ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 11:41
ހައްޖުގެ އަޅުކަމުގައި
ހައްޖުގެ އަޅުކަމުގައި
ރާއްޖެ އެމްވީ
ހައްޖު 1439
ހައްޖުގެ އަޅުކަމުގައި މި އަހަރު 2 މިލިއަން މީހުން މައްކާގައި
އެއް މިލިއަން ފިރިހެނުން ހައްޖުގެ އަޅުކަމުގައި ބައިވެރިވޭ
ހަތް ލައްކަ ފިރިހެނުން ބައިވެރިވޭ

ހައްޖުގެ އަޅުކަން ކުރުމަށް ގާތްގަނޑަކަށް މިލިއަން މީހުން  މައްކާއަށް ގޮސްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ އަޅުކަމަށް މީހުން ޖަމާވެފައިވާ އިރު އޭގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ ފިރިހެނުންނާއި ހަތް ލައްކަ އަށް ވުރެ އަންހެނުން ހިމެނެ އެވެ. 

ހައްޖުވެރިން މައްކާގައި

ހައްޖުގެ އަޅުކަން ފަށާފައި ވަނީ އާދީއްތަ ދުވަހު އެވެ. ހުރިހާ ހައްޖުވެރިން މިނާގައި ތިބުމަށް ފަހު މިއަދު ވަނީ އަރަފާތު ބިމަށް ޖަމާވެފަ އެވެ. 

 

މައްކާ

މައްކާގެ ހޫނުމިން ހުރީ 40 ޑިގްރީގަ އެވެ. 

ހައްޖުގެ އަޅުކަމަށްފަހު މާދަމާއަކީ އަލްހާ ޢީދު ދުވަހެވެ.  އަލްހާ ޢީދު ދުވަހު އުލްހިޔާ ކަތިލުން އޮންނާނެއެވެ.

މިދިޔަ 25 އަހަރުގެ ތެރޭގައި 54 މިލިއަން މީހުން ވަނީ ހައްޖުގެ އަޅުކަން ކުރުމަށް މައްކާއަށް ގޮސްފައެވެ. ގާތްގަނޑަކަށް 140،00 އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓް ވަނީ ހައްޖުވެރިން ގޮވައިގެން ދަތުރުކޮށްފައެވެ. އަދި ހައްޖުގެ އަޅުކަމުގެ ދުވަސްވަރު 21000 ބަސް އެކި ތަންތަނަށް ދިނުމަށް ބޭނުން ކުރަމުންދެއެވެ.

ހައްޖުވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ސައުދީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިދިޔަ އަހަރުތަކުގައި ތަފާތު ނުރައްކާތެރި ހާދިސާތައްވެސް ހިނގާފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރުގައި ހަރަމްފުޅު ތެރެއަށް ކެރޭނެއް ވެއްޓީ 111 މީހުން ވަނީ މަރުވެފައެވެ. ހަމައެއަހަރު މިނާގައި ތޮއްޖެހިގެން 2000 ހަށްވުރެ ގިނަ މީހުން މަރުވިއެވެ.  

 
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް