Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ - އުތުރު ކޮރެއާ

އެއްބަސްވުމާއި އެއްގޮތަށް އުތުރު ކޮރެއާއިން އަމަލު ނުކުރޭ، ދަތިކުރުމުގެ ފިޔަވަޅުތައް ނެގޭނެ ގޮތެއް ނެތް: އެމެރިކާ

ޖޫން 12 ގެ އެއްބަސްވުމުގައި ވާ ގޮތުން އުތުރު ކޮރެއާއިން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލަން ޖެހޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2018 | ބުދަ 03:45
އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ޖޯން ބޯލްޓަން: އުތުރު ކޮރެއާއިން އެއްބަސްވި ގޮތަށް އަމަލު ނުކުރާކަމަށް ތުހުމަތު ކުރެއްވި

އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ޖޯން ބޯލްޓަން: އުތުރު ކޮރެއާއިން އެއްބަސްވި ގޮތަށް އަމަލު ނުކުރާކަމަށް ތުހުމަތު ކުރެއްވި

އެއްބަސްވެފައިވާ ގޮތަށް އުތުރު ކޮރެއާއިން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާނުލާ ކަމަށާއި، އެހެންކަމުން އެޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމަށް ދަތިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އެމެރިކާގެ ޓީވީ ޗެނަލް ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ބޯލްޓަން ވިދާޅުވީ އުތުރު ކޮރެއާއިން ސިންގަޕޯރ ސަމިޓްގައި އެއްބަސްވި ކަންތައްތަކަށް އަމަލުކުރަން ޖެހޭކަމަށެވެ. ޖޫން މަހުގެ 12 ވަނަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ ސިންގަޕޫރުގައި ބައްދަލުކުރައްވައި، އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ދެޤައުމުގެ ލީޑަރުން ފުރަތަމަ ފަހަރަށް ބޭއްވި މިބައްދަލުވުމުގައި އުތުރު ކޮރެއާއިން ވަނީ އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލާނެކަމަށް އެއްބަސްވެފައެވެ. އަދި ބަދަލުގައި އެމެރިކާއިން ވަނީ އުތުރު ކޮރެއާއާއި ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމަށް އެއްބަސްވެފައެވެ.

އެހެންނަމަވެސް މިބައްދަލުވުމަށްފަހު 2 މަސް ދުވަސްވެގެންދާއިރު، މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އުތުރު ކޮރެއާއިން އެޤައުމުގައި ހުރި ނިއުކްލިއަރ ޓެސްޓް ސައިޓްތަކެއް ނައްތާލިކަމަށް ބުނިނަމަވެސް، އަދިވެސް ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ގެންދާކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ. އެހެންކަމުން އެޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ އެއްވެސް ފިޔަވަޅަކަށް ލުޔުއް ދިނުމުގެ ވިސްނުމެއް އެމެރިކާގެ ނެތްކަމަށް ބޯލްޓަން ފާހަގަކުރެއްވިއެވެ.

ބޯލްޓަން ވިދާޅުވީ އަނެއްކާވެސް އިތުރު މަޝްވަރާތަކެއް ކުރެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އުތުރު ކޮރެއާގެ ޕިޔޮންގްޔަންގަށް ފޮނުވުމަށް އެމެރިކާއިން ނިންމާފައިވާކަމަށެވެ. އަދި އެވާހަކަ އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ރީ ޔޮންގް-ހޯ އަށް ނިމިދިޔަ ހަފްތާ ބަންދުގައި އަންގާފައެވެ. އަދި އިތުރަށް މަޝްވަރާކުރަން ޖެހިއްޖެނަމަ އުތުރު ކޮރެއާގެ ލީޑަރު ކިމް އާއި ބައްދަލުކުރެއްވުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުންނެވީ ތައްޔާރަށްކަމަށްވެސް ބޯލްޓަން ވިދާޅުވިއެވެ.

މީގެ އިތުރުން އުތުރު ކޮރެއާއިން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމުގެ މަސައްކަތް އެމެރިކާއިން ހިތްހަމަޖެހޭ ހަލުވިމިނެއްގައި ކުރިއަށް ނުގެންދާނަމަ، މިމައްސަލައިގައި އުތުރު ކޮރެއާގެ ސީރިއަސްކަމެއް ނެތްކަމަށް އެމެރިކާއިން ނިންމާ ހިސާބަށް ދާނެކަމަށް ވިދާޅުވެ، ބޯލްޓަން ވަނީ އިންޒާރު ދެއްވާފައެވެ. އުތުރު ކޮރެއާގެ މައްސަލައިގައި އެމެރިކާގެ ޚާރިޖިއްޔާއިން ޑިޕްލޮމެސީ އިސްކުރިނަމަވެސް، ހަނގުރާމައަށް ދިޔުމަށް އަބަދުވެސް އިސްކަން ދެއްވާ ބޯލްޓަންގެ ބަހަކީ ކޮރެއާ މައްސަލައިގައި ޓްރަމްޕްގެ އަރިހުގައި ވިކޭ ބަހެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު