Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދާލަތު ޕާޓީ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ތުން މޫސާ ހިތާމް އާއި އަދާލަތު ޕާޓީން ބައްދަލުކޮށްފި

28 އޯގަސްޓު 2018 | އަންގާރަ 15:36

ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މެލޭޝިއާގައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 28 އޯގަސްޓު 2018 | އަންގާރަ 15:36
އަދާލަތު ޕާޓީގެ ބައެއް ބޭފުޅުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބާއެކު

އަދާލަތު ޕާޓީގެ ބައެއް ބޭފުޅުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބާއެކު

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ތުން މޫސާ ހިތާމް އާއި، ޢަދާލަތު ޕާޓީން ބައްދަލުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު މެލޭޝިއާގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ބޮޑުވަޒީރުގެ ނައިބު ތުން މޫސާއާ ވަނީ މަޝްވަރާކޮށްފައެވެ. އަދި އަންނަ މަހުގެ ރިޔާސީ އިންތިޚާބާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އޭގެއިތުރުން، ޕާޓީތަކުގެ ލީޑަރުންނަށް ދެމުންގެންދާ އަނިޔާތަކާއި ދެފުށް ފެންނަ އިންތިޚާބަކަށް މި އިންތިޚާބު ހެދުމާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާކަމަށް އަދާލަތު ޕާޓީން ބުނެއެވެ. އެއާއެކު އަދާލަތު ޕާޓީން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އަލުން ކޮމަންވެލްތާ ގުޅުމާމެދު ވެސް ވާހަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

ޢަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވީ ދިވެހިރާއްޖެއިން ކުރީގައި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދާތޯ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ. ޒަކީއާއެކު އެ ވަފުދުގައި އިތުރަށް ބައިވެރިވެވަޑައިގެންނެވީ ޢަލީ ޠާލިބް އާއި އިސްމާއިލް ޒަކީ އެވެ.

ބޮޑުވަޒީރުގެ ނައިބު ތުން މޫސާ ހިތާމް ވިދާޅުވީ ދިވެހިރާއްޖެ އަކީ އެމަނިކުފާނުގެ ގާތް ރަހުމަތްތެރި ޤައުމެއް ކަމަށާއި ދިވެހިރާއްޖެ އާއި މެލޭޝިއާ ދެމެދު އޮންނަ ރަޙުމަތްތެރި އަދި އުޚުއްވަތްތެރިކަމުގެ ގާތްގުޅުން އިތުރަށް ބަދަހިވުން އަބަދުވެސް އެދިވަޑައިގަންނަވާކަމަށެވެ. އަދި އެމަނިކުފާނުގެ ހެޔޮއެދުންތަށް ދިވެހި ރައްޔިތުންނަށް ފޮނުއްވާކަމަށްވެސް ވިދާޅުވިއެވެ.

އަދާލަތު ޕާޓީން ކޮމަންވެލްތާއި ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާއިރު ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޯލިޝަނުގެ ވެރިކަމެއްގައި ކޮމަންވެލްތާއި ގުޅޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވިތާ އެއް އަހަރު އަންނަ މަހަށް ފުރޭއިރު، ރާއްޖެ އެޖަމިއްޔާއިން ރައީސް ޔާމީން ވަކިކޮށްފައި ވަނީ ރައްޔިތުންގެ އެއްވެސް ބަހެއް ހޯދުމަކާ ނުލައެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު ތުން މޫސާ ހިތާމް އަކީ 2005 ވަނަ އަހަރުން 2008 ގެ ނިޔަލަށް އދ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ޚާއްސަ މަންދޫބެވެ. އެމަނިކުފާނަކީ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ ޗެއަރމަން ކަން ކުރައްވާ އަދި ކޮމަންވެލްތުގެ ފަރާތުން މެންބަރު ޤައުމުތަކުގެ އިންތިޚާބުތައް އޮބްޒާވްކުރެއްވުމާއި ސިޔާސީ ހަމަނުޖެހުންތަކަށް ޙައްލު ހޯއްދެވުންފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

5

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް