Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމެގަން މާކަލް

މޭގަން މާރކެލް ކުރުކަމަށް ދައްކަނީ ކީއްވެ؟

4 އޯގަސްޓު 2018 | ހޮނިހިރު 15:27

އުސްފައިވާނަށް އަރައިގެން އުޅެނީ އެއްވެސް ހާސްކަމެއެއް ނެތި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 4 އޯގަސްޓު 2018 | ހޮނިހިރު 15:27
އިނގިރޭސީ ޝާހީ އާއިލާގައި މެގަންއަށް ވުރެ ހަމައެކަނި ކުރީ ކުއީން އެލިޒަބަތު

އިނގިރޭސީ ޝާހީ އާއިލާގައި މެގަންއަށް ވުރެ ހަމައެކަނި ކުރީ ކުއީން އެލިޒަބަތު

އިނގިރޭސީ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ހެރީ އާއި ކައިވެނި ބައްލަވައިގަތް ބަތަލާ މެގަން މާކަލް މާ ކުރުވަނީ ހެއްޔެވެ؟ އުސް އުސްފައިވާން ތަކަށް އަރައިގެން އުޅެން އުދަގޫވާއިރު ވެސް އެއްވެސް ހާސްވުމެއް މޫނުމަތިން ނުދައްކާ ފަރިތަކަމާއެކު އެއަށް އަރައިގެން އުޅޭތަން ފެންނަނީ ކީއްވެ ހެއްޔެވެ؟

ޖަވާބު ވަރަށް ކުރެވެ. "ހޮރިބަލް ބޮސެސް" ފަދަ ފިލްމުތަކާއި "ސުއިޓްސް" ޑްރާމާ ސިލްސިލާއިން ފެނިފައިވާ 37 އަހަރުގެ ބަތަލާ އާއްމު އިސްކޮޅުގެ މީހުންނާއި އަޅާ ބަލާއިރު ދިގެވެ. ނަމަވެސް އޭނާގެ ކައިވެންޏަށްފަހު ދިރިއުޅުން ބަދަލު ކުރި ޝާހީ އާއިލާއާ ކައިރީ އުޅޭއިރު އެމީހުންނާއި އަޅާބަލާއިރު ކުރެވެ. ރާނީ އެލިޒަބަތު ފިޔަވައެވެ.

ހަތަރު އިންޗީގެ ހީލްއަކަށް އަރާނަންތޯ މީހެއްގެ ކައިރީ އަހައިފިނަމަ އޭނާގެ ގައިން ހީބިހި ނަގާނެކަން ޔަގީނެވެ. ނަމަވެސް މެގަން އެއަށް އަރައިގެން އުޅޭއިރު، ފެންނަ މީހަކަށް ހީވާނީ އެއީ ފެންތައްޓެއް ބޯލުންހާ ފަސޭހަ ކަމެއް ކަމަކަށެވެ. އެ އަރާމީހުންގެ ފައިގާ ގަދައަށް ރިއްސާ ވާހަކާއި ހިނގަން އުނދަގޫ ވާހަކައާއި އަރިއަޅާލައިގެން ވެއްޓޭ ވާހަކަ ބުނެވެމުން ދިޔަނަމަވެސް އެ ކުޅަދާނަ ބަތަލާ ދަނީ ފިލްމު ކުޅުނުއިރު ދެއްކި ހުނަރަށްވުރެ މާ ކުޅާދާނަ ހުނަރެއް އެ ހީލްސްއަށް އަރައިގެން ދައްކަމުންނެވެ. ހިނގުމުގައި ނުފަރިތަކަމެއް ހަމަ ނެތީއެވެ.

މެގަން އެ ހަތަރު އިންޗީގެ ހީލްސަށް އަރައިގެން އުޅޭއިރު ވެސް ފާހަގަ ކުރެވޭކަމަކީ ކުރިން ވެސް ބުނިފަދައިން އޭނާ ޝާހީ އާއިލާގެ މީހުންގެ ކުރި މަތީގައި ކުރުކަމެވެ. މަޖުބޫރު ވެގެން ގޮސް ދިގު ހީލްސްއަށް އަރާފައި ހުންނައިރު ވެސް ފާހަގަ ކުރެވޭ ކަމަކީ ފިރިކަލުން ޕްރިންސް ހެރީއަށްވުރެ މާބޮޑުތަން ވެސް ކުރުކަމެވެ. 5 ފޫޓު 6 އިންޗި ހުންނަ މެގަން އެ ހީލްސްއަށް އަރައިގެން ހުންނައިރު ވެސް ޕްރިންސް ހެރީގެ މޫނުގެ މެދާ ހަމައަށް އަރަނީ ކިރިއާއެވެ.

ޝާހީ އާއިލާގެ ގިނަ މީހުންގެ އިސްކޮޅު 6 ފޫޓާ ގާތް ކުރާއިރު ޕްރިންސް ހެރީގެ އިސްކޮޅުގައި ހުންނީ 6 ފޫޓު 1 އިންޗިއެވެ. އަދި ޝާހީ އާއިލާގެ އެންމެ އިސްކޮޅުން ދިގު، ޕްރިންސް ހެރީގެ ބޭބެ ޕްރިންސް ވިލިއަމްސްގެ އިސްކޮޅުގައި ހުންނަނީ 6 ފޫޓު 3 އިންޗިއެވެ.

އެހެން ކަމުން މެގަން ކޮންމެހެން ދިގު ހީލްސްއަށް އަރާ އެހުންނަނީ ބޭނުން ވެގެން ނޫން ކަން އެނގެއެވެ، އޭނާ މާ ކުރީކީވެސް ނޫނެވެ. އެހެން މީހުން ހަމަ އިސްކޮޅުން ދިގީއެވެ.

އިތުރަށް ކިޔާލަން

19 މެއި 2018

ހެރީއާއި މޭގަން ކައިވެނި ކުރައްވައިފި

19 މެއި 2018
ހެރީއާއި މޭގަން ކައިވެނި ކުރައްވައިފި
10 އެޕްރީލު 2018

ރޯޔަލް ވެޑިން: ހެރީއާއި މޭގަން ބޭނުންވަނީ ޕާޓީގެ ހަދިޔާގެ ބަދަލުގައި ޗެރިޓީތަކަށް އެހީވާން

10 އެޕްރީލު 2018
ރޯޔަލް ވެޑިން: ހެރީއާއި މޭގަން ބޭނުންވަނީ ޕާޓީގެ ހަދިޔާގެ ބަދަލުގައި ޗެރިޓީތަކަށް އެހީވާން
26 މާރިޗު 2018

ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑު ދައްކާލައިފި

26 މާރިޗު 2018
ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑު ދައްކާލައިފި
26 މާރިޗު 2018

ޖަސްޓިންއާއި ސެލީނާ: ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟

26 މާރިޗު 2018
ޖަސްޓިންއާއި ސެލީނާ: ބްރޭކަކަށް ދާން ޖެހުނީ ކީއްވެ؟
10 ޖެނުއަރީ 2018

މޭގަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި

10 ޖެނުއަރީ 2018
މޭގަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
26 ޑިސެމްބަރު 2017

ހެރީ އާއި މޭގަންގެ އެންގޭޖްމަންޓް ފޮޓޯތައް އާންމުކޮށްފި

26 ޑިސެމްބަރު 2017
ހެރީ އާއި މޭގަންގެ އެންގޭޖްމަންޓް ފޮޓޯތައް އާންމުކޮށްފި
11 ޑިސެމްބަރު 2017

ޕްރިންސް ހެރީއާއި މޭގަންގެ ކައިވެންޏަށް 1.5 މިލިއަން ޕައުންޑް

11 ޑިސެމްބަރު 2017
ޕްރިންސް ހެރީއާއި މޭގަންގެ ކައިވެންޏަށް 1.5 މިލިއަން ޕައުންޑް
28 ނޮވެމްބަރު 2017

ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!

28 ނޮވެމްބަރު 2017
ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
01 މާރިޗު 2017

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

01 މާރިޗު 2017
އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް