Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ނޮޅިވަރަމްގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކޯލިޝަން ސަރުކާރުން ހިންގާނެ: އިބޫ

14 އޯގަސްޓު 2018 | އަންގާރަ 12:00

ނަރުދަމާގެ ނިޒާމް ރައީސް ޔާމިން ހުޅުއްވައިދެއްވި ނަމަވެސް އޭގެ ޚިދުމަތް ރައްޔިތުންނަށް ނުލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޯގަސްޓު 2018 | އަންގާރަ 12:00
އިބޫ ނޮޅިވަރަމްއަށް ވަޑައިގަތުމުގެ ތެރެއިން

އިބޫ ނޮޅިވަރަމްއަށް ވަޑައިގަތުމުގެ ތެރެއިން

ހދ. ނޮޅިވަރަމްއަށް ބޭނުންވެފައި ހުރި ކަންތައްތަކެއް އެބަހުރި ކަމަށާއި، ކޯލިޝަންގެ ސަރުކާގައި ތަރައްގީގެ ގިނަ މަޝްރޫއުތައް އެރަށުގައި ހިންގާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ހދ. އަށް މިހާރު ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަތޮޅު ނޮޅިވަރަމަށް ވަޑައިގެން އިބޫ ވިދާޅުވީ ނޮޅިވަރަމްގައި ގާއިމްކުރި ނަރުދަމާގެ ނިޒާމް ނިމި ރައީސް ޔާމިން ކުލަ ގަދަ ރަސްމިއްޔާތެއްގައި ހުޅުއްވައިދެއްވާފައިވާ ކަމަށާއި، ނަމަވެސް އޭގެ ޚިދުމަތް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ. އިބޫ ވިދާޅުވީ ގޭގެއަށް ނަރުދަމާގެ ހޮޅިއެއް ގުޅިފައި ނެތް ކަމަށާއި، ކޯލިޝަންގެ ސަރުކާރުގައި އެޚިދުމަތް ފުރިހަމަ ކޮށްދޭނެ ކަމަށެވެ.

Advertisement - newsAdvertisement

އިބޫ ވިދާޅުވީ ބޯފެނާއި ނަރުދަމާއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޯލިޝަން ސަރުކާރުގައި ލިބޭނެ ޚިދުމަތެއްގެ ގޮތުގައި މެނިފެސްޓޯގައި ބަޔާންކޮށްފައި އޮންނާނެ ކަމަށާއި، އެގޮތުން ނޮޅިވަރަމް ރައްޔިތުންނަށް ވެސް ތާޒާ ބޯފެން ލިބޭނެ ކަމަށެވެ.

ނޮޅިވަރަމްގެ ބަނދަރު ހަދާ ނިމިފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ބަނދަރުގެ ބޭނުން ވެސް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ބޭނުން ނުކުރެވޭ ކަމަށެވެ. މިމައްސަލައަށް ވެސް ކައުންސިލްގެ މަޝްވަރާ ދަށުން ހައްލު ހޯދަދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިރަށަށް އައިރު ވެސް ބަނދަރު ހެދުމުގެ ނޫނީ މަރާމާތު ކުރުމުގެ މަންޒަރު ފެނިގެންދިޔައީ. އެހެންނަމަވެސް އެކަން ކުރެވެމުން މިދަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ރަށުގެ ކައުންސިލުންނާއި ބައެއް ރައްޔިތުން އަޅުގަނޑުމެންނަށް އެބަ ވިދާޅުވެދެއްވާ. އިރާދަކުރެއްވިޔާ އަޅުގަނޑުމެން ވެރިކަމެއްގައި ކައުންސިލްއާ މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލާއެކު ބަނދަރަށް ގެންނަން ޖެހޭ ބަދަލެއް ގެނެސް ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން އެބަ ދެން" އިބޫ ވިދާޅުވިއެވެ.

މީގެ އިތުރަށް އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ނޮޅިވަރަމްއިން ދޫކޮށްފައިވާ 170 ގޯތީގެ ތެރެއިން ބައެއް ގޯތި ނިމިފައި ހުރި ނަމަވެސް އެސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިނުވާ ކަމަށާއި، ނަމަވެސް ކޯލިޝަންގެ ވެރިކަމުގައި މިސަރަހައްދު ތަރައްގީ ކުރާނެ ކަމަށެވެ. އަދި ނޮޅިވަރަމް ރައްޔިތުން ބޭނުންވަނީ ގޯތިތޯ ނުވަތަ ފްލެޓްތޯ ބެލުމަށްފަހު އެންމެ ރަނގަޅު ގޮތަށް މިމަޝްރޫއު ވެސް ކުރިއަށް ގެންދާނެ އިބޫ ވިދާޅުވިއެވެ.

ތައުލީމީ ގޮތުން އިންގިލާބީ ބަދަލުތަކެއް ގެންނާނެކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ނޮޅިވަރަމް ސްކޫލުގެ ކިޔަވައިދިނުން ވެސް އެއްދަންފަޅިއަކަށް ބަދަލުކޮށް އައު ކުލާސް ރޫމްތައް އަޅައިދޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ ޒުވާނުންނަށް ޚާއްސަކޮށް ތަރައްގީ މަޝްރޫއުތައް ހިންގާނެ ކަމަށާއި، އެގޮތުން ޒުވާނުން މުނިފޫހިފިލުވުމަށް ކުޅިވަރު ކުޅެވޭ ގޮތަށް ދަނޑުތައް ހަދައިދޭނެ ކަމަށެވެ.

މީގެ އިތުރަށް އިބޫ ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށަށް ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރާނެ ކަމަށާއި، ނޮޅިވަރަމްއަށް ގެސްޓްހައުސް ވިޔަފާރިކުރެވޭނެ ގޮތަށް ވެދެވެން ހުރި އެހީތައް ވެދޭނެ ކަމަށެވެ. އަދި އެރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވި ވެހިކަލް ދުއްވަން ފަސޭހަ ރަށަކަށް ބަދަލުކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކޯލިޝަން ސަރުކާރުގައި އަތޮޅުތެރޭގެ ރަށްރަށަށް ޚާއްސަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު މި މަޝްރޫއުތައް ކުރިއަށް ގެންދާނީ ކައުންސިލް ފުރިހަމަ އެއްބާރުލުމާއެކު އެރަށެއްގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް