Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު ވެގެންދާނީ މިހާތަނަށް ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތަކަށް: އިބޫ

11 އޯގަސްޓު 2018 | ހޮނިހިރު 17:59

އިސްލާމްދީން ނޫން އެހެންދީނަކަށް ރާއްޖެއިން ފުރުސަތެއް ނުދޭނަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 11 އޯގަސްޓު 2018 | ހޮނިހިރު 17:59
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ގުޅިފައިވާ ޕާޓީތަކުން ކުރާ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު ވެގެންދާނީ މިހާތަނަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތަކަށް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިބޫގެ ދީނީ ސިޔާސަތު ހާމަނުކުރައްވާ ކަމަށް ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް، ވިދާޅުވެފައި ވަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ޤަބޫލުކުރިތާ 800 އެތައް އަހަރެއް ވެއްޖެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތަކަށް ވެގެންދާނީ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ ދީނީ ސިޔާސަތަކަށް ވާނީ ދިވެހިރާއްޖޭގައި ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން. އެގޮތުން ސައްޙަ އިސްލާމީ އަޤީދާއެއްގެ މަތީގައި މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ކުރާނަން. އެއީ އެކަން ވާން ޖެހޭނެ ގޮތަކީ. ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތެއް ނުދެވޭނެ. އެއީ ރައްޔިތުން ޤަބޫލު ވެސް ކުރައްވާނެ ކަމެއް ނޫން. އަދި އަޅުގަނޑުމެން އެއްވެސް މީހަކު ވެސް ޤަބޫލުކުރާނެ ކަމެއް ނޫން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެކަން އެގޮތަށް ކުރުމަށްޓަކައި ރައްޔިތުން އިތުބާރު ކުރައްވާ ދީނީ އިލްމުވެރިންގެ މަޝްވަރާ ހޯއްދަވާނެ ކަމަށެވެ. އަދި ޚާއްޞަކޮށް އެކަމުގައި ގުޅިފައިވާ ޕާޓީތަކުގައި ހިމެނޭ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންނާއި ރައީސް މައުމޫނުގެ މަޝްވަރާ ހޯއްދަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ތައްޔާރު ކުރަމުންދާ ކަމަށާއި ދާދި އަވަހަށް އެ މެނިފެސްޓޯ ހާމަވެގެންދާއިރު މިހާތަނަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ މެނިފެސްޓޯއަކަށް އެމެނިފެސްޓޯ ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު ވެސް މިދަނީ ރާއްޖޭގައި ތިއްބެވި ރައްޔިތުން އިތުބާރުކުރައްވާ، ރައްޔިތުން ޤަބޫލުކުރައްވާ ދީނީ ޢިލްމުވެރިންނާ މަޝްވަރާކޮށްގެން ދީނީ ސިޔާސަތުތައް އެކުލަވާލަމުން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އެއް ޕާރޓްނަރަކީ، އަދި ގުޅިފައިވާ ޕާޓީތަކުގެ އެއްބައިވެރިއަކީ އަދާލަތު ޕާޓީ. އަދާލަތު ޕާޓީއަކީ ވަރަށް ގިނަ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޕާޓީއެއް. އެޕާޓީގައި އެބައޮވޭ ދީނީ އިލްމުވެރިންގެ މަޖިލީހެއް. އެމަޖިލީހުގެ މަޝްވަރާގެ އަލީގައި، އަދި އެބަހުންނެވި ރައީސް މައުމޫން ވެސް. ރާއްޖޭގައި ހުންނެވި ދީނީގޮތުން ކުރިއަރާފައިވާ އެއްބޭފުޅާ. އެބޭފުޅުންގެ ވިސްނުމުގެ އަލީގައި އަޅުގަނޑުމެން މިގެންދަނީ އެސިޔާސަތުތައް ބައްޓަންކުރަމުން. އިރާދަކުރެއްވިއްޔާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ ހާމަވެގެންދާއިރު މިއަދާ ހަމައަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތެއް ލިޔެވިފައި އޮތް މެނިފެސްޓޯއެއް ފެނިގެންދާނެ. އޭގެ ނަތީޖާއަކަށް އިރާދަކުރެއްވިއްޔާ އެމެނިފެސްޓޯ ވެގެންދާނީ ރާއްޖޭގެ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ފެނިގެން ދިއުން. އެއީ އަޅުގަނޑުމެންގެ ދީނީ ސިޔާސަތު އެކުލެވިގެންވާ ގޮތަކީ،" އިބޫ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 މާރިޗު 2017

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
26 ފެބުރުއަރީ 2017

ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު

26 ފެބުރުއަރީ 2017
ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް