Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ސެޕްޓެމްބަރު 23 އަށްފަހު ރައީސް ޔާމީން ގިނަ ކަންތައްތަކަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ: އިބޫ

ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނާއި ހިލާފު ވަރަށް ގިނަ ކަންކަން ހިންގާފައި އެބަހުރި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2018 | ހުކުރު 21:09
ދުވާފަރުގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ

ދުވާފަރުގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ފަހުން ގާނޫނާއި ހިލާފަށް ރައީސް ޔާމީން ކުރައްވާފައިވާ ކަންކަމަށް އެމަނިކުފާނު ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ތެރެއިން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީން އެތައް ކަމެއް ގާނޫނާއި ހިލާފަށް ކުރައްވާފައިވާ ކަމަށާއި އެކަންތައްތަކަކީ އެއް ރެއިން ކިޔޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އިބޫ ވިދާޅުވީ ރައީސް ޔާމީން އެތައް ކަމަކަށް އަމިއްލަ ބަހުން އިއުތިރާފްވެވަޑައިގެންފައިވާ ކަމަށެވެ.

Advertisement - newsAdvertisement
"އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ. ގެއަށް ވަން ފައިސާގެ މައްސަލަ. މާލޭގެ މަގުމަތީގައި ގަތުލު ކުރެވިގެންދިޔަ ޝަހީދުކުރެވިގެންދިޔަ މީހުންނާއި ބެހޭގޮތުން އެމަނިކުފާނު ދައްކަވާފައި ހުރި ވާހަކަ. މިހިރީ އެމަނިކުފާނު އަޅުގަނޑު މި ދެންނެވި ދުވަހު ޖަވާބު ދޭން ޖެހިވަޑައިގަންނަވާނެ ކަންތައްތައް." ދުވާފަރުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

އިބޫ ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ދުވާފަރަށް ކޮށްދެއްވާނެ ބައެއް ކަންތައްތައް ވައުދުވެވަޑައިގެންފައެވެ. އެގޮތުން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެރަށުން ބިން ހިއްކާނެ ކަމަށް އިބޫ ވިދާޅުވިއެވެ. ހަމައެހެންމެ ކޯލިޝަންގެ ސަރުކާރެއްގައި ކަނދޮޅުދޫގެ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމަށްފަހު ދިން ގެތަކަށް އެފަރާތްތަކުގެ ރަޖިސްޓްރީ ބަދަލުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ދުވާފަރަކީ ޒުވާނުންގެ އާބާދީ ވަރަށް ބޮޑު ރަށެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެރަށުގައި ޒުވާނުންގެ މަރުކަޒެއް އަޅުއްވައި ދެއްވާނެ ކަމަށް ވެސް އިބޫ ވައުދުވެވަޑައިގެންނެވިއެވެ. މީގެއިތުރުން ދުވާފަރުގެ ސިއްހީ މަރުކަޒާއި ސްކޫލް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް އެރަށު ރައްޔިތުން ބޭނުންވާ ފެންވަރުގެ ހިދުމަތްތައް ރަށުން ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ހުކުރު ދުވަހު ދުވާފަރަށް އިބޫ ވަޑައިގެންނެވުމުން އިބޫއަށް ވަނީ ހޫނު މަރުހަބާއެއް އެ ރަށުން ދަންނަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު