Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ގައުމީ މަޖިލިސް

ވަގަށް ނެގި ފައިސާ ހޯދުމުގެ ތައްޔާރީތައް ހަސަން ލަތީފާ ހަވާލު ކުރަން ފާސްކޮށްފި

26 އޯގަސްޓު 2018 | އާދީއްތަ 08:34

ހިޔާނަތުގެ ތަފްސީލު ހާމަކުރަން މުއައްސަސާތަކަށް އިބޫ ގޮވާލެއްވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 26 އޯގަސްޓު 2018 | އާދީއްތަ 08:34
އެމްޑީޕީގެ 165 ވަނަ ގައުމީ މަޖިލީހުގެ ބައްދަލުވުން: ސަރުކާރުން ވަގަށް ނަގާފައިވާ ފައިސާ ހޯދަން ގަރާރެއް ވަނީ ފާސްކޮށްފައި

އެމްޑީޕީގެ 165 ވަނަ ގައުމީ މަޖިލީހުގެ ބައްދަލުވުން: ސަރުކާރުން ވަގަށް ނަގާފައިވާ ފައިސާ ހޯދަން ގަރާރެއް ވަނީ ފާސްކޮށްފައި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ ފައިސާ އާއި މުދާ، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ފަންނީ މަސައްކަތް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ހަވާލު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ 52 މެމްބަރުންނާ އެކު ސެންޓަރަލް ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްފައި ވަނީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި ގަރާރާ އެކުގައެވެ.

Advertisement - newsAdvertisement

އިބޫގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރަން ނިންމާފައިވާ ތިން ކަންތައްތަކުގެ ތެރޭގައި ދައުލަތަށް ގެއްލުނު ފައިސާ އަބުރާ ހޯދަން ނިންމާފައި ވާތީ، އެކަން ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ފަންނީ ތަޖުރިބާކާރުން ހޯދައި، ވާންޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތް ހަސަން ލަތީފާ ހަވާލު ކުރުމަށް ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.

ޝިފާޒު ގަރާރުގައި ބުނެފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރައީސް ޔާމީންގެ ސަރުކާރުން ވަގަށް ނެގި ކަމަށް ތުހުމަތު ކުރާ ފައިސާ ދައުލަތަށް އަބުރާ ހޯދައި، ރައްޔިތުންގެ މަންފާއަށާއި ލާބައަށް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގައި އިބޫ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ މުހައްމަދު ޝަރުހާން

"އިބޫ ހުވާ ކުރެއްވުމަށްފަހު، އެމަނިކުފާނުގެ ބަންޑާރަ ނައިބު އައްޔަން ކުރައްވާއިރަށް، އަޅުގަނޑާ ހަވާލު ކުރެއްވި މަސައްކަތްކޮށް ނިންމުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަސަން ވިދާޅުވިއެވެ.

ގަރާރަށް ވާހަކަފުޅު ދައްކަވަމުން ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވާފައި ވަނީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ތަފްސީލު ދައުލަތުގެ މުއައްސަސާތަކުން އާންމު ކުރެއްވުމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން ހިންގެވި ކަމަށް ބުނާ ހިޔާނާތުގެ ތަފްސީލު އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނަރަލްގެ އޮފީހުން ހޯދާފައިވާ ކަމަށާއި އެކަމުގެ ތަފްސީލު އެ މުއައްސަސާތަކުން އާންމު ކުރެއްވުމަށް އިބޫ ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގައި ބައިވެރިވި ގިނަ މެމްބަރުން ވަނީ ޝިފާޒު ހުށަހެޅުއްވި ގަރާރަށް ތާއިދު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކުށްވެރިކޮށް ވާހަކަފުޅު ދައްކަވާފައެވެ.

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ މުހައްމަދު ޝަރުހާން

އަންނަ މަހު 23ގައި ބާއްވާ ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބުކޮށް، އިބޫ ވެރިކަމާ ހަވާލުވާ ދުވަހު ހިޔާނާތުގެ ފައިސާ ހޯދުމުގެ އަމަލީ މަސައްކަތް ފަށަންޖެހޭ މިންވަރަށް، ކަންކަން ރާވާފައި ބޭއްވުމަށް ބާރު އަޅައި މެމްބަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ހިޔާނާތުގެ ފައިސާ ހޯދުމުގެ އިތުރުން އިބޫގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރަން ނިންމާފައި ވަނީ ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމާއި ޕީޕީއެމްގެ ސަރުކާރުގައި ހިނގާފައިވާ މަރުތަކުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރުމެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް