Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

މުސްލިމް ކިޑްސް ޓީވީ ރާއްޖޭގައި އުރީދޫ އިން ތައާރަފުކޮށްފި

”މުސްލިމް ކިޑްސް ޓީވީ“ އަކީ ކުޑަކުދިންނަށް ޚާއްޞަ އިސްލާމީ ކޮންޓެންޓް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްލެޓްފޯމް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 އޯގަސްޓު 2018 | އަންގާރަ 09:02
މުސްލިމް ކިޑްސް ޓީވީ ރާއްޖޭގައި އުރީދޫ އިން ތައާރަފުކޮށްފި

މުސްލިމް ކިޑްސް ޓީވީ ރާއްޖޭގައި އުރީދޫ އިން ތައާރަފުކޮށްފި

އަޟްހާ އީދުގެ އުފަލުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމީ ރިވެތި އުސޫލުތައް އުނގަންނައިދޭ ކުޑަކުދިންނަށް ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށް، ދިވެހި އާއިލާތަކާއި ހަމައަށް ”މުސްލިމް ކިޑްސް ޓީވީ“ އުރީދޫ އިން ގެނެސްދީފިއެވެ.

ކެނެޑާގެ ކުންފުންޏަކުން އިސްނަގައިގެން ހިންގާ ”މުސްލިމް ކިޑްސް ޓީވީ“ އަކީ ކުޑަކުދިންނަށް ޚާއްޞަ އިސްލާމީ ކޮންޓެންޓް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. މުސްލިމް ކިޑްސް ޓީވީ މެދުވެރިކޮށް ކުޑަކުދިންނާއި ގުޅޭ، އިންޓަރެކްޓިވް ތަޖުރިބާތަކެއް ކުރެވިގެންދާނެއެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް ޚިދުމަތްތަކަކީ:

  • ކީރިތި ޤުރުއާން ކިޔަވައި، ހިތުދަސްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ޤުރުއާން ރިސައިޓޭޝަން ބަޑީ
  • އެތައް ސަތޭކަ އިސްލާމީ ވީޑިއޯ ތަކާއި އެނިމޭޝަންތައް
  • ކުޑަކުދިންގެ ހުނަރުތައް ހަރުދަނާކޮށްދޭ މަޖާ ގޭމްތައް
  • ކުދިންގެ ތަފާތު އަމިއްލަ އުފެއްދުންތައް، އެކި ޤައުމުތަކުގެ ކުދިންނާއި ހިއްސާ ކޮށްލެވޭ ކްރިއޭޓް އެންޑް ޝެއަރ ޕްލެޓްފޯމް
  • ކުލަޖައްސާ ޕޭޖުތައް، އެކްޓިވިޓީ ފޮތްތައް އަދި ގޭތެރޭގައި ހަރުކުރެވޭ ޕޯސްޓަރު ފަދަ ޕްރިންޓް ކުރެވޭ ރިސޯސްތަކާއި، ވަރކްޝީޓް

މި ޕްލެޓްފޯމު މެދުވެރިކޮށް އިސްލާމީ ތައުލީމު ހޯދުމުގައި ކުޑަކުދިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭ އެތައް ހާސް ޑިޖިޓަލް ރިސޯސްތަކެއް ބެލެނިވެރިންނަށާއި ޓީޗަރުންނަށް ލިބިގެންދާނެއެވެ.

"އުރީދޫގެ ޓީމްގެ ފަރާތުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޟްހާ އީދުގެ ތަހުނިޔާ އާއި މުބާރިކްބާދު ދަންނަވަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުންތެރި އަދި އާންމު ދިރިއުޅުމުގައި ފައިދާކުރާނެ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް، އުރީދޫ އިން ވަރަށް ބޮޑު އަޙަމިއްޔަތުކަމެއްދޭ. މިގޮތުން، މިއަދު ދިވެހީންނާއި ހަމައަށް މިގެނެސްދެނީ ވަރަށް ޚާއްސަ، އަދި އަޅުގަނޑުމެންގެ ހިތްތަކާއި ނުހަނު ގާތް ޚިދުމަތެއް. މުސްލިމް ކިޑްސް ޓީވީ އަކީ ގިނަ ތަޖުރިބާކާރުންގެ ރުހުން ލިބިފައިވާ، ބައިނަލްއަޤްވާމީ އެޑިއުކޭޝަނަލް ރިސޯސް އެއް. އަޅުގަނޑުމެންގެ އުއްމީދަކީ، މި ޕްލެޓްފޯމަކީ ބޭނުންތެރި އަދި އިސްލާމީ އުސޫލުތައް އުނގެނުމަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުކޮށްދޭ ޚިދުމަތަކަށްވުން." އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

މުސްލިމް ކިޑްސް ޓީވީ ބޭނުންކުރުމަށް ތިން ޕެކޭޖެއް ކަނޑައެޅިފައިވާއިރު، ބޭނުންވާ ކީވޯޑް ޖެއްސެވުމަށްފަހު 5858 އަށް އެސްއެމްއެސް ކުރެއްވުމުން، ފަސޭހަމާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އެ ޕްލެޓްފޯމްގެ ޚިދުމަތް ހޯއްދޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ކީވޯޑް މުއްދަތު އަގު ޕެކޭޖް “GO MKTVD” 1 ދުވަސް 3ރ މުސްލިމް ކިޑްސް ޓީވީ 1 ދުވަހުގެ ޕެކޭޖް “GO MKTVW” 7 ދުވަސް 15ރ މުސްލިމް ކިޑްސް ޓީވީ 1 ހަފްތާގެ ޕެކޭޖް “GO MKTVM” 30 ދުވަސް 60ރ މުސްލިމް ކިޑްސް ޓީވީ 1 މަހުގެ ޕެކޭޖް

މުސްލިމް ކިޑްސް ޓީވީގެ ވެބްސައިޓް www.muslimkidstv.com މެދުވެރިކޮށް ނުވަތަ އެޕް ސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ޑައުންލޯޑް ކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
26 ފެބުރުއަރީ 2017

އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި

26 ފެބުރުއަރީ 2017
އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު