ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 11:24
އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒު
އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒު
މުހައްމަދު ޝަރުހާން
ކޮލަމާފުށީގެ ހަމަނުޖެހުން
ހައްޔަރުކުރާ މީހުން އިތުރުވާ ވަރަކަށް ވޯޓު ދޭ މީހުން އިތުރުވާނެ: ޝިފާޒު
 
މިފަދަ އަމަލުތަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަހަތަށް ނުޖެހޭނެ
 
މިއީ ރާއްޖެއިން ފެންނަންޖެހޭ ވަރުގެ ކަންކަމެއް ނޫން
 
މިއީ ފުލުހުން ހިންގާ ނާތަހުޒީބު އަމަލުތަކެއް

ތަފާތު އެކި ކަންކަމުގެ ތުހުމަތުގައި ކަމަށް ބުނެ ގުޅިފައިވާ ސިޔާސީ ޕަޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ހައްޔަރު ކުރަމުންދާ ވާހަކަ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ވޯޓުދޭ މީހުން އިތުރުވެގެންދާނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ، މިފަދަ އަމަލުތަކުގެ ސަބަބުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކަށް އެއްވެސް ބަޔަކަށް އަސަރެއް ނުކުރާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އިސްލާހީ ހަރަކާތުގައި މިހާރަށް ވުރެ ގިނަ އިން މީހުން ނުކުންނާނެ ކަމަށެވެ.

"މިހާރުން މިހާރަށް ދިވެހި ފުލުހުންނަށް ދަންނަވާލަން އޮތީ ތިޔަ ހިންގާ ނާތަހުޒީމު އަމަލުތައް ހުއްޓާލައި ދޫކޮށްލަން. މިއީ އެއްވެސް ހާލެއްގައި ރާއްޖެއިން ފެންނަންޖެހޭ ކަންކަމެއް ނޫން،" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ، ފުލުހުން މެދުވެރިކޮށް ހިންގާ މިފަދަ އަމަލުތަކަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އޮތް މަންޒަރު ފެނިގެން ކުރައްވާ ކަންކަން ކަމަށެވެ.

"ކެމްޕެއިން ހަރަކާތްތަކުގައި ތަފާތުކުރާ މިންވަރު މާލެއަށް ބަލާލުމުން ވެސް ފެންނާނެ. ޕީޕއެމްގެ ދިދަ ފަތިތައް ފުލުހުންގެ ކެމެރާތަކުގެ ދަށުން ދެމުމުން. ފުލުހުންނަށް ކެރުނީ ހަރުކޮށްފައި ހުރި ކެމެރާތައް ދިދަފަތިތަކަ ށްވުރެ ތިރިކުރަން. ދިދަފަތިތައް ނަގާކަން ނުކެރުނު،" ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީން ދިދަ ނަގަން ފެށުމުން އެއްވެސް ވަރަކަށް ކެތްނުވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީނަށް ކެތްނުވެގެން ކުރުއްވާ މިފަދަ ކަންކަން ދިވެހި ފުލުހުން މެދުވެރިކޮށް ކުރައްވާތީ ހިތާމަކުރައްވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް