Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބު 2018

އުއްމީދެއް ނެތި މަރުފަލި ޖެހުމުގެ ބޭނުމެއް ނެތް!

23 އޯގަސްޓު 2018 | ބުރާސްފަތި 11:12

ބޭރުގެ ކަނޑުތަކާއި އެތެރެވަރީގައި ވެސް ދުއްވަން ނޭނގޭ

| 23 އޯގަސްޓު 2018 | ބުރާސްފަތި 11:12
މާލޭގެ މަގެއްގައި ދަމާފައިވާ ދިދަފަތި ތަކެއް

މާލޭގެ މަގެއްގައި ދަމާފައިވާ ދިދަފަތި ތަކެއް

ބައެއް ހާލަތްތަކުގައި އަޅު މީހާ ވެސް ސާހިބާ ދެކެ ލޯބިވެދާނެއެވެ. ބައެއް އަޅުން ލޯބިވާ ކަމަށް ހަދައެވެ. ސަބަބަކީ ލިބިދާނެ އަނިޔާއަކަށް ނުވަތަ ގެއްލުމަކަށް ނުވަތަ އުފުލަން ޖެހިދާނެ ތަކުލީފަކުން ސަލާމަތްވުމަށް ނުވަތަ ލުޔެއް ހޯދުމެވެ. ހިހޫ ތަނުން ކާލައިގެން އުޅުމަށެވެ. މި ބިންމަތީ ސުވަރުގެއެއް ފަދަ މި ޖަޒީރާގެ ރަށެއްގެ ގޮނޑުދޮށުގައި އަހަރެން އޮށޯވެ، މި ގައުމުގެ ހާލަތާ މެދު ވިސްނާލީމެވެ. ދޮންވެލި ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅާއި، ފަތްތަކުގެ ކޭއްތުމުމާއި ދޫނި ސޫފާ ސޫފީގެ މިއުޒިކީ އަޑުން ފުންކޮށް ވިސްނާލަން ފަސޭހަކޮށްދިނެވެ.

އުއްމީދާއި އަޒުމެއް ހުރެއްޖެ ނަމަ ގޮތެއް ހުހެއް ނުވާނެ ކަމަށް މައިން ބަފައިން ބުނާ ވާހަކަ އިން ހިތަށް ހިތްހަމަޖެހުމާއި ނަފުސަށް ފޯރި ގެނެސްދެއެވެ. ނަމަވެސް، މި ޖަޒީރާ ރަށްތައް ހިންގުމާ ހަވާލުކުރި ވެރިން މި ގައުމަށް ވީ ހިޔާނާތުގެ ބޮޑު ކަމުން ލޮލުން ފެންކަޅިވެއެވެ. ރައްޔިތުންނަށް ލިބަމުން ދިޔައީ އަނިޔާއެވެ. ހާއްސަކޮށް ވޭތުވެދިޔަ ފަސް އަހަރު ލިބުނު އަނިޔާ ވަރަށް ބޮޑެވެ. ލިބުނު ގެއްލުން ބިލިއަން ރުފިޔާއަށް އަރައެވެ.

ނަތީޖާއަކަށްވީ، ރައްޔިތުންނަށް ހިދުމަތްކުރުމަށް ތަރުތީބުކޮށްފައިވާ ހުރިހާ ނިޒާމެއް ފުނޑުފުނޑުކޮށްފިއެވެ. ޑިމޮކްރަސީ ހަލާކު ކޮށްފިއެވެ. ރައްޔިތުންގެ ހައްގުތައް ފޭރިގެންފިއެވެ. ދައުލަތު ހަޒާނާ އާއި ބަޑިގުދަން ފޫ ދުއްވާލައިފިއެވެ. ޚިޔާލު ތަފާތުވެއްޖެ ނަމަ އޮތީ ޖަލު ކަމަށް ދައްކައިފިއެވެ. ތަރައްގީއަކީ ކޮރަޕްޝަން ކަމަށް ހަދައިފިއެވެ.

މި ދަރަޖައަށް ހާލަތު ދުއްވާލީ، ބައެއްގެ އަމިއްލަ އެދުމަށެވެ. އެހެންވެ، ކުރިއަށް އޮތް ރައްޔިތުންގެ ބޮޑު ނިންމުން ވެސް ހިތުހުރި ގޮތަކަށް ބަދަލުކޮށްލަފާނެ ކަމަށް ބަޔަކު ގަބޫލުކުރެއެވެ. ދުނިޔެއަށް މަޑުން ނޯވެވުނެވެ. ދިން ނަސޭހަތް ޤަބޫލުނުކޮށް، ގަޓްހުރިކަން ދައްކަން ހަދައިގެންނެވެ. އެންމެ ފަހުން ދުނިޔެއިން ފިޔަވަޅު އަޅާނެ 41 މީހުންގެ ލިސްޓެއް އެކުލަވާލައިފިއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި ސާހިބާއަށް އެހީތެރިވެ ދޭ ވިޔަފާރިވެރިންނާއި މަދަދުދާރުން ހިމެނެއެވެ.

އަނިޔާއިން ސަލާމަތް ވެވޭނީ ރައްޔިތުން ނިންމާ ބޮޑު ނިންމުން އަންނަ ގޮތުންނެވެ. ހާލަތު ބަދަލެއް ނުވާނެ ކަމަށް އެއް ބަޔަކު ބުނާއިރު، އަނެއް ބަޔަކު ގަބޫލުކުރަނީ ދެން ރައްޔިތުން ހޮވާނީ ސޯލިހު ދިވެހި ދަރިއެއް ކަމަށެވެ.

ރައްޔިތުންގެ ނިންމުން ގާތްވެފައިވާއިރު، ދުނިޔެއިން ފިޔަވަޅު އަޅާ ލިސްޓްގައި 41 މީހެއްގެ ނަން ހިމެނުމުގެ ކުރިން ވެސް، ބަދަލުވަމުންދާ ހާލަތުގައި ބައެއް މީހުންގެ ވިސްނުމާއި ފިކުރު ހެޔޮ މަގަށްދާތަން އެބަ ފެނެއެވެ. ހެޔޮ މަގު ހިޔާރުނުކޮށްފި ނަމަ، ދީފައިވާ އިންޒާރު ބޮޑެވެ. ކިތަންމެ ފައިސާއެއް އަމިއްލަ އެކައުންޓްގައި ހުއްޓަސް، ފިލައިގެން ނުދެވޭނެއެވެ. މި ދަރަޖައަށް ދިވެހިންތަކެއް ކަކޫ މައްޗަށް ތިރިވާންޖެހޭ ހާލަތަށް ދިޔައީ އަމިއްލަ އަމަލުތަކުގެ ސަބަބުންނެވެ. އުއްމީދެއް އޮތިއްޔާ ދިރުމެއް ވާނެއޭ ބުނަމުން ދިޔަސް، އެ ދިރުން ނުފެނެއެވެ. އެ އުއްމީދެއް ނުފެނެއެވެ. އެފަދަ މަންޒިލެއް ހޯދަން ފަލި ޖެހިޔަސް ލިބޭނެކަމުގެ އުއްމީދު ކުޑައެވެ. މިކަން ވިސްނެންޖެހެއެވެ. ނޫން ނަމަ ތިމާއާ އެކު ފަޅުވެރިން ވެސް ގެނބިގެންދާނެއެވެ.

މިހާރު އޮޑީގައި ހުރި ކައްޕިތާނަކީ ގާދޫކޮލުން ބޭރަށް ނުކުމެ ދުއްވަން އެނގޭ މީހެއް ނޫނެވެ. ބޭރުގެ ގައުމުތަކުގެ ހާހަލާއި ފަރުތައް ނޭނގުމުގެ ސަބަބުން މި ކައްޕި އަތުން ބޯޓު އެތައް ފަހަރަށް އުރިއްޖެއެވެ. ހަލާކުވެއްޖެއެވެ. ފަޅުވެރިން ލަދު ގަންނުވައިލައިފިއެވެ. އެެތެރެވަރީގައި ވެސް ދުއްވަން ވެސް ނޭނގުނެވެ. މާމޮޅު ކެޔޮޅަކަށް ވެގެން އުޅުނީކަން އެންމެންނަށް ވެސް މިހާރު އެނގެއެވެ. ތިމާއަށް ކަންކަން ދަސްކޮށްދިން އަދި މިސްރާބު ބުނެދިން ބޭބެއަށް ވެސް ޖައްސާފައިވާ ހާލަތުން ދެން އެހެން މީހަކަށް ރަހުމެއް ނުހުންނާނެ ކަމަށް ގަބޫލު ކުރާނެއެވެ.

މިހާރު ހުރި ކެޔޮޅާ އެކު އޮޑި ބަނދަރުކުރާނެ މަންޒިލެއް ނެތް ކަމަށް އެދަނީ ބުނަމުންނެވެ. ރައްޔިތުންނަށް ހިޔާނާތްތެރި ނުވުމަށާއި އަނިޔާވެރި ނުވުމަށް އެދަނީ އިންޒާރު ދެމުންނެވެ. ހަރުކަށިކަން ދޫކޮށްލައި، ދުނިޔެ ބުނާ ބަސް އަޑުއެހުމަކީ ތިމާ ދެރަވުމެއް ނޫނެވެ. ދުނިޔެއިން ބުނަމުންދާ ބަސް ގަބޫލު ނުކޮށްފި ނަމަ، ލިބޭނީ ގެއްލުމެވެ.

އުއްމީދެއް ނެތް މީހަކާއެކު މަރުފަލި ޖެހުމަށް ވުރެ އުއްމީދެއް އޮތް ދިމާލަކަށް ދިއުން މާބުއްދި ވެރިއެވެ. ނޫން ނަމަ، ފަހުން މަންޒިލެއް ނުލިބޭނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!
07 ސެޕްޓެމްބަރު 2017

ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

07 ސެޕްޓެމްބަރު 2017
ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި
24 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!
15 ޖުލައި 2017

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
20 ޖޫން 2017

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
06 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

06 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް