Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޕަޓާކާގެ ލަވައެއްގައި މަލައިކާ!

މަލައިކާ ފެނިގެންދާނީ ހެލޯ ހެލޯ މި ލަވައިން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 އޯގަސްޓު 2018 | ބުރާސްފަތި 10:35
މަލައިކާ އަރޯރާ

މަލައިކާ އަރޯރާ

ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާ ފިލްމް "ޕަޓާކާ" ގެ ޚާއްސަ ލަވައެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ވިޝާލް ބަރްދުވާޖް ގެ އަންނަން އޮތް ފިލްމުން މަލައިކާގެ ނެށުން ފެނިގެންދާނީ މި ފިލްމަށް ރޭކާ ބާރްދްވާޖް ކިޔައިދީގައިވާ " ހެލޯ ހެލޯ" އަށެވެ.

މި ލަވައިގެ މިއުޒިކް ވެސް ހަދާފައިވަނީ ވިޝާލް ބާރްދްވާޖް އަމިއްލައަށެވެ.

މި ލަވަ އުފައްދާ ފަރާތްތަކުން ބުނެފައިވަނީ މި ލަވަ ވެގެންދާނީ ފިލްމް "އޯމްކާރާ" ގައި ބިޕާޝާ ބާސޫ ނަށާފައިވާ ލަވަ "ބީދީ ޖަލައިލޭ" ފަދަ މީހުން މުފޫހި ފިލުވައިދޭނެ ލަވައެއް ކަމަށެވެ.

މި ހަފްތާތެރޭގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މިލަވައިގެ ކޮރިއޯގްރާފަރަކީ ގަނޭޝް އަޗަރްޔާއެވެ.

ފިލްމްގެ ޕްރޮޑިއުސަރ އަޖޭ ކަޕޫރު ބުނެފައިވަނީ މި ލަވައިގެ ޓްރެކް އަޑުއިވުމުން އެންމެ ފުރަތަމަވެސް ވިސްނާފައިވަނީ މަލައިކާ ލައްވާ މި ލަވަ ކުޅުވަން ކަމަށާއި އެލަވަ ކުޅުމަށް މަލައިކަގެ ގާތުން އެދުމުން އެކަމާ ވަރަށް އުފާވެ ވަގުތުން އެއްބަސް ވެފައިވާ ކަމަށެވެ.

މަލައިކާ ވަނީ "ދިލްސޭ"، "ދަބަންގް2"، "ކާލް" އަދި "ހައުސްފުލް2" ގައި އައިޓަމް ސޯންގް ކުޅެފައެވެ.

ދެބެންގެ ދެމެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ ޗަރަން ސިންގް ޕާތިކް ލިޔެފައިވާ ހެއްވާ މަޖާ ވާހަކަ އެއްގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ.

ތަރިންގެ ގޮތުގައި ސަނާޔާ މަލޯތުރާ، ރަދިކާ މާޑަން، ސުނިލް ގްރޯވާ އަދި ފެނިގެންދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2019

މަލައިކާގެ ކައިވެންޏާއި ގުޅޭ ގޮތުން ކުރީގެ ފިރމީހާ ދިން ޖަވާބު ވަރަށް ތަފާތު!

31 މާރިޗު 2019
މަލައިކާގެ ކައިވެންޏާއި ގުޅޭ ގޮތުން ކުރީގެ ފިރމީހާ ދިން ޖަވާބު ވަރަށް ތަފާތު!
29 މާރިޗު 2019

މަލައިކާ ރާއްޖެގައި، ފޮޓޯއަށް ކޮމެންޓް ނުކޮށް އަރުޖުންއަށް ނުހުރެވުނު

29 މާރިޗު 2019
މަލައިކާ ރާއްޖެގައި، ފޮޓޯއަށް ކޮމެންޓް ނުކޮށް އަރުޖުންއަށް ނުހުރެވުނު
28 މާރިޗު 2019

އަރްޖުން އާއި މަލައިކާ ކައިވެނި ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ބޮނީ ކަޕޫރު ދޮގުކޮށްފި

28 މާރިޗު 2019
އަރްޖުން އާއި މަލައިކާ ކައިވެނި ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ބޮނީ ކަޕޫރު ދޮގުކޮށްފި
04 ޑިސެމްބަރު 2018

އަރުޖުން އާއި މަލައިކާގެ ގުޅުމާއި ބެހޭގޮތުން ބޮޑުބޭބެ އަނިލް ދިން ޖަވާބަކީ މިއީ

04 ޑިސެމްބަރު 2018
އަރުޖުން އާއި މަލައިކާގެ ގުޅުމާއި ބެހޭގޮތުން ބޮޑުބޭބެ އަނިލް ދިން ޖަވާބަކީ މިއީ
18 ނޮވެމްބަރު 2018

އަރުޖުން އާއި އޮންނަ ގުޅުމާއި ގުޅޭގޮތުން މަލައިކާ ދިން ޖަވާބަކީ މިއީ!

18 ނޮވެމްބަރު 2018
އަރުޖުން އާއި އޮންނަ ގުޅުމާއި ގުޅޭގޮތުން މަލައިކާ ދިން ޖަވާބަކީ މިއީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު