Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ރައީސް ޔާމީންގެ ސިޔާސަތުތައް ވަނީ ފެއިލްވެފައި، 23 ސެޕްޓެމްބަރުގެ ވޯޓަކީ ވަގަށް ނެގި ފައިސާ ހޯދަން ދޭ ވޯޓެއް: ރައީސް ނަޝީދު

ރައީސް ނަޝީދު ވަނީ، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކުރައްވާފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2018 | ހޯމަ 13:23
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކޮޅުބުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިިވެވަޑައިގެން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކޮޅުބުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިިވެވަޑައިގެން

ރައީސް އަބްދުﷲ ޔާމީންގެ ހުރިހާ ސިޔާސަތެއް ބާތިލްވެފައިވާ ކަމަށާއި، 23 ސެޕްޓެމްބަރުގައި ދޭ ވޯޓަކީ ވަގަށް ނެގި ފައިސާ ހޯދަން ދޭ ވޯޓެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގައި ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ވަގަށް ނެގި ފައިސާއަށް ހެދި ގޮތާއި، ވަގަށް ނެގި ފައިސާއިން ކުރި ބޭނުން އެނގޭ ކަމަށެވެ. މި ސަރުކާރުން ހިންގި ވައްކަމާއި ފަސާދައަކީ ތަރައްޤީއަށް އެޅުނު އެންމެ ބޮޑު ހުރަސްކަން ފާހަގަ ކުރައްވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަމަކީވެސް ތަރައްޤީއަށް މި ސަރުކާރުން އެޅުވި ހުރަހެއް ކަމަށެވެ. އެ ފައިސާ އަނބުުރާ ހޯދަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދެވުމަށް ފަހު، މި ފަހަކަށް އައިސް ސްރީ ލަންކާގައި ދިރިއުޅުއްވާ ރައީސް ނަޝީދު ވިދާޅުވީ 23 ސެޕްޓެމްބަރުގައި ދޭ ވޯޓަކީ ސަރުކާރުން ވަގަށް ނެގި ފައިސާ އަނބުރާ ހޯދަން ދޭ ވޯޓެއް ކަމަށެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ހިންގި ވައްކަންތަކަށް އިއުތިރާފްވެފައިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމުގައި ވަގަށް ނެގި ފައިސާތައް އަނބުރާ ހޯދައި، އެފައިސާތައް އަލުން ރައްޔިތުންނަށް ހިދުމަތްކުރުމަށް ބޭނުންކުރާނެ ކަމަށެވެ.

ރައީސް ޔާމީންގެ ތަރައްޤީގެ ސިޔާސަތަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ދެކިވަޑައިގަންނަވާގޮތުގައި ތަރައްޤީއަކީ ހިފާ ގެންގުޅޭ އެއްޗެއް ކަމަށެވެ. އަދި ތަރައްޤީއަކީ އިމާރަތެއްކަމަށް ދައްކައިދިނުމަށް ރައީސް ޔާމީން މަސައްކަތްކުރައްވާކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ ތަރައްޤީއަކީ 1800ގެ ކޮމިއުނިސްޓް ވެރިކަންތަކުގައިވެސް ފެއިލްވެފައިވާ ސިޔާސަތެއް ކަމަށެވެ.

އޭގެއިތުރުން ހައިހެވަން އާއި، ނިލަންދެ އަތޮޅު އުތުރުބުރި އަދި ދެކުނު ބުރީގައި ބޮޑެތި ޕްރޮޖެޓްތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިކަން ފާހަގަކޮށް، ނަޝީދު ވިދާޅުވީ މިއަދާއި ހަމައަށްވެސް އެ ޕްރޮޖެކްޓްތަަކަށް އެންމެ ފައިސާ ފޮއްޗެއްވެސް ނުލިބި އޮތީ އެއީ ފެށުނުއިރުވެސް ބާތިލް ޕްރޮޖެކްޓްތަކަކަށް ވުމުން ކަމަށެވެ. ތަރައްޤީ ގެންނާނީ، ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ނޫން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެއީ ވެސް ފެއިލްވެފައިވާ ސިޔާސަތެއް ކަމަށް ވިދާޅުވެފަ އެވެ.

ގުޅިފައިވާ ޕާޓީތަކުން ކޮޅުބުގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު