Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިންގައި އިސްކޮށް އުޅޭ މީހުން ހައްޔަރުކުރަނީ ރޭވިގެން: މާރިޔާ

30 އޯގަސްޓު 2018 | ބުރާސްފަތި 09:35

ހުވަދޫ އޮތޮޅުންނާއި މުޅި ރާއްޖެއިން ރައީސް ޔާމީން ބޮޑުތަނުން ބަލިވުމުން ފެންނަމުންދާ މަންޒަރު މިއީ: މާރިއާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 އޯގަސްޓު 2018 | ބުރާސްފަތި 09:35
ގއ. ކޮލަމާފުށިން ހައްޔަރުކުރި މީހުން

ގއ. ކޮލަމާފުށިން ހައްޔަރުކުރި މީހުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންގ މޭޓް ފައިސަލް ނަސީމުގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހައްޔަރު ކުރަމުންދަނީ ރޭވިގެން ކަމަށް އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫގެ ތަރުޖަމާނު މާރިއާ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވިދާޅުވީ އިބޫ ހުޅުމާލެއަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންނެވުމުން ބަޔަކު މީހުން ކެމްޕެއިނަށް ހުރަސްއަޅާ މާރާމާރީ ހިންގުމަށް މަސައްކަތްކޮށްފައިވާއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ކަރުބުރި ކޮށްލަން ޕީޕީއެމްގެ އެއްވުމެއްގައި ގޮވާލި މައްސަލަ ވެސް ތަހުގީގު ކުރަމުން ނުދާ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެމްޕެއިން ކުރުމަށް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން ވެސް އެކި ގޮތް ގޮތުން ހުރަސްތައް ކުރިމަތި ކުރުވަމުންދާ ކަމަށް މާރިއާ ވިދާޅުވިއެވެ.

އެގޮތުން މާރިއާ ވަނީ ބުދަ ދުވަހުގެ ރޭ ގއ. ކޮލަމާފުށީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 18 މީހަކު ހައްޔަރުކުރި މައްސަލައަށް ވެސް އަލިއަޅުއްވާލައްވާފައެވެ. މާރިއާ ވިދާޅުވީ ޕީޕީއެމް ޕާލަމެންްޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު، ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި "ދަތްދޮޅި ދަށަށް އަތްކޮށްޕާލައިގެން ވިޔަސް" މިފަހަރު ސަރުކާރުން ހިންގާ ޕީޕީއެމްގެ ކެމްޕެއިން ވަރުގަދަ ކުރަންޖެހޭ ކަމަށް ވިދާޅުވެފައިވަނިކޮށް، ބުދަ ދުވަހުގެ ރޭ ކޮލަމާފުށީގައި ހަމަނުޖެހުން ހިންގީ ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ މީހުން ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ހެނދުނު އެރަށަށް ފުލުހުން އަރާ 18 މީހަކު ހައްޔަރުކުރީ ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭންގައި އިސްކޮށް އުޅޭ މީހުން ހައްޔަރުކުރަން ޕީޕީއެމުން ރާވާފައިވާ ގޮތުގެ މަތިން ކަމަށާއި އެ މީހުން ހައްޔަރުކުރުމުގައި އެއްވެސް ހަމައެއް އިންސާފެއް ނެތް ކަމަށް ވެސް މާރިއާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިއާ ވިދާޅުވީ ކޮލަމާފުށިން ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ 18 މީހަކު ހައްޔަރުކުރީ ހުވަދޫ އަތޮޅުގައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިވެފައިވާ ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭތީ ކަމަށެވެ. މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކޮލަމާފުށިންނާއި އެހެން ތަންތަނުން މީހުން ހައްޔަރުކުރި ވަރަކަށް ރައީސް ޔާމީނަށް ލިބިފައި އޮތް މަދު ވޯޓުކޮޅު ވެސް ގެއްލިގެންދާނެ ކަމަށެވެ.

މާރިއާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކެމްޕޭން ކުރާނީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން ކަމަށެވެ. ބްރިޖު ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ރަސްމިއްޔާތުގައި ހަވާ އެރުވުމަށް އެކަނި ވެސް ތިން މިލިއަން ޑޮލަރު ހަރަދުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެ މާރިޔާ ވަނީ އެ ކަމަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން މާރިޔާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ފައިސާ ރައީސް ޔާމީންގެ ސިޔާސީ ބޭނުމަށް ހަރަދުކޮށްލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދްމަތްތައް ފޯރުކޮށްދެވިފައިނުވާއިރު، އެފަދަ ކަމަކަށް ބޮޑު ޚަރަދެއް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މާރިއާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
11 ފެބުރުއަރީ 2017

އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

11 ފެބުރުއަރީ 2017
އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް