Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ހިތަދޫން އިބޫއަށް ޖަޒީރާ ބޮޑު ކެއުން

މިއީ އާންމުކޮށް ވަފުދުތަކަށް ހިތަދޫން ތައްޔާރުކުރާ "ބޮޑު ކެއުން"

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2018 | ބުދަ 12:24
ހިތަދޫ ޖަޒީރާ ބޮޑު ކެއުން

ހިތަދޫ ޖަޒީރާ ބޮޑު ކެއުން

ކެމްޕެއިން ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ދަތުރުތައް ކުރައްވަމުންނެވެ. އަތޮޅަކަށް ފަހު އަތޮޅަކެވެ. ރަށަކަށް ފަހު ރަށެކެވެ. ލ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ކޮންމެ ދުވަހަކު ހަތަރު ރަށަށް ވަޑައިގަތުމަށް ތާވަލްކޮށްފައި ވެއެވެ. ކޮންމެ ރަށަކަށް ވަޑައިގެން ހަމައެކަނި ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ފަހު ނިންމާލައްވަނީއެއް ނޫނެވެ. ރަށުގެ މުހިންމު ތަންތަނަށް ވެސް ވަޑައިގަންނަވައެވެ. ރައްޔިތުންނާއި ބައްދަލުކުރައްވައި ވަހަކަފުޅު ދައްކަވައެވެ. ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މެންދުރުގެ ފަރިއްކޮޅު ތައްޔާރުކުރައްވާފައި ވަނީ އެރަށުގައެވެ. އަބާދީގައި ގާތްގަނޑަކަށް 1200 މީހުން ދިރިއުޅެމުން އަންނަ ހިތަދޫގެ ރައްޔިތުން އިބޫ އަށް ތައްޔާރުކުރި "ފަރިއްކޮޅު" އެތައް ގޮތަކުން ތަފާތެއެވެ. އެމްޑީޕީން ނެރެފައިވާ "ޖަޒީރާ ރާއްޖެ"ގެ ތަސައްވަރުގައި ވާފަދަ ރަށްފުށުގެ ކެއުމެކެވެ. ހިތަދޫ މީހުން ކިޔައިއުޅެނީ "ބޮޑު ކޭން" އެވެ. މިފަހަރުގެ ކެއުން ހާއްސަ ވަނީ "ޖަޒީރާ ބޮޑު ކެއުން" އަށް ވުމުންނެވެ.

ހިތަދޫ ބޮޑުގައި ފަރިއްކޮޅު ތައްޔާރުކޮށްފައި ވަނީ އެ ރަށުގެ ބޮޑު މަގުގައެވެ. މޭޒު އަތުރާލާފައިވާއިރު ރަށުގެ ރައްޔިތުންނަން ކައްކާފައި އޮތުމަކޭ އެއްފަދައެވެ. ސުފުރާމަތީގައި ފަރިއްކޮޅުވަން ނެތް އެއްޗެއް ނެތެވެ. ފަލަމަޑީގެ ބާއްވަތްތަކާއި، ކަނޑު ކަކުންޏާއި، އިހި، އަދި ގޮންމަސް ފަދަ ތަކެތިން ވަނީ ސުފުރާތަމިން ފަޅުފިލުވާލާފައެވެ.

ހިތަދޫ ޖަޒީރާ ބޮޑު ކެއުން

"މިއީ މިރަށުގެ ރައްޔިތުންނަން އާ ކަމެއް ނޫން. މިފަދަ ވަފުދުތައް ވަޑައިގަންނަވާއިރު، އަޅުގަނޑުގެ "ބޮޑު" ކެއުން އަބަދު ވެސް ތަފާތުވާނެ. މިއަދުގެ ކެއުން މި ހާއްސަކުރީ ޖަޒީރާ ރައީސް އިބޫ އަށް" ހިތަދޫން ވާހަކަ ދެއްކެވި މީހަކު ބުންޏެއެވެ.

ފަރިއްކޮޅުގައި ގިނަ ވައްތަރުގެ ކާއެއްޗެހި ތައްޔާރުކޮށްފައިވާއިރު، އެމެންގެ ސަމާކުލަން ހުއްޓުނީ ހިތަދޫ ރައްޔިތުން ތައްޔާރުކޮށްފައިވާ ގޮންމަހާއި، ކަނޑު ކަކުނި އަދި އިއްސާއި ބޯވަޔާއި ފިހެފައިވާ ބޮޑު ރަތްމަހާއި ފިލޮޅުތަކަށެވެ.

"ގޮން މަސް ތައްޔާރުކުރާ ގޮތަކީ ބަނޑު ފަޅާލާފައި. މަސްތައް ވަކިން ނަގަނީ، ދެން ރީތިކޮށް ސާފުކޮށްލާފަ، މަސްތައް ކޮށާލާނީ، މަސްހުނި މޮޑެފަ، ގޮން މަހުގެ މަސްތައް މަސްހުންޏާ އެއްކޮށްލާނީ. ދެން ޖެހޭނީ ގޮނުގެ ތެރެއަށް މަސްހުނި އަޅާލާނީ. އަދި ހޫނު އަލިފާނުގައި މަސް ފިހެލަނީ" ގޮން މަސް ތައްޔާރުކުރާ ގޮތް ކިޔައިދެމުން އެރަށުގެ އަންހެނަކު ބުންޏެއެވެ.

ހިތަދޫ ޖަޒީރާ ބޮޑު ކެއުން

ދެން އޮތީ ކަނޑު ކަކުނީގެ ވާހަކައެވެ. އެއީ އެރަށުގެ ކުޅީގައި އުޅޭ ކަކުންޏެކެވެ. އެ ކަކުކުނި އެ މީހުން ކެއުމަށް ބޭނުންކުރާއިރު، ހިތަދޫ މީހުން ކިޔައި އުޅެނީ ފަލޫދައެވެ.

ކަނޑު ކަކުނި (ހިތަދޫ މީހުން ކިޔަނީ ފަލުދަ) އެއީ މި ރަށުގެ ކުޅީގައި އުޅޭ އެއްޗެއް، ކަކުނިތައް މެދުން ފަޅާލާ، ސާފުކުރުމަށް ފަހު ހޫނު ފެނުގައި ކައްކާ ރޯފިލުވާނީ،" ކަނޑު ކަކުނި ތައްޔާރުކުރާ ގޮތް ކިޔައިދިން ހިތަދޫ މީހަކު ބުންޏެއެވެ.

ދެން މިހެން ކިޔަންވެއްޖެއްޔާ އެތާނގައި ނެތް އެއްޗެއް ނެތެވެ. ފަލަމަޑީގެ ބާތްތަކާއި، ކުކުޅު ރިހަ އާއި ފަރުމަސް އަދި ހިކިމަސް ރިހަވެސް ހުއްޓެއެވެ. ތާފަތު އެކި ވައްތަރުގެ ބާވަތްތައް ތައްޔާރުކޮފައިވާ އިރު، ކުރުނބާ ފަނި ފަދަ ފަނިތައް ވެސް ހުއްޓެވެ.

ހިތަދޫ ޖަޒީރާ ބޮޑު ކެއުން

ކޮންމެއަކަސް ހިތަދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިތަދޫގައި ހޭދަކުރި ކުޑަ ވަގުތުކޮޅު އެބޭފުޅުންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. ރައްޔިތުންގެ ލޯބި ފެނިފައެވެ. އަމިއްލަ ރަށުން ލިބެން ހުރި އެއްޗެހި ބޭނުން ކޮށްގެން ތައްޔާރުކުރި "ޖަޒީރާ" ފަރިއްކޮޅުގެ ސަބަބުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު