Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބް 2018

ފިނި ކޮޓަރީގައި ބޮޑާކަން މަތީ ސަރުކާރު ހިންގަން ނުތިބޭނަން: ފައިސަލް

23 ސެޕްޓެމްބަރުގައި މި އަނިޔާވެރިކަމަށް ނޫނެކޭ ބުނާނެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2018 | ހޯމަ 02:23
އިބޫގެ ރަނިންމޭޓް ފައިސަލް ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

އިބޫގެ ރަނިންމޭޓް ފައިސަލް ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ބޮޑާކަން މަތީ ފިނި ކޮޓަރީގައި ތިބެ ސަރުކާރު ހިންގުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ކޯލިޝަން ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އިބޫ އަށް ތާއިދު ހޯދާދެއްވުމަށް މ. ދިއްގަރުގައި އިދިކޮޅު ކޯލިޝަނުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް ހިންގާނީ ރައްޔިތުންގެ ގާތަށް ގޮސް ކަންކަން އޮޅުންފިލުވައިގެން ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރެއްގެ ގޮތުގައި ހުންނެވި އިބޫ ރާއްޖޭގެ ބައެއް ރަށްތަކަށް ވަޑައިގެން މިހާރުވެސް ކެމްޕެއިން ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ ގުޅިފައިވާ ސަރުކާރެއް އައުމަށް ފަހު ވެސް ކަންކަން ކުރަމުން ގެންދާނީ ރައްޔިތުންގެ ކިބައިން ހިޔާލާއި މަޝްވަރާ ހޯދައްވައިގެން ކަމަށެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ފުވައްމުލަކަށް އުފަން ފައިސަލް ވިދާޅުވީ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނުގެން ގުޅޭނެ ކަމަށެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމިނަށް އިތުރު ފުރުސަތެއް ދީފި ނަމަ މި ގައުމުގެ ރައްޔިތުން ބޭރުގެ ފަރާތްތަކުގެ އަޅުވެތިކަމަކަށް ދާނެ ކަމަށާއި ރާއްޖެ އޮތީ އިގުތިސާދީ ގޮތުން ވަކި ގައުމެއްގެ އަޅުވެތިކަމަށްދާ ހިސާބުގައި ކަމަށް ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ފައިސަލް ވިދާޅުވި އެވެ.

ދިއްގަރަށް ވަޑައިގެން ބައެއް މީހުންނާ ސަލާމް ކުރައްވަނީ

މި ސަރުކާރުން ރައްޔިތުނަށް ދޭ އަނިޔާ ހުއްޓުވަން ޖެހޭ ކަމަށާއި ބިރެއް ނެތި ވަޒީފާ އަދާކުރެވޭނެކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ނުހައްގުން ވަޒީފާއިން ވަކި ކުރި މީހުނަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ވަޒީފާ އަނބުރާ ހޯދަދޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ 23 ސެޕްޓެމްބަރުގައި ރައީސް އަބްދުﷲ ޔާމިންގެ "އަނިޔާވެރިކަމަށް" ރައްޔިތުން ނޫނެކޭ ބުނާނެކަން ޔަގީންވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް މައުމޫނު އަބްދުލް ގައްޔޫމް ޖަލުގައި އޮތުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި އިސްލާހީ މަސައްކަތްކުރާ ކޮންމެ މިހަކީ ޖަލު ގޮޅީގައި އޮންނަން ޖެހޭ މީހެއް ކަމަށް މި ސަރުކާރުން ވަނީ ހަދާފައި ކަމަށެވެ.

ފައިސަލް އާއި ކެމްޕެއިން ޓީމް ދިއްގަރުގައި:-ފައިސަލް ވިދާޅުވީ މި ސަރުކާރު ނިމޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް

ތަކުރާރުކޮށް ދައްކަން ޖެހެނީ މި ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ކަމަށާއި މުޅި ރާއްޖެއިން އިވެނީ އެ ވާހަކަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިއަކަށް ގެންނަން އުޅޭ މީހަކީ އަނިޔާވެރިއެއްތޯ ރައްޔިތުން މިއަދު ބަލަން ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ރައްޔިތުންނަށް ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު