Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ވިއްކާނެ ސިޔާސަތެއް ނެތި މަރުފަލި ޖަހަނީ!

ހުރިހާ ރައްޔިތުން ވެސް އެންމެ އިންތިޒާރުކުރަމުންދަނީ ވާދަކުރާ ކެންޑިޑޭޓުން ވިއްކާނެ ސިޔާސަތުތައް ދެނެގަތުމަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2018 | ބުދަ 03:37
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު ހުރިހާ ރައްޔިތުން ވެސް އެންމެ އިންތިޒާރުކުރަމުންދަނީ ވާދަކުރާ ކެންޑިޑޭޓުން ވިއްކާނެ ސިޔާސަތުތައް ދެނެގަތުމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިއްކަން ނުކުމެވަޑައިގެން ހުންނެވީ "ޖަޒީރާ ރާއްޖެ" ސިޔާސަތެވެ. އެމަނިކުފާނާ ވާދަކުރައްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިހާބުގައި ވިއްކަވާނެ ސިޔާސަތުތައް އޮތީ އަދިވެސް ސަޕްރައިޒެއްގެ ގޮތުގައެވެ.

ސަޕްރައިޒް މެނިފެސްޓޯއަކާ އެކު އިންތިހާބަށް ރައީސް ޔާމީން ނުކުމެވަޑައިގަންނަވާއިރު އެމަނިކުފާނު ވިސްނުން ހުރީ އަމިއްލަ ސިޔާސަތުތަކެއް ވިއްކުމުގެ ބަދަލުގައި އިދިކޮޅުން ނެރޭ ސިޔާސަތުތަކަށް ފާޑުކިޔައި އިދިކޮޅު ފަރާތްތަކަށް ބަހުގެ ހޫނު ހަމަލާތައް ދެއްވުމަށެވެ. ކަންވާނީ ވެސް އެހެންތާއެވެ. އިންތިހާބަށް 40 ދުވަހަށް ވެފައިވާއިރު ވެސް މެނިފެސްޓޯ ސަޕްރައިޒެއްގެ ގޮތުގައި ބާއްވަން ޖެހިފައި އޮތީ މެނިފެސްޓޯގައި ހިމަނާނެ، ވިއްކޭނެ ފަދަ ސިޔާސަތުތަކެއް ނެތުނީމައެވެ. އެމަނިކުފާނު ސޭލު އަޅުވައިގެން ވިއްކެވި ނަމަވެސް އެ ސިޔާސަތުތައް ގަންނާނެ ބަޔަކު ނެތެވެ.

ރައީސް ޔާމީންގެ ކެމްޕެއިނުގައި އެމަނިކުފާނު އެންމެ ބާރަށް ވިދާޅުވާ ވާހަކައަކީ ކޮންކްރީޓު ތަރައްގީގެ ވާހަކައެވެ. އެއް ރަށުގައި ބްރިޖުގެ ވާހަކަ ދައްކަވައިފި ނަމަ އަނެއް ރަށުގައި ދައްކަވަނީ ދަަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކައެވެ. މޮޅެތި އިނގިރޭސި ބަސްތައް ވިދާޅުވެ އަމިއްލަފުޅަށް "ރައީސް ޔާމީން" އޭ ވިދާޅުވެ، ގެންނަވާ ތަރައްގީގެ ވާހަކަ ދައްކަވާއިރު މިފަދަ އިމާރާތްތައް ބިމުން މައްޗަށް އުފުލިގެންދިޔަ ގޮތް ގިނަ ދިވެހިންނަށް ވަރަށް ސާފެވެ. ކޮންސެޝަނަލް ލޯނުގެ ބަދަލުގައި ކޮމާޝަލް ލޯނު ނަންގަވައިގެން މިފަދަ ބޮޑު ބިނާތައް އެޅިގެން ދިޔައިރު އެބިނާތައް އެޅުމަށް ހަރަދުވި ހަރަދުގެ ތެރެއިން އިހުމާލުވެފައި ހުރީ ކިތައް މިލިއަން ރުފިޔާއަކަށް ކަމެއް އެނގޭކަށް ނެތެވެ.

ބައެއް މީހުން ބުނާތީ އަޑުއިވެނީ އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަން މިފަދަ މަޝްރޫއުތަކުގެ އަޑީގައިވާ ކަމަށެވެ. އެފަދަ ވާހަކަތައް ވެސް ދެކޭވެނެތާއެވެ. މި ދައްކަނީ ދިވެހި ތާރީހުގައި ވެސް ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އެސަރުކާރެއްގައި ހިނގި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ވާހަކައެވެ.

ކޮންމެ ގޮތަކަށް އެޅި ނަމަވެސް މިއަދު އެބްރިޖާއި ހޮސްޕިޓަލާއި ދެން ޖެހުނު އިމާރާތެއް ވެސް އެހުރީ ނިމިފައެވެ. ރައީސް ޔާމީން ދެން ދައްކަވަނީ ބްރިޖު މަތީގައި ޒުވާނުން އަވަހަށް ކައިވެނި ކުރަން އަންނަޖެހޭ ވާހަކައެވެ. އައްޑޫގައި އުޅޭ މީހާ ވެސް ސިލޯނަށް ދެވޭ ވަރަށް ހަރަދު ކުރުމަށް ފަހު ޓިކެޓް ނަގައިގެން މާލެއަށް އަންނަވީ ބްރިޖު މަތީގައި ކައިވެނިކުރަންށެވެ. ސަރުކާރުން ހުރިހާ ހަރަދެއް ވެސް ބަލަހައްޓާނެއެވެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ބްރިޖު މަތީގައި ކުރާ ކައިވެންޏަށް ފައިނޭންސްކުރާ ވާހަކަ ދައްކާއިރު ކޮންމެ ދުވަހަކު މާލޭގެ އެކި މަގުތަކުގައި ބޭސް ފަރުވާއަށް ސަލާން ޖަހާ އެތައް ބަޔަކު އުޅޭކަން މަނިކުފާނަށް އެނގިވަޑައި ނުގަންނަވަނީތޯއެވެ.

އަމިއްލަ ސިޔާސަތެއް ނެތުމުން ވެރިކަމުގެ ފަސް އަހަރު ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ބިނާކުރެވުނު ބިނާތަކުގެ ވާހަކަ ކޮންމެ ރަށަކަށް ވަޑައިގެން ދެއްކެވުން ނޫން ގޮތެއް ރައީސް ޔާމީނަކަށް ނެތެވެ. ސަޕްރައިޒް މެނިފެސްޓޯގައި އޮތީ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން މެޓީރިއަލްތައް ބަދަލުކޮށްގެން ބޭނުންކުރުމެވެ. އަދިވެސް މާޒީގެ ވާހަކަ ދެއްކުމެވެ. އިދިކޮޅު ކެންޑިޑޭޓަށް ބަހުގެ ހަމަލާތައް ދެއްވުމެވެ.

ކައްޕި ހުންނެވި އޮޑީގައި ތިބި ފަޅުވެރިންގެ އަމަލުތައް ވެސް ހުރީ މިހެންނެވެ. ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުންނާއި އެގްރޫޕްގެ ލީޑަރު ވެސް ކައްޕިއަށް ވިއްކާނެ ސިޔާސަތެއް ނުދެއްކުމުން ދެން ޖެހެނީ ރޭސް ޖަހާ އަނެއް އޮޑިން ކުރާ ކަންކަމަށް ފާޑުކިޔާށެވެ. އެމީހުން ވެސް އެކަންކަން އެކުރަނީ ކޮންމެހެން ކުރަން ބޭނުންވެގެނެއް ނޫނެވެ. ކޮންމެއަކަސް އަނެއް އޮޑީގެ ފަޅުވެރިން އެއޮޑީގައި ކައްޕިގެ އިރުޝާދުގެ ދަށުން އަމާން ބަނދަރަކަށް ދަތުރުކުރަމުންދާއިރު މި އޮޑީގައި ހުރި ކައްޕިއަށް އިރުޝާދު ނުދެވޭނަމަ މަރުފަލި ވެސް ޖަހާނެއެވެ. އަދި ވަކި ހިސާބަކުން އޮޑިން ފުންމާލާނެއެވެ. ބުއްދި ހަމަނުޖެހޭ މަދު ފަޅުވެރިޔަކު ފިޔަވާ އެހެން އެއްވެސް ފަޅުވެރިޔަކު ފެތޭ އޮޑިއެއްގެ ރިޔާ ދަށު ނުވާނެއެވެ.

ރައީސް ޔާމީން އަރިހުގައި 2013ގެ އިންތިހާބުގައި ތިއްބެވި ބޭފުޅުން މާކެޓް ކުރެއްވީ އިކޮނޮމިސްޓެއް ގޮތުގައެވެ. އެބޭފުޅުން ވެސް މިއަދު ކައްޕި ހުންނެވި އޮޑި ނުބައި މިސްރާބަކަށް ދާން ފެށުމުން އޮޑިން ފުންމަވާލައްވައިފިއެވެ. އަމިއްލަފުޅަށް މިހާރު ވެސް ތިމަންމަނިކުފާނަކީ އިކޮނިމިސްޓެކޭ ވިދާޅުވުން ނޫން ޕްރޮޑަކްޓެއް ނެތެވެ. އައު ޕްރޮޑެކެޓެއް ނެތެވެ. އަދި މިހާތަނަށް އައު ކަމެއް ކެމްޕެއިންގައި ކުރެވިފައެއް ނެތެވެ. ހުސް ދައްކަވަނީ ވެނިމިފައިވާ ކަންކަމުގެ ވާހަކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދުލްއިންސާފު ނެތި ގައުމު ފާލުން ނެއްޓުން!

އަދުލްއިންސާފު ނެތި ގައުމު ފާލުން ނެއްޓުން!

30 ޖޫން 2018
ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
ޕޯލާ ބެއާގެ ނަސްލު ނެތިގެންދަނީ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހޭ

ޕޯލާ ބެއާގެ ނަސްލު ނެތިގެންދަނީ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހޭ

11 ޑިސެމްބަރު 2017
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017
ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

07 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު