އިތުރަށް ލިބުނު ކޯޓާގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ މީހުން ފިޔަވައި އެހެން ހުރިހާ ދިވެހި ހައްޖުވެރިން މިނާއަށް ގޮސްފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އިތުރު ކޯޓާގައި ހައްޖަށް ދިޔަ 355 މީހުން މިނާއިން އަރަފާތު ބިމަށް ދިއުމުގެ ދަތުރު ފަށާނީ ރާއްޖޭގެ ގަޑިން މިއަދު 11:30 ގައި ކަމަށެވެ.
އަމިއްލަ ކުންފުނިތަކުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން ވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް މައުލޫމާތު ލިބެ އެވެ.
އަރަފާތު ބިމުގައި ވަގުތު ކޮޅެއް ހޭދަކުރުމަކީ ހައްޖުގެ އެންމެ މުހިންމު އަޅުކަމެވެ. ހަރަފާތު ބިމަށް ނުދެވިއްޖެ ނަމަ ހައްޖެއް ނުލިބޭނެ އެވެ.
އަރަފާތުގައި ތިބުމަށް ފަހު މިރޭ ހައްޖުވެރިން ދާނީ މުޒުދަލިފާ އަށެވެ. މުޒުތަލިފާގައި ރޭކުރުމަށް ފަހު، އެނބުރި މިނާއަށް ގޮސް ތިން ދުވަހު ޖަމްރާއަށް ހިލަ އުކާނެ އެވެ.
މި އަހަރު ރާއްޖެ އަށް ފުރަތަމަ ލިބުނީ 1000 ކޯޓާ އެވެ. ނަމަވެސް ފަހު ވަގުތު އިތުރު 1000 ކޯޓާ ލިބުނު ނަމަވެސް، އެ ހުރިހާ ކޯޓާއަށް މީހުން ހައްޖަށް ނުދެވުނެވެ.