Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

އެހެންދީނެއް ގެންނަ ވާހަކަ ޔާމިން ދައްކަވަނީ ޤާނޫނު އަސާސީގައި އޮތް އެއްޗެއް ހަނދުމަފުޅު ނެތީމަ: މާރިޔާ

13 އޯގަސްޓު 2018 | ހޯމަ 10:09

ޤާނޫނު އަސާސީގައި އޮންނާނެ ކޮންމެ ދިވެއްސަކީ އިސްލާމަކަށް ވާން ޖެހޭނެޔޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 އޯގަސްޓު 2018 | ހޯމަ 10:09
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ރާއްޖެއަށް އިސްލާމްދީން ނޫން އެހެންދީނެއް ނުގެންނާނެ ކަމަށް ކަނޑައެޅިގެން ބުނެފައި ނުވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަނީ ރާއްޖޭގެ ޤާނޫނު އަސާސީގައި ލިޔެފައި އޮތް އެއްޗެއް އެމަނިކުފާނު ހަނދުމުފުޅު ނެތުމުން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހްގެ ތަރުޖަމާން، މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ނޫން ބޭފުޅަކު ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވައިފި ނަމަ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު އޮވެދާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި އިސްލާމްދީން ނޫން އެހެންދީނެއް ރާއްޖޭގައި ނޯންނާނެ ކަމަށް ކަނޑައެޅިގެން ބުނެފައި ނުވާ ކަމަށް ރައީސް ޔާމީނާއި ޕީޕީއެމްގެ އިސްބޭފުޅުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެ ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މާރިޔާ ވިދާޅުވީ އިސްލާމް ދީން ނޫން އެހެން ދީނެއް ރާއްޖޭގައި ނޯންނާނެ ކަމަށް ޤާނޫނު އަސާސީގައި ސާފު ސަރީޙަ އިބާރާތުން ބުނެފައިވާ ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ޢަމަލްކުރަން ޖެހޭނީ ސީދާ އެ ޤާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ލިޔެފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮންމެ ސިޔާސީ ޕާޓީއެއްގެ އަސާސީ ޤަވާއިދުގައި ވެސް އިސްލާމްދީން ނޫން އެހެން ދީނެއް ރާއްޖޭގައި ނޯންނާނެ ކަމަށް ސާފުކޮށް ލިޔެފައިވާއިރު އެނޫން ގޮތަކަށް ޢަމަލެއް ނުކުރެއްވޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި އެހާ ސާފުކޮށް ލިޔެފައިވަނިކޮށް އެފަދަ ގޮތަކަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ ޤާނޫނު އަސާސީގައިވާ އެއްޗެއް ހަނދުމަފުޅު ނެތުމުން ކަމަށެވެ. އަދި އެމަނިކުފާނު އެހެން ވިދާޅުވާ ނަމަ އެވިދާޅުވެވެނީ ވެރިކަން ކުރައްވާއިރު ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ނުހިއްތަވާނެކަން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ވަރަށް އަވަހަށް ނެރޭނެ ކަމަށާއި އެމެނިފެސްޓޯގައި އިސްލާމްދީނާ ގުޅޭ ގޮތުން ވާހަކަތައް ލިޔެފައި ހުންނާނެ ކަމަށެވެ. ޚާއްޞަކޮށް އެ ސިޔާސަތު ލިޔުމުގައި ގުޅިފައިވާ ޕާޓީތަކުގައި ހިމެނޭ އަދާލަތު ޕާޓީގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"ކޮންމެ ސިޔާސީ ޕާޓީއެއްގެ އަސާސީ ޤަވާއިދުގައި ވެސް އޮވޭ، އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ވެސް އޮންނާނެ ސާފުކޮށް ލިޔެފަ އަޅުގަނޑުމެންގެ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެކަން. އެއީ އަސާސީ ޤަވާއިދުގައި އަސާސެއް ގޮތަށް އަޅުގަނޑުމެން ލިޔެފައިވާ ކަމެއް. ޤާނޫނު އަސާސީގައި ވެސް ވަރަށް ސާފުކޮށް އޮވޭ ކޮންމެ ދިވެއްސަކު ވާން ޖެހޭނީ އިސްލާމެއް ކަމަށް. އަދި ދައުލަތަކީ ވެސް އިސްލާމް ދީން ކަމާއި އިސްލާމީ ޝަރީއަތައް ތަބާވާ ބައެއް ކަމަށް އަޅުގަނޑުމެންނަކީ. މިހާ ސާފުކޮށް ޤާނޫނުގައި ކަނޑައެޅިފައި އޮންނަ ކަމެއް. ހަޤީގަތުގައި ވެދާނެ ރައީސް ޔާމީން އެހެން އެވިދާޅުވަނީ އެމަނިކުފާނަކީ ޤާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅަކަށް ނުވާތީ ކަމަށް،" މާރިޔާ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް މި ހަފުތާގައި ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތަކަށް ވެގެންދާނީ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ދީނީ ސިޔާސަތަކަށް ވާނީ ދިވެހިރާއްޖޭގައި ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން. އެގޮތުން ސައްޙަ އިސްލާމީ އަޤީދާއެއްގެ މަތީގައި މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ކުރާނަން. އެއީ އެކަން ވާން ޖެހޭނެ ގޮތަކީ. ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތެއް ނުދެވޭނެ. އެއީ ރައްޔިތުން ޤަބޫލު ވެސް ކުރައްވާނެ ކަމެއް ނޫން. އަދި އަޅުގަނޑުމެން އެއްވެސް މީހަކު ވެސް ޤަބޫލުކުރާނެ ކަމެއް ނޫން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެކަން އެގޮތަށް ކުރުމަށްޓަކައި ރައްޔިތުން އިތުބާރު ކުރައްވާ ދީނީ އިލްމުވެރިންގެ މަޝްވަރާ ހޯއްދަވާނެ ކަމަށެވެ. އަދި ޚާއްޞަކޮށް އެކަމުގައި ގުޅިފައިވާ ޕާޓީތަކުގައި ހިމެނޭ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންނާއި ރައީސް މައުމޫނުގެ މަޝްވަރާ ހޯއްދަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ތައްޔާރު ކުރަމުންދާ ކަމަށާއި ދާދި އަވަހަށް އެ މެނިފެސްޓޯ ހާމަވެގެންދާއިރު މިހާތަނަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ މެނިފެސްޓޯއަކަށް އެމެނިފެސްޓޯ ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު ވެސް މިދަނީ ރާއްޖޭގައި ތިއްބެވި ރައްޔިތުން އިތުބާރުކުރައްވާ، ރައްޔިތުން ޤަބޫލުކުރައްވާ ދީނީ ޢިލްމުވެރިންނާ މަޝްވަރާކޮށްގެން ދީނީ ސިޔާސަތުތައް އެކުލަވާލަމުން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އެއް ޕާރޓްނަރަކީ، އަދި ގުޅިފައިވާ ޕާޓީތަކުގެ އެއްބައިވެރިއަކީ އަދާލަތު ޕާޓީ. އަދާލަތު ޕާޓީއަކީ ވަރަށް ގިނަ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޕާޓީއެއް. އެޕާޓީގައި އެބައޮވޭ ދީނީ އިލްމުވެރިންގެ މަޖިލީހެއް. އެމަޖިލީހުގެ މަޝްވަރާގެ އަލީގައި، އަދި އެބަހުންނެވި ރައީސް މައުމޫން ވެސް. ރާއްޖޭގައި ހުންނެވި ދީނީގޮތުން ކުރިއަރާފައިވާ އެއްބޭފުޅާ. އެބޭފުޅުންގެ ވިސްނުމުގެ އަލީގައި އަޅުގަނޑުމެން މިގެންދަނީ އެސިޔާސަތުތައް ބައްޓަންކުރަމުން. އިރާދަކުރެއްވިއްޔާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ ހާމަވެގެންދާއިރު މިއަދާ ހަމައަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތެއް ލިޔެވިފައި އޮތް މެނިފެސްޓޯއެއް ފެނިގެންދާނެ. އޭގެ ނަތީޖާއަކަށް އިރާދަކުރެއްވިއްޔާ އެމެނިފެސްޓޯ ވެގެންދާނީ ރާއްޖޭގެ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ފެނިގެން ދިއުން. އެއީ އަޅުގަނޑުމެންގެ ދީނީ ސިޔާސަތު އެކުލެވިގެންވާ ގޮތަކީ،" އިބޫ ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް