Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫގެ އަހަރީ ދުވަސް

މުޅި މަހުގެ ތެރޭގައި އުރީދޫ އިން 13 އިންސައްތަ އިތުރު ޑޭޓާ!

މި އޮފަރ މެދުވެރިކޮށް ބޯނަސް ޑޭޓާ ލިބެނީ ވަކި ޑޭޓާ ޕެކްތަކަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 އޯގަސްޓު 2018 | ބުރާސްފަތި 17:23
އުރީދޫގެ އަހަރީ ދުވަހުގެ އޮފަރ

އުރީދޫގެ އަހަރީ ދުވަހުގެ އޮފަރ

އުރީދޫގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ މަގްބޫލް ޑޭޓާ ޕެކްތައް ޚިޔާރު ކުރުމުން 13 އިންސައްތަ އިތުރު ޑޭޓާ ލިބޭ ހާއްސަ އޮފަރއެއް ފަށައިފިއެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފަރ މެދުވެރިކޮށް ބޯނަސް ޑޭޓާ ލިބެނީ ޑޭޓާ 99، ޑޭޓާ 110، ޑޭޓާ 160، ޑޭޓާ 220، ޑޭޓާ 330، ޑޭޓާ 440 ނުވަތަ ޑޭޓާ 1100 ހިޔާރުކުރާ ކަސްޓަމަރުންނަށެވެ.

"ދިވެހިރާއްޖޭގައި އުރީދޫގެ 13 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު، މި އޮފަރ އަކީ އަޅުގަނޑުމެންނަށް މެދުކެނޑުމެއް ނެތި ހިތްވަރު ދެމުންދާ ލޮބުވެތި ކަސްޓަމަރުންނަށް ކުޑަ ހަދިޔާ އެއް. ފެށުނީއްސުރެ، ހަލުވި ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދިނުމަށް އުރީދޫ އިންދޭ އަހަމިއްޔަތުކަން، އަޅުގަނޑުމެންގެ ކަސްޓަމަރުން ގަބޫލުކޮށް އެކަމުގެ އަގުވަޒަން ކުރޭ. މުސްތަޤްބަލުގައި ވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ މި އަޒުމާއި އެކު، އެއްދުވަހުން އަނެއް ދުވަހަށް ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް އީޖާދީ އުފެއްދުންތައް ދިވެހިރާއްޖެ އަށް ފޯރުކޮށްދިނުމަށް" އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު ވިދާޅުވިއެވެ.

އޮފަރ މެދުވެރިކޮށް ބޯނަސް ޑޭޓާ ލިބޭ ޕެކޭޖްތަކުގެ ތަފްސީލް:

ބޯނަސް ޑޭޓާ އާއި އެކު ލިބޭ އެލަވަންސް ޑޭޓާ އެލަވަންސް ޑޭޓާ ޕެކް 622 އެމްބީ 550 އެމްބީ އުރީދޫ ޑޭޓާ 99 800 އެމްބީ 700 އެމްބީ އުރީދޫ ޑޭޓާ 110 1.42 ޖީބީ 1.25 ޖީބީ އުރީދޫ ޑޭޓާ 160 2.83 ޖީބީ 2.5 ޖީބީ އުރީދޫ ޑޭޓާ 220 5.65 ޖީބީ 5 ޖީބީ އުރީދޫ ޑޭޓާ 330 8.47 ޖީބީ 7.5 ޖީބީ އުރީދޫ ޑޭޓާ 440 28.25 ޖީބީ 25 ޖީބީ އުރީދޫ ޑޭޓާ 1100

އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ މައި އުރީދޫ އެޕް އަދި މަގޭ ޕްލޭންގެ ޚިދުމަތް، ނުވަތަ *929# އަށް ގުޅުމުން، ކޮންމެތާކު ހުރެގެން، ކޮންމެ ވަގުތެއްގައި ވެސް އުރީދޫގެ މި ޑޭޓާ ޕެކްތައް ފަސޭހަކަމާ އެކު ޚިޔާރުކުރެވޭނެއެވެ.

އުރީދޫގެ މި ހާއްސަ އެނިވާސަރީ އޮފަރއާ ބެހޭ ގޮތުން އިތުރު މައުލޫމާތު ވެބްސައިޓުން ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު