Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިންޑޮނޭޝިއާ

ފްލައިޓް ވެއްޓުމުގެ ހާދިސާގައި ސަލާމަތްވީ 12 އަހަރުގެ ކުޑަ ކުއްޖާ އެކަނި!

ފްލައިޓުން ދަތުރުކުރަމުން ދިޔައި ދެ ޕައިލެޓުންނާއި ހަތް ޕަސެންޖަރުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 އޯގަސްޓު 2018 | ހޯމަ 14:36
އިންޑޮނޭޝިއާ އާއި އަދިވެސް ބައެއް ގައުމުތައް ހިމެނޭ މެޕެއް

އިންޑޮނޭޝިއާ އާއި އަދިވެސް ބައެއް ގައުމުތައް ހިމެނޭ މެޕެއް

އިންޑޮނޭޝިއާގެ ޕްރޮވިންސެއް ކަމަށްވާ ޕަޕުއާގައި ކުޑަ ކޮމާޝަލް ފްލައިޓެއް ވެއްޓުމުގެ ހާދިސާގައި މަރުނުވެ ސަލާމަތްވީ 12 އަހަރުގެ ކުޑަ ކުއްޖެއް ކަމަށް އޮފިޝަލުން އާދީއްތަ ދުވަހު ބުނެފައެވެ.

އެ ފްލައިޓުން ދަތުރުކުރި މީހުންގެތެރެއިން 12 އަހަރުގެ ކުޑަ ކުއްޖާ ފިޔަވައި، ބޯޓުން ދަތުރުކުރި އަށް މީހަކު ވަނީ މަރުވެފައެވެ.

ސްވިޓްޒަލޭންޑުގައި އުފައްދަފާއިވާ ޕައިލޭޓަސް ޕީސީ-6 އަކީ އެއް އިންޖީނުލީ ކުޑަ ފްލައިޓަކަށްވާއިރު، އެ ފްލައިޓަކީ ޑައިމޮނިން އެއާރ އިން އޮޕަރޭޓް ކުރާ ފްލައިޓެކެވެ. އެ ފްލައިޓް ގެއްލުނު ކަމަށް ރިޕޯޓުކޮށްފައި ވަނީ ބޮވްން ޑިގަލް ޑިސްޓްރިކްޓްގެ ޓަނަ މެރަ އިން ޕެގުނަންގަން ބިންޓަންގް ޑިސްޓްރިކްޓްގެ ވެރިރަށް އޮކްސްބިލް އަށް ކުރި ދަތުރުގައެވެ. ފްލައިޓް ކުރަމުން ދިޔައީ 45 މިނެޓުގެ ދަތުރެކެވެ. އޮފިޝަލުން ބުނެފައި ވަނީ ބޯޓު ވެއްޓުނީ އޮކްސިބިލް އެއާރޕޯޓު ކައިރިއަށް ކަމަށެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މަރުނުވެ ސަލާމަތްވި ކުއްޖާ އަކީ ނަމަކަށް "ޖުމައިދީ" ކިޔާ ކުއްޖެކެވެ. އަދި އެ ކުއްޖާ ވަނީ އޮކްސިބިލްގެ ހޮސްޕިޓަލަކަށް ގެންދެވިފައި ކަމަށް ރިޕޯޓުތައް ބުނާއިރު، އޮފިޝަލުން ބުނެފައި ވަނީ މަރުނުވެ ސަލާމަތްވި ކުއްޖާގެ ހޭހުރި ކަމަށެވެ. އަދި އިތުރު ތަފްސީލެއް އޮފިޝަލުން ނުދެއެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި

30 އޯގަސްޓު 2017
މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި
13 އޯގަސްޓު 2017

އުމުރުން 91 އަހަރުގެ އަންހެނަކު ބެޗްލަރސް ޑިގްރީ ހާސިލް ކޮށްފި

13 އޯގަސްޓު 2017
އުމުރުން 91 އަހަރުގެ އަންހެނަކު ބެޗްލަރސް ޑިގްރީ ހާސިލް ކޮށްފި
09 އޯގަސްޓު 2017

"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

09 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި
30 ޖުލައި 2017

ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީވުމަށް އާމިރު ގޮވާލައިފި

30 ޖުލައި 2017
ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީވުމަށް އާމިރު ގޮވާލައިފި
06 ޖުލައި 2017

16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި

06 ޖުލައި 2017
16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު