Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއަމާނާ ތަކަފުލް

އަމާނާ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި

14 އޯގަސްޓު 2018 | އަންގާރަ 09:57

ފައިދާގެ ގޮތުގައި ހިއްސާ ދާރުންނަށް ހިއްސާއެއްގެ މޫނުމަތީ އަގުގެ %7.5 ދިނުމަށް ވަނީ ނިންމާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 އޯގަސްޓު 2018 | އަންގާރަ 09:57
އަމާނާ ތަކަފުލްގެ 2017 ވަނަ އަހަރީ ޖަލްސާގެ ތެރެއިން

އަމާނާ ތަކަފުލްގެ 2017 ވަނަ އަހަރީ ޖަލްސާގެ ތެރެއިން

އަމާނާ ތަކަފުލް (މޯލްޑިވްސް) ޕީއެލްސީ އިން 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ވިޔަފާރީގެ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ނިންމައިފިއެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާގެ ގޮތުގައި ހިއްސާ ދާރުންނަށް ހިއްސާއެއްގެ މޫނުމަތީ އަގުގެ %7.5 ދިނުމަށް ވަނީ ނިންމާފައެވެ.

ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 2018 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހާ ހަމައަށް 9.7 މިލިއަން ދިވެހިރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ 2017 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހާ އަޅާބަލާއިރު 102 އިންސައްތައިގެ ކުރިއެރުމެކެވެ.

މައިގަނޑު (ތަކަފުލް) ކްލާސްތަކުން ލިބުނު ކުރިއެރުމާ އެކު ކުންފުނީގެ ގްރޮސް ރިޓްން ޕްރީމިއަމް (ޖުމްލަ އާމްދަނީ)ގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު ފާހަގަ ކުރެވޭ ވަރުގެ ބޮޑު ކުރިއެރުމެކެވެ.

އެކިއެކި ހާދިސާތަކުގައި ގެއްލުން ލިބުނު ބައިވެރިންނަށް ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 23.1 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ބައިވެރިންނަށް ބަދަލު ދިނުމަށް ފަހު ރިސްކް ފަންޑަށް ވަނީ 137 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. ކުންފުނީގެ ހިއްސާދާރުންގެ ފަންޑު ވެސް ވަނީ 2017 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 92 އިންސައްތަ އިތުރުވެފައެވެ. ކުރިއެރުން ލިބިފައި ވަނީ އިންވެސްޓްމަންޓްތަކާއި އަދި އެހެނިހެން އާމްދަނީ އިތުރުވެގެން ދިއުމުގެ ސަބަބުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި ހަމައެކަނި ތަކަފުލް ޚިދުމަތްދޭ އަމާނާ ތަކަފުލް އިން ހިފަހައްޓަމުންދާ އުސޫލީ މިންގަނޑުތަކަކީ ކުންފުނީގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރު ކަމަށާއި ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކަށް 'ސާޕްލަސް' އާއި ހިއްސާދާރުންނަށް ވިޔަފާރި ފައިދާ 2011 ވަނަ އަހަރު ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރެވުނު ހިސާބުން ދަނީ ކެނޑިނޭޅިދެމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހުމަށް ނިންމާފައިވަނީ 30 އޯގަސްޓް ވަނަ ދުވަހާ ހަމައަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
31 މެއި 2017

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި
16 މެއި 2017

އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި

16 މެއި 2017
އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި
15 މެއި 2017

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

15 މެއި 2017
އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ
28 އެޕްރީލު 2017

ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

28 އެޕްރީލު 2017
ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި
24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
20 އެޕްރީލު 2017

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

20 އެޕްރީލު 2017
ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
14 މާރިޗު 2017

ހިއްސާއަކަށް 20 ރުފިޔާ ބަހަން ބީއެމްއެލް ގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި

14 މާރިޗު 2017
ހިއްސާއަކަށް 20 ރުފިޔާ ބަހަން ބީއެމްއެލް ގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް