Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ސައްހަ ލިސްޓެއް އޮތް ކަމަށް ބުނެވެން ނެތް، 24 ގަޑިއިރު ތެރޭ އޮޅުން ބޮޅުން ހާމަކުރާނަން: ނިޔާޒު

28 އޯގަސްޓު 2018 | އަންގާރަ 00:34

ރީ-ރަޖިސްޓްރީ ކުރި އަދަދު 24 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 28 އޯގަސްޓު 2018 | އަންގާރަ 00:34
އަލީ ނިޔާޒު: ވޯޓާސް ލިސްޓުގެ ސައްހަކަމާމެދު ސުވާލު އުފެއްދެވި

އަލީ ނިޔާޒު: ވޯޓާސް ލިސްޓުގެ ސައްހަކަމާމެދު ސުވާލު އުފެއްދެވި

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓާސް ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް އަދި ބުނެވެން ނެތް ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެ ލިސްޓުގައި ހުރި އޮޅުންބޮޅުންތައް އާންމުންނާ ހިއްސާ ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައެއް އަތޮޅުތަކަށް ރީ-ރަޖިސްޓްރީ ކުރި އަދަދަށް ވުރެ ބޮޑު ޕަސެންޓޭޖަކުން، ރީރަޖިސްޓްރީކޮށްފައިވާ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފ. އަތޮޅާއި ލ. އަތޮޅުގެ އިތުރުން މ. އަތޮޅުގައި ގިނަ ބަޔަކު ރީރަޖިސްޓްރީކޮށްފައިވާކަން އަލީ ނިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

"ބައެއް އަތޮޅުތަކަށް ބަލާއިރު، ފ. އަތޮޅުގައި 40 ޕަސެންޓް މީހުން އިތުރުވެފައި އެބަ އޮތް ރީރަޖިސްޓްރީކޮށްފައި އެކިއެކި ދިމަދިމާލުގައި. ލ. އަތޮޅުގައި 27 ޕަސެންޓް މީހުން އިތުރުވެފައި އެބަ އޮތް، މ. އަތޮޅުގައި 26 ޕަސެންޓް އިތުރުވެފައި އެބަ އޮތް،" ރިޔާސީ އިންތިހާބާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވަމުން ގެންދަވާ އަލީ ނިޔާޒު ވިދާޅުވިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނަށް ބުނެވޭކަށް ނެތް، ނެރެފައި މިވާ ވޯޓާސް ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް."

އާންމުކޮށްފައިވާ ވޯޓާސް ލިސްޓުން މަކަރު ހެދުމުގެ ކަންކަން ފާހަގަވި ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ކަންތައްތަކާ އެކު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މައްސަލަތައް "ސާފުކޮށް" އެނގޭ ވަރު ކުރާނެ ކަމަށެވެ.

އަލީ ނިޔާޒު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ އަޅާ ބަލާއިރު، މިފަހަރުގެ އިންތިހާބަށް ރީރަޖިސްޓްރީ ކުރި މީހުންގެ އަދަދު 24 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އެބޭފުޅުން އަންދާޒާކޮށްގެން ތިބީ އެ ނިސްބަތް އިތުރުވާނީ 15 ޕަސެންޓަށް ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

"2013 ވަނަ އަހަރު ރީރަޖިސްޓްރީވި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކަނީ 68،383. ވޯޓުލާ މީހުން 2013 އިން 2018އަށް އިތުރުވެފައި މި ވަނީ 10 ޕަސެންޓަށް. ގާތްގަނޑަކަށް 24،000 ވޯޓު. އެހެންނަމަވެސް މިފަހަރު ރީރަޖިސްޓްރީވި ކަމަށް 24 ޕަސެންޓުގެ އިތުރުވުމެއް އެބަ އުޅޭ. އަޅުގަނޑުމެން އަންދާޒާ ކުރީ އެންމެ ގިނަވެގެން ވެސް އަރާނީ 15 ޕަސެންޓަށް ކަމަށް،" އަލީ ނިޔާޒު ވިދާޅުވިއެވެ.

އަލީ ނިޔާޒު ފާހަގަ ކުރެއްވި ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އައިޑީކާޑު ނަމްބަރު ހިމެނޭ ލިސްޓެއް ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާ ހިއްސާ ކުރުމަށްފަހު، 10 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން ދީފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އަލީ ނިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް