Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިނަމާލެ ބްރިޖް

މި ބްރިޖަކީ ބޮޑު ޤައުމަކާއިއެކު ކުޑަ ޤައުމަކަށް މަސައްކަތް ކުރެވިދާނެކަމުގެ ހެއްކެއް: ރައީސް ޔާމީން

30 އޯގަސްޓު 2018 | ބުރާސްފަތި 17:50

ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 30 އޯގަސްޓު 2018 | ބުރާސްފަތި 17:50
ސިނަމާލެ ބްރިޖް

ސިނަމާލެ ބްރިޖް

މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ބްރިޖަކީ ކުޑަ ޤައުމަކާއި ބޮޑު ޤައުމަކާއި ދެމެދު ދެ ޤައުމަށްވެސް ފައިދާކުރަނިވި ގޮތަކަށް މަސައްކަތް ކުރެވިދާނެކަމުގެ ފުރިހަމަ މިސާލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރުގެ ލޯނު އެހީއާއި ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހެދި ބްރިޖް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބުރާސްފަތި ދުވަހުގެރޭ ރައީސް ޔާމީން ވިދާޅުވީ ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަމަށެވެ. ދެޤައުމުގެ ޒަމާންވީ ގުޅުމުގެ އިތުރުން މިދިޔަ އަހަރު ދެޤައުމުގެ މެދުގައި ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން އޭގެ މިސާލެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި އެހެންކަމުން ރާއްޖޭގެ އެންމެ ބޮޑު ބިނާއަށް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ކިޔުމަކީ މުނާސަބު ކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ 1997 ވަނަ އަހަރު ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތް ފެށިފަހުން އެންމެ ބޮޑު ދައްޗެއް ދިމާވެފައި އޮތީ ކަނޑު ހުރަސްކޮށް ދަތުރުކުރުމަށް ކަމަށާއި، އެމަނިކުފާނުގެ މަޤްސަދަކަށްވީ އެކަމަށް ފަސޭހަ ހައްލެއް ހޯދައިދިނުން ކަމަށެވެ. އަދި 2014 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ބެއިޖިންގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްގެ އަރިހުގައި ބްރިޖް އަޅުއްވައިދެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި، އެކަމަށް އެދިވަޑައިގެންނެވިތާ 3 އަހަރާއި 11 މަސް ފަހުން ބްރިޖް ހުޅުވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ބްރިޖް ހުޅުވުމުން ގަދަވަޔާއި ވިއްސާރައިގައި ދަތުރުކުރަން ޖެހޭ ދަރިވަރުންނަށާއި، ހޮސްޕިޓަލަށް ދާން ޖެހޭ ބަލި މީހުންގެ އިތުރުން ދަތުރުފަތުރުކުރަން އެއަރޕޯޓަށް ދާން ޖެހޭ މީހުންނަށް ބްރިޖްގެ ސަބަބުން ފަސޭހަ ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަދި ޤާނޫން އަސާސީއަށް އެހެން ޤައުމުތަކުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި، ޤާނޫނުގެ ވެރިކަމާއި މުއައްސަސާތަކުގެ މިނިވަންކަން ނަގާ ނުލެވޭނެ ކަމަށެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ޗައިނާގެ ރައީސަށް ދެންނެވި ޝުކުރުގެ މެސެޖާއި އެހެން ބައެއް ޖުމްލަތައް މެންޑެރިން ޗައިނީޒްއިން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް