Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހިސާންގެ އިލްތިމާސް: ބޮޑު އިންސައްތައަކުން ރައީސަކަށް ނޫނެކޭ ބުނި ފަހަރަށް ހަދަންވާނެ

5 އޯގަސްޓު 2018 | އާދީއްތަ 18:36

ޑިފެންސް މިނިސްޓަރު ޕްރޮޕެގެންޑާ ފަތުރާ ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 5 އޯގަސްޓު 2018 | އާދީއްތަ 18:36
ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން އެޖެންޓް، ހިސާން ހުސައިން ދިއްގަރުގައި ވާހަކަފުޅު ދައްކަވަނީ

ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން އެޖެންޓް، ހިސާން ހުސައިން ދިއްގަރުގައި ވާހަކަފުޅު ދައްކަވަނީ

އަންނަ ސެޕްޓަމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ ދުނިޔޭގައި ވެސް ރައީސަކަށް އެންމެ ބޮޑު އިންސައްތައަކުން ނޫނެކޭ ބުނި އިންތިހާބަށް ހަދަންވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން އެޖެންޓް، ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ވ. އަތޮޅާއި މ. އަތޮޅަށް ކުރަމުންދާ ދަތުރުގައި މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ނުކުމެ ތިބީ، ރައްޔިތުންނަށްޓަކާ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އިންތިހާބު ފަސް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި ހިސާން ވިދާޅުވީ އިންތިހާބު ފަސްކުރަން ރައްޔިތުން ފުރުަސަތު ނުދޭނެ ކަމަށެވެ.

Advertisement - newsAdvertisement

ގައުމީ ސަލާމަތަށް ނުރައްކަލެއް ބަޔަކު ކުރިމަތި ކުރަން އުޅޭ ކަމަށް ބުނެ، ފޭސްބުކް ސްޓޭޓަސްއެއް މެދުވެރިކޮށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އާންމު ކުރެއްވި ޕޯސްޓާ ގުޅިގެން ހިސާން ވިދާޅުވީ އެއީ އިންތިހާބު ފަސް ކުރުމަށް ހިންގެވި ޕްރޮޕެގެންޑާއެއް ކަމަށެވެ.

މަޝްހޫރު ގާނޫނީ ވަކީލު ހިސާން ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތަކުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކެއް ހުންނާނެ ކަމަށާއި އެގޮތުން އެފަދަ މައުލުމާތުތައް ގާނޫނު އަސާސީގެ 241 މާއްދާގައި ބަޔާން ކުރާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށާއި ވަޒީރުންނާއި އަސްކަރިއްޔާ ހިމެނޭ ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ. އަދި އެފަދަ ތަންތަނަށް އެ މައުލުމާތު ހިއްސާ ނުކުރައްވައި، ފޭސްބުކް ޕޯސްޓެއްގައި އެކަން އާންމު ކުރެއްވުމުގެ ހިސާން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ހިސާންގެ ވާހަކަފުޅު ނިންމަވާލައްވަމުން އެދިވަޑައިގެންނެވީ ދުނިޔޭގައި ވެސް ރައީސަކަށް އެންމެ ބޮޑު އިންސައްތައަކުން ނޫނެކޭ ބުނި އިންތިހާބަށް މިފަހަރުގެ ރިޔާސީ އިންތިހާބު ހަދައި، 23 ސެޕްޓެމްބަރަކީ ތާރީހީ ދުވަހަކަށް ހެއްދެވުމަށެވެ.

"23 ސެޕްޓެމްބަރު ދުވަހަކީ ތާރީހީ ދުވަހަކަށް ހައްދަވަން ވާނެ. އެންމެ ބޮޑު އިންސައްތައަކުން ނޫނެކޭ މުޅި ދުނިޔޭގައި ވެސް ރައީސުލްޖުމްހޫރިއްޔާއަކަށް ބުނި އަދަދުން، އިންސައްތައިން، ވޯޓުދީ، ރައީސް ޔާމީން ބަލިކޮށް، އަޅުގަނޑުމެން ރައްޔިތުން ބޯކޮށް ވޯޓު އަޅައި، އިންތިހާބު ކާމިޔާބު ކުރަންވާނެ،" ގުޅިފައިވާ ޕާޓީތަކު ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން އެޖެންޓް ހިސާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް