Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ރައްޔިތުންގެ ބަސް ބުނަން އިދިކޮޅު ހަދާ މީހަކަށް ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެ: އިބޫ

ރައްޔިތުން އިދިކޮޅު ހަދާ މިންވަރު އެމަނިކުފާނަށް ސީދާ މިހާރު ފެންނަމުންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 އޯގަސްޓު 2018 | ހޮނިހިރު 08:56
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރ. ރަސްމާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރ. ރަސްމާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ

ރައްޔިތުން މަޖިލީހުގައި ތަޅު އަޅުވާ ރައްޔިތުންގެ ބަސް ބުނަން ދެކޮޅު ހަދާ މީހަކަށް ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ތެރެއިން ހޮނިހިރު ދުވަހު ރ. ރަސްމާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެކަން އެގޮތަށް ކުރައްވާ ވެރިޔަކަށް ދެވަނަ ފުރުސަތެއް ރައްޔިތުން ނުދޭނެ ކަމަށެވެ.

Advertisement - newsAdvertisement
"ރައްޔިތުން މަޖިލީހުގައި ތަޅު އަޅުވާ ރައްޔިތުންގެ ބަސް ބުނަން އިދިކޮޅު ހަދާ މީހަކަށް ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެ. އެއީ އެކަން އޮތް ގޮތް، ރައްޔިތުން އެކަން ދެނެގަނެގެން އެތިބީ ދެވަނަ ފުރުސަތެއް މި ސަރުކާރަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކަށް ރައްޔިތުން ދެނެއް ނުދޭނެ،" އިބޫ ވިދާޅުވިއެވެ.

އާސަންދައިގެ ހިދުމަތް ވަކި ބައެއް މެދުވެރިކޮށް ލިބޭ ނިޒާމެއް މިއަދު ޤާއިމުކޮށްފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ސަރުކާރުގެ ނުފޫޒު އެކަމުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އިބޫ ވިދާޅުވީ އެމަނިކުފާނު ވެރިކަމެއްގައި އާސަންދައިގެ ހިދުމަތް ހޯދުމަށްޓަކައި ވަކި މީހެއް ކައިރިއަށް ރައްޔިތުން ސާލާން ޖަހަން ދާން ނުޖެހޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ ކޯލިޝަން ވެރިކަމެއްގައި ރ. ރަސްމާދޫގެ ބަނދަރު ރަނގަޅަށް ހެދި، ގިރާ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށާއި ސާފިންގް އެސޯސިއޭޝަނަށް ރަނގަޅު ބަޖެޓެއްދީ އެ އެސޯސިއޭޝަން ހިންގޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު