Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫގެ ދަތުރުފުޅު ފަސްކުރަން އެދުމަކީ ގަބޫލު ކުރެވޭނެކަމެއް ނޫން: ފައިސަލް

30 އޯގަސްޓު 2018 | ބުރާސްފަތި 14:24

ކޮލަމާފުއްޓަށް އިބޫ ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސް ކުރެއްވުމަށް ފުލުހުން ވަނީ އެދިފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 30 އޯގަސްޓު 2018 | ބުރާސްފަތި 14:24
ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް

ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގއ، ކޮލަމާފުއްޓަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްދިނުމަށް ފުލުހުން އެދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އިބޫގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބ އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތުޅާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށް، ކެމްޕެއިން ކުރުމަށް ކޯލިޝަންގެ ކެންޑިޑޭޓަށް ރާއްޖޭގެ ރަށްތަކަށް ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ފުލުހުން ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުން އިބޫގެ ދަތުރުފުޅު ފަސްކުރުމަށް އެދުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އާދެ މިއަދުވެސް އަޅުގަނޑުމެންނަށް މިފެންނަނީ މިހާރު ވަގުތު ކުޑަތަން ވެފައި ވާއިރު، އަޅުގަނޑުމެންގެ ކެންޑިޑޭޓަށް މިއަދު މި އޮތީ ރާއްޖޭގެ ރަށްތަކަށް ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައި، އަޅުގަނޑުމެންނަން ދެންމެވެސް އަޑުއިވިގެން މި ދިޔައީ މިހާރުވެސް އަޑު އިވިގެން ދިޔައީ އަޅުގަނޑުމެންގެ ކެންޑިޑޭޓްގެ ދަތުރުތަށް ފަސްކުރަން އެދުނު ވާހަކަ، އާދެ މިއީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަންތަށްތަކެއް ނޫން،" ތުޅާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވަހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

ތުޅާދޫ އެމްޑީޕީ އޮފީސް ކުރިމަތީގައި ފައިސަލް ވާހަކަފުޅު ދައްކަވަނީ

ފައިސަލް ވިދާޅުވީ ވަކި ބޭފުޅަކު ވެރިކަމުގައި ހުންނަވާތީ ގާނޫނު ތަންފީޒުކުރާ ފަރާތްތައް އިންސާފުން ބޭރުން ކަންކޮށްގެން ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށެވެ. އަދި ކޮލަމާފުށިން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 18 މީހަކު ހައްޔަރު ކުރިކުރުން ކުއްވެރިކުރައްވާ ފައިސަލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ބ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ފައިސަލް އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް އޮންނަ ތުޅާދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ފައިސަލް ވަނީ ތުޅާދޫގައި އެމްޑީޕީގެ އޮފީހެއް ހުޅުއްވާދެއްވާފައެވެ.

މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފާއި، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން، ގާނޫނީ ވަކީލް ހިސާން ހުސެއިން، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހުގެ އިތުރުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ބައިވެރިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

10 ޖުލައި 2017

ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލެންޖެހޭ ކަމެއް ކަމަށް އަބަދުވެސް ގަބޫލުކުރަން: އަބްދުއްރަހީމް

10 ޖުލައި 2017
ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލެންޖެހޭ ކަމެއް ކަމަށް އަބަދުވެސް ގަބޫލުކުރަން: އަބްދުއްރަހީމް
10 ޖުލައި 2017

ސަރުކާރުގެ މެޖޯރިޓީ ގެއްލިއްޖެ ކަމަށް ނިހާން ގަބޫލުކުރައްވައިފި

10 ޖުލައި 2017
ސަރުކާރުގެ މެޖޯރިޓީ ގެއްލިއްޖެ ކަމަށް ނިހާން ގަބޫލުކުރައްވައިފި
09 މެއި 2017

ކައުންސިލް އިންތިޚާބުން ބަލިވެއްޖެކަން ނިހާން ގަބޫލުފުޅު ކުރައްވައިފި

09 މެއި 2017
ކައުންސިލް އިންތިޚާބުން ބަލިވެއްޖެކަން ނިހާން ގަބޫލުފުޅު ކުރައްވައިފި
25 އެޕްރީލު 2017

ރައީސް ޔާމީންގެ ރ، ބ ދަތުރުފުޅު ކައުންސިލް އިންތިޚާބުގެ ވެސް ފަހަށް!

25 އެޕްރީލު 2017
ރައީސް ޔާމީންގެ ރ، ބ ދަތުރުފުޅު ކައުންސިލް އިންތިޚާބުގެ ވެސް ފަހަށް!
16 އެޕްރީލު 2017

ރައީސް ޔާމީން ރ އަދި ބ އަތޮޅަށް ކުރައްވާ ދަތުރުފުޅު ފަސްކުރައްވައިފި

16 އެޕްރީލު 2017
ރައީސް ޔާމީން ރ އަދި ބ އަތޮޅަށް ކުރައްވާ ދަތުރުފުޅު ފަސްކުރައްވައިފި
17 މާރިޗު 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި

17 މާރިޗު 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި
11 މާރިޗު 2017

ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން

11 މާރިޗު 2017
ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް