Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިނަމާލެ ބްރިޖް

ރައީސް ޔާމީން އުޅުއްވީ ޑޮލަރު ގުނުމުގައި، ބްރިޖްގެ ވައުދު މެނިފެސްޓޯގައި ހިމެނީ ރައީސް މައުމޫންްގެ އެދުމުގެ މަތިން އަޅުގަނޑު: އަދީބް

30 އޯގަސްޓު 2018 | ބުރާސްފަތި 12:23

އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުންތައް އަހަރެއްގެ ތެރޭގައި 172 ފަހަރު ބޭއްވުނުއިރު އެންމެ ބައްދަލުވުމެއްގައިވެސް ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވާ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 30 އޯގަސްޓު 2018 | ބުރާސްފަތި 12:23
ސިނަމާލެ ބްރިޖް - ބްރިޖްގެ މަސައްކަތްތަކުގެ ޝުކުރު ރައީސް ނަޝީދުއަށް ދޭންޖެހޭކަމަށް އަދީބް ވިދާޅުވި

ސިނަމާލެ ބްރިޖް - ބްރިޖްގެ މަސައްކަތްތަކުގެ ޝުކުރު ރައީސް ނަޝީދުއަށް ދޭންޖެހޭކަމަށް އަދީބް ވިދާޅުވި

ބްރިޖްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދިޔައިރު ރައީސް އަބްދުﷲ ޔާމީން އުޅުއްވީ ޑޮލަރު ގުނުއްވުމުގައި ކަމަށާއި، މެނިފެސްޓޯގައި ބްރިޖްގެ ވައުދު ހިމެނުއްވީ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ސިނަމާލެ ބްރިޖް އާންމު ދަތުރުތަކަށް ހުޅުުވާލާއިރު، އަދީބްގެ ފަރާތުން ވަކީލުން އާންމުކުރެއްވި ބަޔާނެއްގައި ބުނީ، މިއަދު ދިވެހިރާއްޖޭގައި ހެދެމުންދާ ރިސޯޓުތަކާއި، އަދި ނިމިފައިވާ ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތަކީ ސީދާ އަދީބްގެ މަސައްކަތްތަކެއް ކަމަށާއި، "ރައީސް ޔާމީން އުޅުއްވީ ޑޮލަރު ޗެކް މާރުކުރުމާއި، ފައިސާ ގުނުއްވުމުގައި" ކަމަށެވެ. އަދި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުންތައް އަހަރެއްގެ ތެރޭގައި 172 ފަހަރު ބޭއްވުނުއިރު އެންމެ ބައްދަލުވުމެއްގައިވެސް ރައީސް ޔާމީން ބައިވެރިވެވަޑައި ނުގަންނަވާ ކަމަށާއި، އެއިން ބައްދަލުވުމެއް ބާއްވާއިރު އެ މާލަމަށް ބޯދިއްކޮށްލައްވާފައިވެސް ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އަދީބްގެ ބަޔާނުގައި ވަނީ މާލެއާއި ހުޅުލެއާ ދެމެދު ބުރިޖު އެޅުމުގެ ވިސްނުމަކީ ރައީސް އިބްރާހީމް ނާސިރުގެ ދައުރުން ފެށިގެން އޮތް ވިސްނުމެއް ކަމަށާއި، ރައީސް މައުމޫން "މޫންބޭ މެރީނާ" ނަމުގައި ބުރިޖް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެމަނިކުފާނުގެ ދައުރުގެ ފަހުކޮޅުގައި ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ބުރިޖްގެ އިންޖިނައަރިންގ އާއި، އޮޕްޝަންސްތަކުގެ އިތުރުން ތިލަފުށި، ވިލިމާލެ، ހުޅުމާލެއާއި ބުރިޖުން ގުޅުވާލަން ހަދާފައިވާ ޕްލޭންތައް ހުރީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ފުރިހަމަކޮށްފައި ކަމަށާއި، ރައީސް ވަޙީދުގެ ސަރުކާރުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކުގައި ޗައިނާ ސަރުކާރާއެކު ބުރިޖުގެ ވާހަކަތައް ދެކެވި، ޗައިނާ ސަރުކާރާއި، ޗައިނާގެ އެކްސްޕާޓުންގެ ރުހުން އޭރު އެކަމަށް ލިބިފައިވާކަމަށް އަދީބްގެ ބަޔާނުގައިވެއެވެ.

ރައީސް ވަޙީދުގެ ވެރިކަމުގައި، އެ ސަރުކާރުންނާއި، އޭގެ ކުރީ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތައް ދެކިވަޑައިގަތްކަން ފާހަގަކޮށް އަދީބްގެ ބަޔާނުގައި ބުނެފައިވަނީ އެ މަޢުލޫމާތުތަކުގެ އަލީގައި، ބުރިޖް އެޅުމުގެ ޕްރޮޖެކްޓް، 2013 ގެ ރިޔާސީ ވައުދެއްގެ ގޮތުގައި މެނިފެސްޓޯގައި ހިމެނުއްވީ ރައީސް މައުމޫންގެ ލަފާފުޅުގެ މަތީން ސީދާ އަދީބް ކަމަށެވެ. އަދި ރައީސް ޔާމީން ބުރިޖް ކަންތައް ނެންގެވީ ވޯޓު ހޯދުމަށްޓަކައި، ރިސޯޓު މުވައްޒަފުންނަށް ޙިއްސާ ދެއްވާނެ ކަމަށް ވިދާލުވެ ވެލެއްވި ވަޢުދު ފަދަ ވައުދެއްގެ ގޮތުގައި ކަމަށް އަދީބް ގެ ބަޔާނުގައި ވެއެވެ. އޭގެއިތުރުން ބުރިޖުގެ ޢަމަލީ މަސައްކަތް ފުރިހަމަކުރަން ފެށުމާ ހަމައަށްވެސް، ބުރިޖު އެޅިދާނޭ ކަމަށް ރައީސް ޔާމީން ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި ބުރިޖުގެ ވިސްނުން، ޤާސިމް އިބްރާހީމް 2008 ގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ހުށަހެޅުއްވުމުން، އެއީ ނުވާނޭކަމެއްކަމަށް ޢާންމުކޮށް ވިދާޅުވެ ރައީސް ޔާމީން އޭރުވެސް އެކަމަށް ހަޖޫޖައްސަވާފައިވާކަން އަދީބްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ޗައިނާ ސަރުކާރާއެކު ބުރިޖުގެ މަޝްވަރާތައް ކުރަމުން ގެންދިޔައިރު، ދެ ފަހަރެއްގެ މަތީން ރައީސް ޔާމީން އެ މަޝްވަރާތައް ހުއްޓުވައި، ރައީސް ޔާމީން ބޭނުންފުޅުވާ، ވަރަށް އާދައިގެ ކުންފުންޏަކާ ޕްރޮޖެކްޓް ޙަވާލުކުރުމަށް ނިންމާފައިވާކަމަށް އަދީބްގެ ބަޔާނުގައި ވެއެވެ. ނަމަވެސް ދޫ ނުދެއްވައި، ރައީސް ޔާމީންއާ ޒުވާބުކުރައްވައި، ޕްރޮޖެކްޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކު ކަނޑައެޅުން ޗައިނާ ސަރުކާރާ ޙަވާލުކުރެއްވިކަމަށްވެސް އަދީބް ވިދާޅުވިއެވެ.

"ފިނިފެންމާ ލޯންޗު ޑުރާމާއަށްފަހު، އެ ކަމަކީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް އަޅުުގަނޑު ދިން ހަމަލާއަކަށް ހަދައި، އެކަން އަޅުގަނޑުގެ ބޮލުގައި އެޅުވުމަށް ހުރިހާ މަސައްކަތްތަކެއް ކުރަމުންދިޔަ ވަގުތުވެސް، ޗައިނާ ސަރުކާރުން ދީފައިވާ ދައުވަތަށް ޗައިނާގެ ރައީސްއާ ބައްދަލުކުރަން ދިޔައީ ސީދާ އަޅުގަނޑެވެ. އަޅުގަނޑުގެ ސަލާމަތަށްޓަކައި އެވަގުތަށް އެ ދަތުރު ކެންސަލްއެއް ނުކުރަމެވެ. އަޅުގަނޑު އިސްކުރީ އަޅުގަނޑުގެ ޤައުމީ ވާޖިބެވެ. އެ ދަތުރު ނިންމައި، އަޅުގަނޑު ރާއްޖެއައީ ބުރިޖާއި، އެއަރޕޯޓު މަޝްރޫޢުގެ ހުރިހާ ކަމެއް ހަމަޖައްސައި ނިންމާފައެވެ." އަދީބް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދީބް ވިދާޅުވީ އެހެން މީހުން ކުރާ ކަންކަމުގެ މެޑެލްޖަހަން ރައީސް ޔާމީން ލަދުގަންނަންޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީން މި ސަރުކާރުގައި ރިބަންކެނޑި ޕްރޮޖެކްޓްތަކާއި، ޑޮމެސްޓިކް އެއަރޕޯޓުތަކަކީވެސް ރައީސް ނަޝީދާއި، ރައީސް ވަޙީދުގެ މަސައްކަތްޕުޅުތައް ކަމަށާއި، ލ. ބޮޑު މަގާއި، އައްޑޫ އެއަރޕޯޓާއި، އެފަދަ އެތައް މަސައްކަތްތަކަކީވެސް ރައީސް ޔާމީނާއި ބެހޭ މަސައްކަތްތަކެއް ނޫން ކަމަށް އަދީބްގެ ބަޔާނުގައި ވެއެވެ.

ބުރިޖް ހުޅުވާއިރު އެ ބުރިޖުގެ ޙަޤީޤީ ޝުކުރާއި، ތައުރީފް ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ވަޙީދަށް ނިސްބަތްކުރެވޭކަމަށް އަދީބް ވިދާޅުވިއެވެ.

މިރޭ ބުރިޖް ހުޅުވާއިރު ދިވެހިރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެ ބުރިޖުގެ ޙަޤީޤީ ޝުކުރާއި، ތައުރީފް ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ވަޙީދަށް ނިސްބަތްކުރުމަށެވެ. މި ޕްރޮޖެކްޓުގައި ރައީސް ޔާމީން އުޅުއްވީ ބުރިޖުގެ އަގު މާ ބޮޑުތަނުން ބޮޑުކޮށްލައިގެން ޖީބަށް އެއްޗެއް ލެވޭތޯއެވެ. މި ބުރިޖު އެޅުމުގެ މަސައްކަތްތަކުގައި ބައިވެރިވި ދިވެހި ހުރިހާ ކޮންސަލްޓެންޓުންނަށާއި، ހައުސިންގ މިނިސްޓަރ މުއިއްޒުއަށާއި، ފިޝަރީޒް މިނިސްޓަރު ޝައިނީއަށް އަޅުގަނޑު ޝުކުރު ދަންނަވެމެވެ.

އަދީބް ވިދާޅުވީ ބުރިޖަކީ ރައީސް ޔާމީންއަށް ވޯޓެއް ދޭންޖެހޭ ސަބަބެއް ނޫން ކަމަށާއި، މިއީ ޗައިނާގެ ރައްޔިތުންނާއި، ޗައިނާގެ ސަރުކާރުން ދިވެހިރާއްޖޭގައި ކޮށްފައިވާ އެ ޤައުމުގެ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި ބުރިޖާ ގުޅުވައި، ހަނދާންކުރަންޖެހެނީ މި ބުރިޖު އެޅިފައިމިވަނީ އެމަނިކުފާނު ޖަލަށްލުމުގެ ކުރިން ވެފައިވާ އެއްބަސްވުމުގެ ބޭރުން ބޭކާރު އެތައް ޚަރަދެއް ފަހުންކޮށް، އިސްރާފް ބޮޑުކޮށް ކަމަށް އެ ބަޔާނުގައި ވެއެވެ.

"މިރޭ، ހަވާއަރުވައި، ބުރިޖް ހުޅުވާއިރު، އަޅުގަނޑުވެސް ބުރިޖުގެ އަރިމަތީގައި މިއޮތް ދޫނިދޫގައި ސިމެންތި އައްޓެއް މަތީ އޮތްކަން ދިވެހިރައްޔިތުން ހަނދާކުރުމަކީ އަޅުގަނޑުގެ އިލްތިމާސެކެވެ. އަޅުގަނޑުގެ ބަލިހާލަށް ނުބަލައި، ބޭސްފަރުވާގެ ޙައްޤު ހިފަހައްޓައިގެން ދެމުން ގެންދާ އަނިޔާގައިވެސް އަޅުގަނޑު މިހުރީ ދެގޮތެއްނުވެ ދިވެހި ރައްޔިތުންނާއެކުގައެވެ. އިރާދަކުރެއްވިއްޔާ މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކޮށް، އަނިޔާ ލިބެމުން ގެންދާ ހުރިހާ ބޭފުޅުން ސަލާމަތްކުރުމުގައި ކުރަންޖެހުނު ކޮންމެ ކަމެއް ދިވެހިރައްޔިތުންނާއި، ސިޔާސީ ލީޑަރުން ކުރައްވާނޭކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. އަޅުގަނޑު މިރޭ ހޭދަކުރާނީ ހަވާ އަރުވާ މަންޒަރު ނުފެނުނު ނަމަވެސް އެ އަޑު އެހުމުގައެވެ. އެއީ އަންނަންއުޅޭ ހެޔޮ އިންޤިލާބުގެ އަޑު ކަމުގައި ދެކިގެންނެވެ."

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް