Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

އޯގާވެރި ކަމާއި އިންސާފު ހޯއްދެވުމަށް އިބޫ އަށް ވޯޓު ދެއްވާ: އަލީ ހުސައިން

އިބޫގެ ކިބައިގައި އެ ހުރިހާ ސިފައެއް ހުންނެވިކަން ފާހަގަ ކުރެއްވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 އޯގަސްޓު 2018 | ހޯމަ 20:03
ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އަލީ ހުސެއިން ވާހަކަދައްކަވަނީ

ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އަލީ ހުސެއިން ވާހަކަދައްކަވަނީ

އުފާވެރިކަމެއް ރައްޔިތުންނަށް ހޯދޭނީ އެއިރެއްގައި އޮންނަ ސަރުކާރެއްގައި އޯގާވެރި ކަމާއި އިންސާފު އޮވެގެން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ 13 ރަށަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި ކެމްޕޭން ޓީމުން ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ކުޅުފުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އޯގާވެރި ކަމާއި އިންސާފު ނެތް ރައީސަކަށް، އޯގާވެރި ކަމާއި އިންސާފު ނެތް ސަރުކާރަކަށް ރައްޔިތުންނަށް ހޯދައިދެވޭނެ އެއްވެސް އުފާވެރި ކަމެއް ނޯންނާނެ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕިގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ގެ ކިބައިގައި އެހުރިހާ ސިފައެއް ހުންނެވި ކަން އަލީ ހުސައިން ވަނީ ފާހަގަ ކުރައްވާފައެވެ.

އަލީ ހުސައިން ވިދާޅުވީ އިބޫ އަކީ ވަރަށް އޯގާތެރި ބޭފުޅެއް ކަމަށާއި އެގޮތުން ކޯލިޝަންގައި މަސައްކަތް ކުރައްވާ އެކި ޕާޓީތަކަށް ނިސްބަތްވާ ތަފާތު ޚިޔާލު ތަކުގެ މެންބަރުންގެ މެދުގައި އުފެދޭ ގިލަން ވެރިކަމާއި، އާހާއި، އަނިޔާވެރި ކަމާއި ދެކޮޅަށް މަސައްކަތް ކުރާއިރު އުފެދޭ މައްސަލަތައް އޯގާވެރި ކަމާއެކު އެކު ހައްލުކޮށްދެއްވާ ބޭފުޅަކީ އިބޫކަމަށެވެ. އިބޫ އަޑު އުފުއްލަވާ ރުޅި އިސްކުރައްވާ އެއްޗެއް ވިދާޅުވާ އަޑެއް ދުވަހަކުވެސް އަހާފައި ނުވާ ކަމަށާއި ކޯލިޝަން ގިނަ ދުވަސް ތަކެއް ވަންދެން ދެމި އޮތުމުގެ ސިއްރަކީ ހަގީގަތުގައި އިބޫ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ވަކި ޕާޓީ އަކަށް ނިސްބަތް ވުމުން ތަފާތު ކުރައްވާފައި ނެތް ކަން ފާހަގަ ކުރައްވާ އަލީ ހުސައިން ވިދާޅުވީ ނޮވެމްބަރު މަހުގެ 17 ގައި ރައީސްކަމުގެ ހުވާ އިބޫ ކުރައްވައިފިނަމަ ދިވެހި ރައްޔިތުންނަށް ލިބިފައި ނުވާ އިންސާފު ޔަގީނުންވެސް ލިބޭނެ ކަމަށެވެ. ހަމަޖެހިގެން އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ނަމަ އަދި އިންސާފު ހޯއްދަވަން ބޭނުން ކަމުގައި ވާނަމަ އިބޫއަށް ވޯޓު ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޔާމީނަށް އިޝާރާތް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ބޮޑު ތިލަދުންމަތީގެ ތިން ދާއިރާއެއް އަނިޔާވެރި ސުނާމީ އަކުން ގިރުވާލާފައި ހުންނެވި ރައީސަކަށް ރައްޔިތުންނަށް ހޯދައިދެވޭނެ އުފާވެރި ކަމެއް ނޯންނާނެ ކަމަށެވެ. އެގޮތުން އިހަވަންދޫ ދާއިރާއާއި، ދިއްދޫ ދާއިރާ ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ އަޑު ކަނޑުވާލާފައިވާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ވެސް ރާއްޖެގޭ 80 ހާސް ރައްޔިތުންގެ އަޑު ކަނޑުވާލައްވަފައި ހުންނެވި އަނިޔާވެރި ވެރި އަކަށް ރައްޔިތުންނަށް ހޯއްދަވާއިދެއްވޭނެ އެއްވެސް އުފާވެރިކަމެއް ނޯންނާނެ ކަމަށްވެސް އަލީ ހުސައިން ވަނީ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު