Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޤާނޫނެއް ހަދާނަން: އިބޫ

22 އޯގަސްޓު 2018 | ބުދަ 18:12

ހައުސިން ލޯނުްތަކުގެ އިންޓްރެސްޓް 6 އިންސައްތައަށް ކުޑަކުރާނަން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 22 އޯގަސްޓު 2018 | ބުދަ 18:12
ނ. މިލަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަދައްކަވަނީ

ނ. މިލަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަދައްކަވަނީ

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއްގެ ގޮތުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ޤާނޫނެއް ހައްދަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ތާއީދުު ހޯއްދެވުމަށް އަތޮޅުތަކަށް ކުރައްމުން ގެންދަވާ ދަތުރުފުުޅުތަކުގެ ތެރެއިން ނ. މިލަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ގިނަ ދަތުރުކުތަކެއް ކުރެއްވި އިރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ ބޯހިޔާވެހިކަމުގެ މައްސަލަ ކަމަށެވެ. ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދަވައިދެއްވާނެކަމަށް ވެވަޑައިގަންނަވާ ވައުދު ތަކުރާރުކުރައްވަމުން އިބޫ ވިދާޅުވީ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ޤާބިލްކަން ދައުލަތުގައި އެބަހުރި ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނެ ގޮތްތައް ވެސް އެބަހުރިކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ސޯޝަލް ހައުސިން ނުވަތަ ބޯހިޔާވެހިކަމެއް ނެތި، އެ ތަނަވަސްކަން ނެތް ފަރާތްތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އިބޫ ވިދާޅުވީ ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމްކަމެއްގެ ގޮތުގައި ހަދައި، އެކަން ކުރުމަށް ހާއްސަ ޤާނޫނެއް ހައްދަވާނެ ކަމަށެވެ. އަދި އެއަށް ފަހު ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެއް އުފައްދަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތަނަވަސްކަން ނެތް ފަރާތްތަކަށް އަގު ހެޔޮކަމާ އެކު، ލުއި ފަސޭހަ ގޮތުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ގޮތުން ފައިސާ ދެއްކުމަށް ފަސޭހަ ގޮތްތަކެއް ހައްދަވާނެ ކަމަށެވެ. އަދި ހައުސިން ލޯނުްތަކުގެ އިންޓްރެސްޓް ހައެއް އިންސައްތައަށް ކުޑަކުރައްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.

"އިޖުތިމާއީ ރައްކާތެރިކަން ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭނަން. ހުރިހާ ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދޭނަން. ރައްޔިތުން ގައިން ތާހިރުނުވެ ކުރާނެ ތަރައްްގީއެއް ނޯންނާނެ. އިންސާފަކީ ގަނެވިއްކާނެ އެއްޗެއްގެ ގޮތުގައި އޮވެ ކުރާނެ ތަރައްޤީއެއް ނޯންނާނެ. އަމިއްލަ ރަށުގައި ބޯހިޔާވެހިކަމެއް ނެތި ކުރާނެ ތަރައްޤީއެއް ނޯންނާނެ،" އިބޫ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ފަހު ޤާއިމްކުރާނީ ރައްޔިތުންގެ ވެރިކަމެއްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެ ވެރިކަމެއްގައި ބަސްބުނާ ބަޔަކަށް ވާނީ ރައްޔިތުން ކަމަށެވެ. އަދި ރަށްރަށަށް ތަރައްޤީ ގެންނަވާނީ ހަމަހަމަކަމާ އެކުގައި ކަމަށާއި، އެކަމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ. އަދި ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުދުމަތްތައް ކަމުގައިވާ، ފެނާއި، ނަރުދަމާ ފަދަ ހިދުމަތްތައް ރަނގަޅު ފެންވަރަކަށް ފޯރުކޮށްދިނުމަށް ކަމަށް އިބޫ ވިދާޅުވިއެވެ.

މިލަދޫއަށް ދިމާވެފައިވާ މައްސަލަތައް ވެސް ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުން އިބޫ ވިދާޅުވީ ރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް، ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. އަދި ފުޓްސަލް ދަނޑެއްް އެޅުމުގެ ނަމުގައި އެ ރަށުގައި ވެސް ހަޑިތަކެއް ހާވައިފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެ ރަށުގައ ރަނގަޅު ފެންވަރެއްގެ ފުޓުބޯޅަ ދަނޑެއް ހައްދަވައިދެއްވާނެ ކަމަށެވެ.

"މިލަދޫގައި ކުޅޭނީ ފުޓްސަލެއް ނޫން، ފުޓުބޯޅަ" އިބޫ ވިދާޅުވިއެވެ.

އިންސާފު ޤާއިމްކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން އިބޫ ވަނީ ނާއިންސާފުން އަނިޔާ ލިބެމުންދާ ހުރިހާ ފަރާތްތައް މިނިވަންކޮށް، އާއިލާއާ އެކު އުޅުމުގެ ފުރުސަތު ވެރިކަމުގެ ފުރަތަމަ ދުވަހު ދެއްވާނެ ކަމަށް ވެވަޑައިގަންނަވާ ވައުދު ތަކުރާރުކުރައްވާފައެވެ. އަދި އެއްވެސް ރައްޔިތެއްގެ މައްޗަށް އަނިޔާވެރި ނުވާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ދައުލަތުގެ ފައިސާގެ ލޯލާރިއެއްގައި ވެސް ނުޖެހޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް