Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އަޅުގަނޑުމެންނަކީ ކޮކްޓެއިލް ކޯލިޝަނެއް، އެކީ ފަހުރެއް: އަލީ ޒާހިރު

28 އޯގަސްޓު 2018 | އަންގާރަ 00:36

އިދިކޮޅު ކޮންމެ ލީޑަރަކަށް ވެރިކަން ކުރުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް ވިދާޅުވި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 28 އޯގަސްޓު 2018 | އަންގާރަ 00:36
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކޮލަންބޯގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަފުޅު ދައްކަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކޮލަންބޯގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަފުޅު ދައްކަވަނީ

ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަކީ ކޮކްޓެއިލް ކޯލިޝަނެއް ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީން އަމާޒު ކުރެއްވި ފާޑުކިޔުންތަކާ ގުޅިގެން، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރައްދު ދެއްވައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއެކު ލަންކާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަންއަކީ ކޮކްޓެއިލް ކޯލިޝަނެއް ކަމަށާއި އެއީ ފަޚުރެއް ކަމަށެވެ.

Advertisement - newsAdvertisement

އިދިކޮޅު ޕާޓީތަކުގެ ކޮންމެ ލީޑަރަކީ ވެސް ވެރިކަން ކުރުމުގެ ގާބިލުކަން ލިބިވަޑައިގެންފައިވާ ކަމަށް ފާހަގަ ކުރައްވައި އަލީ ޒާހިރު ވިދާޅުވީ ރާއްޖެ ކުރިމަތިވެފައިވާ މުސީބާތުން ރައްޔިތުން ސަލާމަތް ކުރުމަށް ހުރިހާ ލީޑަރުން ފަހަތަށް ޖެހި ކޮކްޓެއިލް ކޯލިޝަނެއް ހަދައި އެއް ކެންޑިޑޭޓަކު އިންތިހާބަށް ނެރެފައިވާ ކަމަށާއި ކޯލިޝަން ފަޚުރަކަށް ވަނީ އެހެންވެގެން ކަމަށެވެ.

"ފަޚުރުވެރިކަމާއެކު މި ވަނީ ކޮކްޓެއިލް ކޯލިޝަނެއްގައި. އެއީ ފަޚުރެއް. އެއީ އަޅުގަނޑުމެންގެ ލީޑަރުންގެ ހިތްވަރު. އެއީ އަޅުގަނޑުމެންގެ ލީޑަރުންގެ ކެރުން. އެއީ އަޅުގަނޑުމެންގެ ލީޑަރުންގެ އަމިއްލަ އެދުމެއް ނެތްކަން. ފަޚުރުވެރިކަމާއެކު ކޮކްޓެއިލް ކޯލަޝަނެއްގެ ގޮތުގައި މިތިބީ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ޕާޓީއަކީ ވެސް، ކޮންމެ ލީޑަރަކީ ވެސް ހަމަ ވަކިން ދިވެހިރާއްޖޭގެ ވެރިކަން ކުރެވޭނެ ފެންވަރު ހުރި، ވެރިކަން ކުރަން ބޭނުންވާ ބައެއް. ނަމަވެސް ގައުމީ މަސްލަހަތައްޓަކާ، އަޅުގަނޑުމެންނަށް ދިމާވެފައިވާ މުސީބާތުން ސަލާމަތް ވުމަށްޓަކައި އަޅުގަނޑުމެންގެ ހުރިހާ ލީޑަރުން ވަނީ ފަހަށް ޖެހި، ކޮކްޓެއިލް ކޯލިޝަނެއް ހަދާ، އެއް ކެންޑިޑޭޓަކު ނެރެ، އަޅުގަނޑުމެން މިދަނީ އިރާދަ ކުރެއްވިއްޔާ ފަސޭހަ ކަމާއެކު މިއިންޚާބު ކާމިޔާބު ކުރަން،" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ވެރިކަން ބަދަލުކޮށް ގައުމުން ވަގަށް ނަގައިފައިވާ ފައިސާ ވަރަށް ފަސޭހަ ކަމާއެކު ހޯދާނެ ކަމަށާއި ސަބަބަކީ އެ ފައިސާ ވަގަށް ނެގީ ކާކުކަން އެނގޭތީ ކަމަށެވެ. ފައިސާ ވަގަށް ނެގި ކަމަށް ބުނާ މީހާއާ ބެހޭ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ކުރިއަށް ގޮސްފައި ނުވަނީ އެ މައްސަލަ ބަލައިދިނުމުގެ ގާބިލްކަން އެ މުއައްސަސާތަކުގައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވެސް ދަނީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އިންތިޚާބާ ދިމާކޮށް ފޮނި ވައުދުތަކެއް ވަމުންކަމަށް ވެސް އަލީ ޒާހިރު ވަނީ ތުހުމަތު ކުރައްވާފައެވެ. އަލީ ޒާހިރު ވިދާޅުވީ 18 އަހަރުގެ ކޮންމެ ޒުވާނަކަށް ވަޒީފާ ދޭނެ ކަމަށް ބުނެ ވައުދު ވަމުންދާއިރު މިދިޔަ އިންތިޚާބުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ 95،000 ވަޒީފާ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަކީ ކޮންޓެއިލް ކޯލިޝަނެއް ކަމަށާއި އެއީ ފަހުރެއް ކަމަށް އަލީ ޒާހިރު ވިދާޅުވެފައި ވަނީ ރައީސް ޔާމީން ރ. ހުޅުދުއްފާރުގައި ހޯމަ ދުވަހު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެންމެ ބޮޑެތި އުސޫލީ މައްސަލަތަކުގައި އިދިކޮޅު ކޯލިޝަނަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ރައީސް ޔާމީން ނެންގެވީ ރާއްޖޭގައި އޮންނަންވީ ކޮން ޒާތެއްގެ ވެރިކަމަކާ ދޭތެރޭގައި ހުރިހާ ޕާޓީތަކުން އެއްބަސްވެވިފައި ނުވާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

19 ޖޫން 2018

ގާސިމްގެ އަމިއްލަ ކެބިނެޓެއް، އަމިއްލަ ކޯލިޝަނެއް، ހިތްހަމަ ނުޖެހުން ބޮޑުވެއްޖެ!

19 ޖޫން 2018
ގާސިމްގެ އަމިއްލަ ކެބިނެޓެއް، އަމިއްލަ ކޯލިޝަނެއް، ހިތްހަމަ ނުޖެހުން ބޮޑުވެއްޖެ!
10 މެއި 2018

މިވަގުތަކީ ވަރަށް ސާބިތުކަމާއި އަޒުމާއެކީ މަސައްކަތް ކުރަންވީ ވަގުތު: ޤާސިމް

10 މެއި 2018
މިވަގުތަކީ ވަރަށް ސާބިތުކަމާއި އަޒުމާއެކީ މަސައްކަތް ކުރަންވީ ވަގުތު: ޤާސިމް
13 އެޕްރީލު 2018

ރަސްގެފާނެއް ބޭނުމެއް ނޫން، ބޭނުންވަނީ ރައްޔިތުންނާ އެކީގައި މަސައްކަތް ކުރެވޭނެ ވެރިއެއް: ސައުދު

13 އެޕްރީލު 2018
ރަސްގެފާނެއް ބޭނުމެއް ނޫން، ބޭނުންވަނީ ރައްޔިތުންނާ އެކީގައި މަސައްކަތް ކުރެވޭނެ ވެރިއެއް: ސައުދު
10 އޮކްޓޯބަރު 2017

އިސްރަށްވެހިން ގާތުގައި ރައީސް ޔާމީން ދެއްކެވީ ފައިސާގެ "އެހީތެރިކަމާއެކީ" މާލެ ކައްކުވާލި ވާހަކަ!

10 އޮކްޓޯބަރު 2017
އިސްރަށްވެހިން ގާތުގައި ރައީސް ޔާމީން ދެއްކެވީ ފައިސާގެ "އެހީތެރިކަމާއެކީ" މާލެ ކައްކުވާލި ވާހަކަ!
02 އޯގަސްޓު 2017

ފުލުހުންގެ އެހީތެރިކަމާއެކީ 24 ވަނަ ދުވަހު މަޖިލީހަށް ވަނީ : އަލީ ހުސެއިން

02 އޯގަސްޓު 2017
ފުލުހުންގެ އެހީތެރިކަމާއެކީ 24 ވަނަ ދުވަހު މަޖިލީހަށް ވަނީ : އަލީ ހުސެއިން
05 ޖުލައި 2017

އަޅުގަނޑުމެން ގެއަށް ވަންނާނީ ނަސްރާއެކީ : ޝިދާތާ

05 ޖުލައި 2017
އަޅުގަނޑުމެން ގެއަށް ވަންނާނީ ނަސްރާއެކީ : ޝިދާތާ
12 ޖޫން 2017

ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނޭކަން: މަހުލޫފް

12 ޖޫން 2017
ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނޭކަން: މަހުލޫފް
31 މެއި 2017

ފުލުހުންނާ އެކީގައި ވިޔަސް ބޮޑުދައިތަ ކައިރިއަށް ދެވޭނެ ގޮތް ހަދައިދީ، ބުނި ދުވަހަކުން އެނބުރި އަންނާނަން: ފާރިސް

31 މެއި 2017
ފުލުހުންނާ އެކީގައި ވިޔަސް ބޮޑުދައިތަ ކައިރިއަށް ދެވޭނެ ގޮތް ހަދައިދީ، ބުނި ދުވަހަކުން އެނބުރި އަންނާނަން: ފާރިސް
01 މެއި 2017

ރައީސް ޔާމިންއާއި އެކީ ފެންނަން އޮތީ އަނދިރި ދުވަސްތަކެއް: ނިޒާރު

01 މެއި 2017
ރައީސް ޔާމިންއާއި އެކީ ފެންނަން އޮތީ އަނދިރި ދުވަސްތަކެއް: ނިޒާރު
28 މާރިޗު 2017

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް