Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބު 2018

ވިޔަފާވެރިންނާއި މަޖިލިސް މެމްބަރުން ރައީސް ޔާމީން ދޫކޮށްދަނީ!؟

23 އޯގަސްޓު 2018 | ބުރާސްފަތި 14:36

ގިނަ މެމްބަރުން މިހާރު ކެމްޕެއިންތެރެއިން ނުފެނޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 23 އޯގަސްޓު 2018 | ބުރާސްފަތި 14:36
ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުން ވިޔަފާރިވެރިން ތިބީ ހިތްހަމަނުޖެހިފައި

ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުން ވިޔަފާރިވެރިން ތިބީ ހިތްހަމަނުޖެހިފައި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހައްޓަން އެންމެ ބޮޑަށް އެހީތެރިވެދޭ ބަޔަކީ ވިޔަފާރިވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. ވިޔަފާރިވެރިންނާއި މަޖިލިސް މެމްބަރުންނާއިއެކު އެމަނިކުފާނު ބާއްވަމުން އައި ގުޅުންތަކުންނާއި، އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކުގެ އިތުރުން، އެމަނިކުފާނު ވެރިކަމުގައި ބެހެއްޓުމަށް މަދުންނަމަވެސް މަޖިލިސް މެމްބަރުންނާއި ބޮޑެތި ވިޔަފާރިވެރިން ދައްކާ ވާހަކަތަކުން މިކަން ހާމަވެއެވެ.

މިދުވަސްވަރަކީ މިދެންނެވި ވިޔަފާރިވެރިންނާއި މަޖިލިސް މެމްބަރުންގެ ބޭނުން ރައީސް ޔާމީނަށް އެންމެ ބޮޑަށް ޖެހިވަޑައިގަންނަވާނެ ދުވަސްވަރެވެ. ރިޔާސީ އިންތިޚާބު ބޯމަތީގައި އޮތްއިރު، ރައީސް ޔާމީނާއި ރައްޔިތުންނާއި ދެމެދު އޮތަސް އޮތް ހަމައެކަނި ފާލަމަކީ އެމަނިކުފާނާއިއެކު ތިއްބެވި މަޖިލިސް މެމްބަރުންކޮޅެވެ. އެހެންނަމަވެސް މަދު މެމްބަރަކު ނޫނިއްޔާ އެމަނިކުފާނުގެ އަރިހަކު ފެންނާކަށް ނެތެވެ. ދެ އަތުގެ އިނގިލިން ގުނާލެވޭހާ އެމަނިކުފާނުގެ އަރިހުގައި ތިއްބެވި މެމްބަރުންގެ އަދަދު މަދެވެ. ރައީސް ޔާމީންގެ އަރިހުން ފެންނަ މަދު މެމްބަރުންގެ ވޯޓުވެސް އެމަނިކުފާނަށް ކަށަވަރުނުވާތަނުގައި، އެމެމްބަރުންނަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާތީ ގިނަ މެމްބަރުން ތިއްބަވަނީ ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވެ.

މެމްބަރު އަހުމަދު މުބީންއާއި މެމްބަރު ރިޔާޒް ރަޝީދުގެ އާއިލާގެ ވޯޓުވެސް ރައީސް ޔާމީނަށް ނުލިބޭނެއޭ ކިޔާތީ އިވެއެވެ. އަދި ރިޔާޒް ރަޝީދަކީ ރައީސް ޔާމީނަށް ހުރި ބިރެއްކަމަށް ނިންމިފަހުން، ރިޔާޒް ރަޝީދުވެސް ރައީސް ޔާމީނާއި އެހާ ގަޔާނުވާކަމަށް ވިލުފުށީ މީހުން ކިޔާތީ އިވެއެވެ. ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުވެސް ކިތަންމެ ޖޯޝުގައި ވާހަކަ ދެއްކެވިޔަސް، އެއީ އިދިކޮޅު ކެންޑިޑޭޓަށް ދައްކާ އާޓެއްކަމަށް އެމަނިކުފާނާއި އެކުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި މަސައްކަތްކުރެއްވި މެމްބަރުން ބުނެއެވެ. އަދި ހުސެން މަނިކު ދޮން މަނިކުވެސް ތ އަތޮޅު މެމްބަރުންނަށް ރައީސް ޔާމީން ޖައްސަވާ ހާލާއި، ރައީސް މައުމޫނާއި މެދު ކަންތައް ކުރެއްވި ގޮތުން ހުންނެވީ އަނެއްކޮޅުގައިކަމަށް ތ އަތޮޅު ބައެއް މީހުން ކިޔާތީ އިވެއެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމާއި، ބާރަށު ދާއިރާގެ މެމްބަރު ޝުޖާޢުގެ ވޯޓުވެސް ރައީސް ޔާމީނަށް ނުލިބިދާނެކަމުގެ ބިރު އެބައޮތްކަމަށް ރައީސް ޔާމީންގެ އަރިހުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. މިހެން ގޮސް މުޅި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެމްބަރުންގެ ނަންވެސް ލިޔެވިދާނެއެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް އެއިން ކަށަވަރުވަނީ ކިތައް ވޯޓުތޯ ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެއެވެ.

ހައިރާންވާން ޖެހޭ ކަމަކީ އިންތިޚާބަކަށް އެންމެ މަހަކަށްވިއިރު، ޕީޕީއެމްގެ ޕީޖީގެ ބައެއް މެމްބަރުން ކެމްޕެއިން ޖަލްސާއަކުންވެސް ރަނގަޅަށް ނުފެންނަކަމެވެ. ރައީސް ޔާމީނަށް ކެމްޕޭން ކޮށްދޭން ނިކުންނެވީ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީއިންނެވެ. އެއިން ވަޒީރަކު ވާހަކަ ދައްކަވަން ފައްޓަވާއިރަށް ދެކޮޅު ނުޖެހޭ ވާހަކައެއް ދައްކަވާނެކަމުގެ ޔަޤީންކަމާއިއެކު ނޫސްވެރިން ތިބެނީ ގަލަން ނަގައިގެންނެވެ.

ވިޔަފާރިވެރިންވެސް ތިބީ އެފަދަ ޙާލެއްގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި 'ބޮޑު ތަނުން ދެމިގަތް' ތިން ހަތަރު ވިޔަފާރިވެރިން ފިޔަވައި ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާ ވިޔަފާރިވެރިއަކު ނެތެވެ. އެމަނިކުފާނާއި ކައިރިވެއްޖެ ވިޔަފާރިވެރިއެއްނަމަ މިހާރު ހުންނަން ޖެހެނީ ދަތިކުރުމުގެ ފިޔަވަޅެއްގެ ބިރުގެ މަތީގައެވެ. އެބުނާ ލިސްޓެއް އޮތަސް، ނެތަސް، ބިރުވެރިކަމެއްގެ ތެރޭގައެވެ. ގޯހީ އީޔޫއެއް ނޫނެވެ. ވިޔަފާރިވެރިންނަށް އެޙާލު ޖެއްސި ސަރުކާރެވެ. އީޔޫ ވިއްޔާ އަދިވެސް ފިޔަވަޅު ނާޅާ އެބައޮތްތާއެވެ. މިއީ ވިޔަފާރިވެރިންގެ ބަހެވެ. އަޅުގަނޑުގެ ބަހެވެ.

އަނެއްކޮޅުން ރައީސް ޔާމީންގެ ވެރިކަމުގައި އިޤްތިޞާދީ ވުޒާރާ ހަވާލުކުރެއްވި ބޭފުޅާގެ ބުރަ މަސައްކަތްޕުޅުން ވިޔަފާރިވެރިންނަށް އެތަކެއް ބުރަތަކެއް ވަނީ ކުރިމަތިވެފައެވެ. މީރާ ފެންނަނީ ވިޔަފާރިވެރިންނަށް ބިރުވެރިކަމެއްގެ ގޮތުގައެވެ. ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ސިފަކުރައްވާ ގޮތުގައި މީރާއަކީ ކޮންމެ މަހަކު އެއް ފަހަރު އަރާ، ވިޔަފާރިތަކުގެ ވަތްގަނޑުގެ އިއްފަތްތެރިކަން ފޭރިގަންނަ ރަންނަމާރިއެކެވެ. އެހެންކަމުން ވިޔަފާރިވެރިންވެސް ރައީސް ޔާމީން ދޫކޮށްލާފައިވާކަމަށް ބުނާ ވާހަކައިގައި ބުރަދަނެއް އެބަހުއްޓޭވެސް ބުނެވިދާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
19 ޖެނުއަރީ 2017

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް