Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫ އާއި އަޅުގަނޑު ދައުލަތު ފައިސާއެއްގައި ނުޖެހޭނަން: ފައިސަލް

20 އޯގަސްޓު 2018 | ހޯމަ 12:45

ފުވައްމުލަކުގެ އަށް އަވަށުގެ ރައްޔިތުން ވަނީ މަރުޙަބާ ދެންނެވުމުގައި ބައިވެރިވަޑައިގެންފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 20 އޯގަސްޓު 2018 | ހޯމަ 12:45
މަރުޚަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވި ބައެއް ރައްޔިތުންނާއި އެކު ފައިސަލް

މަރުޚަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވި ބައެއް ރައްޔިތުންނާއި އެކު ފައިސަލް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާން ދައުލަތުގެ ފައިސާއެއްގައި ނުޖެހޭނެ ކަމަށް އިބޫގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް އުފަން ރަށަށް ހޯމަ ދުވަހު ވަޑައިގެންނެވިއިރު، މަރުހަބާ ކިޔުމަށްޓަކައި އެ ސިޓީގެ އަށް އަވަށުން ނުކުމެތިބި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާން ވިދާޅުވީ އިބޫ އަށް ވޯޓްދޭންވީ ގައުމުގެ ބައިތުލްމާލުން އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމުގެ 100 ޕަސެންޓްގެ ޔަގީންކަމެއް އެމަނިކުފާނަން އޮންނާތީ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އިބޫ އާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތުން ތެވެރިކަމާއި އަމާނާތްތެރިކަމާއި އެކު ދައުލަތުގެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަޑައިނުގަންނަވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އިބޫއަށް ވޯޓް ދޭންވީ ގައުމުގެ ތަރައްގީކޮށް، ގައުމުގެ ބައިތުލް މާލުގެ އެންމެ ޑޮލަރެއްގައި ވެސް އެމަނިކުފާން ޖެހިވަޑައިނުގަންނަވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެމަނިކުފާނުގެ 25-30 ވީ އަހަރަގެ މާޒިން ދައްކާދީފަ އޮތީމަ، އަޅުގަނޑުމެން ވަނީ ރައްޔިތުންނަން ތެދުވެރިކަމާއި އަމާނަތްތެރިކަމާއި އެކީ ތިބޭފުޅުންނާއި އެކީ ގާތުން މަސައްކަތް ކުރާނެ ކަމުގެ ވައުދު މި ވަނީ މާތް ވެގެންވާ ޙައްޖު ދުވަހު މާތް ﷲ ގަންދީ ހުވާކޮށް" ފައިސަލް ދޫނޑިގަމް އެމްޑީޕީގެ ހަރުގޭގައި ހުންނަވާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ޕީޕީއެމްއަށް ތާއިދު ނުކުރާ ރައްޔިތުން ވެސް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫއަށް ވޯޓްދޭންވީ އުންމީދުން ފުރިފައިވާ ދުވަސްތަކެއް ގެނެއުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ. މިއަދު ފުވައްމުލަކުގައި ތިބި ރައީސް ޔާމީނަށް ތާއިދު ކުރައްވާ ރައްޔިތުންވެސް ބިރު ފަހަނާ އަޅާ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކޮށް ނުކުތުމަށް ފައިސަލް ގޮވާލެއްވިއެވެ.

އެއާޕޯޓުން ފައިސަލްއަށް ދަންނަވާފައި ރަތްދޫލައިގެ ހޫނު މަރުޙަބާއެއް

"ވަޒީފާގެ ބިރުވެރިކަމުގައި އޮތް 34 ދުވަސް ހަދާން ނައްތާލަންވީ، ވަޒީފާ ގެއްލޭ ޙައްގު ގެއްލޭ ކޮންމެ ފަރާތަކަށް ﷲ އިރާދަކުރެއްވިއްޔާ ނޮވެމްބަރ 18 ވަނަ ދުވަހަކީ އެ ވަޒީފާތަށް އެ ފަރާތަކަށް އަނބުރާ ލިބިގެންދާ ދުވަސް" ފައިސަލް ވިދާޅުވިއެވެ.

ފުވައްމުލަކު ރައްޔިތުންނައި ބައްދަލުކުރެއްވުމަށް ފަހު އެ ސިޓީގައި ދޮރުން ދޮރަން ކެމްޕެއިން ފައިސަލް ފައްޓަވާފައި ވަނީ އެމަނިކުފާންގެ އުފަން އަވަށް ކަމަށްވާ ފުނާޑުންނެވެ. އެ މަނިކުފާން ފުވައްމުލަކުގައި ހޭދަކުރައްވާ ދެ ދުވަހު ރައްޔިތުންގެ ހާލު ބެއްލެވުމުގެ ގޮތުން އެ ސީޓީގެ އަށް އަވަށުގެ ގޭގެއަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ހޯމަ ދުވަހު ފުނާޑުގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރުން ކެމްޕެއިންގެ ތެރެއިން

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިނުން ފެނިގެން ރައްޔިތުންގެ މޫނު މަތިން އުފާވެރި ހިނިތުންވުމެވެ. ސެޕްޓެމްބަރު 23 އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، ނައިބު ރައީސްކަށް ލިބިވަޑައިގެންނެވި ފުވައްމުލަކަށް ނިސްބަތްވާ ދެ ވަނަ ބޭފުޅަކަށް ފައިސަލް ވެގެންދާނެ އެވެ. ފުވައްމަލަކަށް ނިސްބަތްވާ އެންމެ ފުރަތަމަ ނައިބު ރައީސް އަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް