފުޅާ ގުޅިގެން، ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ދަނީ ފޯރިއާއެކު ރަށްތައް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

ހުވަދޫގެ 18 ރަށަކަށް ކުރައްވާ ދަތުރުފުޅު އިބޫ ފައްޓަވާނީ ގދ. ވާދޫއިންނެވެ. ވާދޫއަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު 10:45 އެހާކަންހާއިރުއެވެ. އިބޫ ވާދޫއަށް ވަޑައިގަންނަވާތީ، އެ ރަށުގެ އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ އިންތިޒާމުތައް ހަމަޖެއްސުމުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

އިބޫގެ ހުވަދޫ ދަތުރުފުޅުގައި ދެ ވަނަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ ފަރެސްމާތޮޑާއަށެވެ. އެއަށްފަހު ފިޔޯރީއަށާއި ތިނަދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. ތިނަދޫއަށް ވަޑައިގަތުމަށްފަހު ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައެވެ.

އިބޫއަށް މަރުހަބާ ކިޔުމަށް ވާދޫގައިވަމުން އަންނަ ތައްޔާރީތައް -- ފޮޓޯ: ރާއްޖެ.އެމްވީ

އިބޫ ހުވަދޫއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅާ ގުޅިގެން، ބައެއް ރަށްތަކުން ދަނީ މިހާތަނަށް ރަށަކުން ނުދަންނަވާ ވަރުގެ ހޫނު މަރުހަބާއެއް ދެންނެވުމަށް ތައްޔާރުވަމުންނެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ވިލިނގިލީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރަމުންދާ ކަމަށާއި ރަށަކުން އިބޫއަށް މިހާތަނަށް ދަންނަވާފައި ނުވާ ވަރުގެ ހޫނު މަރުހަބާއެއް ދެންނެވުމަށް އެ ރަށް ތައްޔާރުވެފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް އިބޫ ވަޑައިގަންނަވާނީ ދެއްވަދޫ، ކޮލަމާފުށި، ކަނޑުހުޅުދޫ، ގެމަނަފުށި، ގައްދޫ، ކޮނޑޭ، ދާންދޫ، ނިލަންދޫ، މާމެންދޫ، ވިލިނގިލި، ރަތަފަންދޫ، ނަޑެއްލާ، މަޑަވެލި އަދި ހޯޑޭއްދޫއަށެވެ.

ހުވަދު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ މާލެ ފުރައިވަޑައިގަންނަވާނީ ހޯމަ ދުވަހުގެ ރޭއެވެ. ހުވަދޫ ދަތުރުފުޅާއެކު ގުޅިފައިވާ ޕާޓީތަކުން ދަތުރުކުރި އަތޮޅުތަކުގެ އަދަދު 19 އަށް އަރާނެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ގުޅިގެން އިބޫ އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމު ވަޑައިގެންނެވި ރަށްތަކުގެ އަދަދު 140 އަށް އަރައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ވިލުފުށިން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި

15 އެޕްރީލު 2017
އެމްޑީޕީގެ ޓީމަށް ވިލުފުށިން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި
15 އެޕްރީލު 2017

ގާދިއްފުށިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް ކިޔައިފި

15 އެޕްރީލު 2017
ގާދިއްފުށިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް ކިޔައިފި
14 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ތ. ތިމަރަފުށިން ހޫނު މަރުހަބާއެއް ކިޔައި، ބޮޑު ދިދަ ނަގައިފި

14 އެޕްރީލު 2017
އެމްޑީޕީގެ ޓީމަށް ތ. ތިމަރަފުށިން ހޫނު މަރުހަބާއެއް ކިޔައި، ބޮޑު ދިދަ ނަގައިފި
13 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ކިނބިދޫއިން ރަން ރީނދޫ މަރުހަބާއެއް ކިޔައިފި

13 އެޕްރީލު 2017
އެމްޑީޕީގެ ޓީމަށް ކިނބިދޫއިން ރަން ރީނދޫ މަރުހަބާއެއް ކިޔައިފި
13 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ތ. އަތޮޅުން ހޫނު މަރުހަބާއެއް ކިޔައިފި

13 އެޕްރީލު 2017
އެމްޑީޕީގެ ޓީމަށް ތ. އަތޮޅުން ހޫނު މަރުހަބާއެއް ކިޔައިފި
02 އެޕްރީލު 2017

ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު

02 އެޕްރީލު 2017
ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު
04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް