Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޕްރިޔަންކާ އާއި ނިކްގެ ކައިވެނި ކުރާނެ ތާރީޚެއް ކަނޑައަޅާފައެއް ނުވޭ: ޕްރިޔަންކާގެ މަންމަ

ކައިވެންޏާ ބެހޭ ގޮތުން ދެކެވެމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 24 އޯގަސްޓު 2018 | ހުކުރު 09:55
ޕްރިޔަންކާ އާއި ނިކް ޖޯނަސް

ޕްރިޔަންކާ އާއި ނިކް ޖޯނަސް

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ އެންގޭޖްމަންޓް ވަނީ ފާއިތުވި ހަފްތާގައި ރަސްމީކޮށް އިއުލާން ކޮށްފައެވެ.

އިންޑިއާގައި ކައިވެނިކުރާ ސަގާފަތާ އެއްގޮތަށް ފާއިތުވި ހަފްތާގައި ބޭއްވި މި ހަފްލާގައި ދެ ފަރާތުގެ އާއިލާ އިން ވަނީ ބައިވެރިވެފައެވެ.

ޑީއެންއޭ އަށް ދިން އިންޓވިއުއެއްގައި އެ ދެމީހުންގެ ކައިވެންޏާ ގުޅޭ ގޮތުން ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާޅާ ބުނެފައި ވަނީ އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނަން އަދި މާއަވަސް ކަމަށާއި ކައިވެނި ކުރާނެ ވަކި ތާރީޚެއް ނުނިންމާ ކަމަށެވެ. ކައިވެންޏާ ބެހޭ ގޮތުން ދެކެވެމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މަދޫ ވަނީ ބުނެފައެވެ.

މަދޫ ބުނެފައި ވަނީ ޕްރިޔަންކާ ނިންމާ ނިންމުމަށް އަބަދު ވެސް އިތުބާތުކުރާ ކަމަށާއި އޭނާއަކީ ނުވިސްނާ އަވަސްއަރުވާލައިގެން ކަންކަން ނިންމާ މީހެއް ނޫން ކަމަށެވެ. ޕްރިޔަންކާ ކަމެއް ނިންމާއިރު ނިންމާނީ ވަރަށް ވިސްނާފައި ކަމަށާއި އަދި އެ ނިންމުމަކީ ރަނގަޅު ނިންމުމަކަށް ވާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށް މަދޫ ވަނީ ބުނެފައެވެ.

"ދެ މީހުން ވެސް މިވަގުތު ނިންމަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި. ކައިވެނި ކުރާނެ ދުވަހަކާއި ކައިވެނި ކުރާނެ ތަނެއް ނިންމަން ވަގުތު ނަގާނެ،" މަދޫ ވަނީ ބުނެފައެވެ.

ނިކްއާ ބެހޭ ގޮތުން މަދޫ ބުނެފައިވަނީ ނިކްއަކީ މަޑުމައިތިރި، ޒިންމާދާރު އަދި ބޮޑަތި މީހުނަށް އިޚްތިރާމްކުރާ މީހެއް ކަމަށެވެ. ނިކްއަކީ ހިތްގައިމު މީހެއް ކަމަށާއި އާއިލާގެ އެންމެން ވެސް ނިކް ދެކެ ލޯބިވާ ކަމަށް މަދޫ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
18 ފެބުރުއަރީ 2017

ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

18 ފެބުރުއަރީ 2017
ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި
16 ފެބުރުއަރީ 2017

ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟

16 ފެބުރުއަރީ 2017
ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު