Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫ އާއި ނަޝީދު އެކުގައި، މުޅި ހޯލް ގުގުމާލައިފި

27 އޯގަސްޓު 2018 | ހޯމަ 13:33

ރައްޔިތުންގެ މޫނުމަތިން ފެނުނީ އުފާވެރިކާމާއި ހިނިތުންވުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 27 އޯގަސްޓު 2018 | ހޯމަ 13:33
ޖަލްސާގައި ބައިވެރިވުމަށް ވަޑައިގެންނެވުމުގެ ކުރިން އިބޫ އާއި ރައީސް ނަޝީދު

ޖަލްސާގައި ބައިވެރިވުމަށް ވަޑައިގެންނެވުމުގެ ކުރިން އިބޫ އާއި ރައީސް ނަޝީދު

މުޅި ހޯލްތެރެ ވަނީ ފުރި ބާރުވެފައެވެ. ސްރީ ލަންކާގެ ބަރްޖަޔާ ހޮޓެލްގެ ހޯލްގައި އެތައް ސަތޭކަ ރައްޔިތުންނެއް ތިއްބެއެވެ. އިންތިޒާރު ކުރަމުން ދިޔައީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާ ވަގުތަކަށެވެ. ކެތްމަދުވެފައިވާ ރައްޔިތުނަން މި ޖަލްސާ ހާއްސަވާ އަނެއް ސަބަބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވަޑައިގަންނަވާތީއެވެ. މިއީ އިބޫ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށްވެވަޑައިގެންނެވި ފަހުން، ރައީސް ނަޝީދާއެކު ބައިވެރިވަޑައިގަންނަވާ ފުރަތަމަ ޖަލްސާއެވެ.

އިބޫ އާއި ރައީސް ނަޝީދު ހޯލް ތެރެއަށް ވަޑައިގަތުމުން އަތްތިލަބަޑިން މުޅި ހޯލް ގުގުމާލިއެވެ. އެންމެންގެ މޫނު މަތިން ފެނިގެން ދިޔައީ ހިނިތުންވުމެވެ. އެންމެ އުމުރުން ދުވަސްވީ މިހާއިން ފެށިގެން އެންމެ ކުޑަ ކުއްޖާއަށް އެ ވަގުތުވީ އުފާވެރިކަމުގެ ވަގުތު ކޮޅަށެވެ. އެ މީހުންގެ އުންމީދުތަކާއި ގުޅިފައިވާ ވަނީ އިބޫއެވެ. އެމްޑީޕީގެ ކެންޑިޑޭޓަކަށް މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު އެ ޕާޓީގެ އާންމު މެމްބަރުންނަށް އޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޓިކެޓް ރައީސް ނަޝީދު ދޫކޮށްލެއްވުމަށްފަހު، މިއަދު ކޯލިޝަންގެ ކެންޑިޑޭޓް އިބޫގެ ފަހަތްޕުޅުގައި އަމަލީ ގޮތުން މަސައްކަތް ކުރާ މަންޒަރު ފެނުމަކީ މި ހޯލްގައި ތިބި ކޮންމެ މީހެއްވެސް ދެކެން ބޭނުންވާ މަންޒަރަކަށް ވަނީވެފައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދުގެ އަރިހުގައި އިބޫ

"އިބޫ އާއި ރައީސް ނަޝީދު އެކުގައި ފެނިވަޑައިގެންނެވުން، އިންތިހާއަށް އުފާވެއްޖެ، ދިވެހި ރައްޔިތުންގެ އުންމީދުތަށް ހަގީގަތަކަށް ހަދާދެއްވުމަށް އަބަދުވެސް ރައީސް ނަޝީދު ސާބިތުކާމާ އެކު ހުންނަވާނެ، އެކަން މިއަދުވެސް ހާމަވެގެން މިދިޔައީ، އިރާދަކުރެއްވިއްޔާ ގުޅިގެން މި ކުރާ މަސައްކަތް ކާމިޔާބުވާނެ" ޖަލްސާގައި ބައިވެރިވި އަންހެނަކު ބުންޏެއެވެ.

ރައީސް ނަޝީދާ އިބޫ ބަރަޖްޔާ ހޮޓަލް އަށް ވަޑައިގެންނެވުމުން އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) އާއި ލަންކާގެ ކެމްޕެއިން ކޯޑިނޭޓަރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގެވެ. ބަރްޖަޔާ ހޮޓަލްގެ ދޮރުމަތިން ދެ ބޭފުޅުންނާއި ސަލާމް ކުރެއްވުމަށްފަހު، އެ ހޮޓަލްގެ ހޯލް ތެރެއަށް ހިންގަވާފައި ވަޑައިގެންނެވުނީ ހަމަ ކިޔާއެވެ. ގިނަ ރައްޔިތުން އިބޫ އާއި ރައީސް ނަޝީދު ސަލާމްކުރައްވަން ގިނަ ބަޔަކު ވަނީ ވަށާލާފައެވެ. ލަންކާގެ މީޑިއާތަކާއި ރާއްޖޭގެ ނޫސްވެރިން ނަން ދެ ބޭފުޅުންގެ ފޮޓޯއެއް ނަގާލަން ފޯކަސް ވެސް ކޮށްލެވޭވެނީ ހަމަ ކިޔާއެވެ. މިއީ އެ ވަގުތު ދޮރު މަތީގައި ހާލަތު އޮތްގޮތެއެވެ.

ޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވޭ

"މި އުފާވެރި މަންޒަރު އަދި ރާއްޖެއިން ވެސް ފެނިގެންދާނެ، އެއީ ބޮޑު މަންޒަރު، ރައީސް ނަޝީދާއި ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތަށް މިނިވަންވެގެން ރާއްޖެ ވަޑައިގަންނަވާ މަންޒަރު އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،" ޖަލްސާގައި ބައިވެރި ފިރިހެނެން ބުންޏެވެ.

ޖަލްސާ ނިމުމާ އެކު، ރައީސް ނަޝީދާ އިބޫއާ އެކު ޖަލްސާގެ ބައިވެރިން އަވަސް ވެގަތައެވެ. ދެ ބޭފުޅުންނާއި ބައްދަލުކޮށް ވާހަކަ ދައްކަލަން ލިބުނު ފުރުސަތުގެ ހަގީގަތަކަށް ވުމުނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް