Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ޔާމީން ދިފާއުކުރުމުގައި އަބްދުއްރަހީމް ވަރެއްހަމަނެތް!

ރައީސް ޔާމީންގެ ދިފާއުގައި ދެއްކެވި ގިނަ ވާހަކަތަކުން ސަރުކާރު އިތުރަށް ހޫނު ފެނަށް ވެއްޓުނު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2018 | ބުރާސްފަތި 03:55
ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް އަބްދުﷲ

ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް އަބްދުﷲ

1 ފެބުރުއަރީ އިން ފެށިގެން ޕީޕީއެމްގެ ހުރިހާ ކަމެއްގެ އެންމެ އިސް ސަފުން ފެންނާނީ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރަށް ކޮނޑު ވިއްދައިގެން ހުންނަން ޖެހުނު ކަމަށް ވިޔަސް، އަދި ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ކޮންމެ ފަދަ ވާހަކައެއް ދައްކަވަން ޖެހުނަސް، ގާނޫނަކަށް އުސޫލަކަށް، ލަދަކަށް ޖެހިލުންވެވަޑައިނުގެން އެކަން ކުރެއްވީ ހަމަ އަދުރޭ އެވެ. މިއީ އެންމެން ވެސް އިއްތިފާގުވާނެ ކަމެކެވެ.

ޕީޕީއެމާއި، ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި އަބްދުއްރަހީމް ދައްކަވާ މޮޅެތި ވާހަކަތަކުން، ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި އެއްފަދަ މޮޅެތި ވާހަކަތައް ދައްކަވަން ކެރިވަޑައިގެން، ރައީސް ޔާމީން ދިފާއު ކުރައްވަން ޕީޕީއެމްގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ވެސް އަދުރޭތޯ އެތައް ބަޔަކު ސުވާލު އުފައްދަ އެވެ.

ސުވާލު ނުއުފައްދަންޖެހޭ ސަބަބެއްވެސް ނެތެވެ. ފެބްރުއަރީ 1 ގެ އަމުރަށް ފަހު ހައެއްކަ މެމްބަރުން އެއްކޮށްގެން ދެ ގަޑިން ކާ ބޭހެއްހެން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ، އިދިކޮޅު ފަރާތްތަކަށާއި، ކޯޓުތަކަށް އެތިވަރު ގޮވަން ވެސް ކެރިވަޑައިގަތީ އަދުރޭއަށް ވިއްޔާ އެވެ. ޓީވީ ސްޓޭޝަންތައް ބަންދުކުރަން ގޮވާ، ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރި އަމުރާއެކު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ކަމުގެ އިންޒާރުދީ، ސަރުކާރު ހަމަ އިސްކޮޅަށް ތެދުކޮށް ދިނުމަށް ހަމަ ނިދި ނުނިދާ ކުރީ ވެސް ހަމަ އަދުރޭ އެވެ.

ކެމްޕޭން ޖަލްސާއެއްގައި ރައީސް ޔާމީނާއެކު އަބްދުއްރަހީމް -- ފޮޓޯ: ރާއްޖެ.އެމްވީ

އަދި ކިޔެއްތަ އެތައް އެތައް ދީނީ އިލްމުވެެރިންތަކެއްގެ ތާއީދު އޮތް ކަމަށް ބުނާ ޕާޓީއެއްގައި، ސަރުކާރު ދިފާއުކޮށް ދީނީ އިލްމްވެރިޔަކަށް އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަތުމުން "ރައީސް ޔާމީނާ ދެކޮޅަށް ދޭ ވޯޓަކީ އިސްލާމް ދީނާ ދެކޮޅަށްދޭ ވޯޓެއް" ކަމަށް ވިދާޅުވެ ފަތުވާ ދެއްވީ ވެސް ހަމަ އެ އަދުރޭ ނޫން ދެން ފަހެ ކާކުހެއްޔެވެ؟ އާހިރުގައި ރައީސް ޔާމީނަށްޓަކައި ދީނީ "އިލްމުވެރިޔަކަށް" ވެވަޑައިގަންނަވަންޖެހުނީ ވެސް އޭނާއަށެވެ.

އަދުރޭ ވިދާޅުވި މޮޅު ދީނީ ބަސްފުޅާއެކު ރައީސް އަބްދުﷲ ޔާމީނަށާއި، ސަރުކާރަށް އަމާޒުވި ފާޑުކިޔުމާއި ލިބުނު ގެއްލުން އަދި އެއީ އެހެން ވާހަކައެކެވެ. ޔަޤީންވާ ކަމަކީ އަބްދުއްރަހީމް އެފަދަ މޮޅު ބަސްފުޅެއް ވިދާޅުވީ ހަމަ ރައީސް އަބްދުﷲ ޔާމީން ދެކެވާ ލޯތްބެއްގެ ބޮޑުކަމުންކަމެވެ.

މޮޅެތި ދީނީ ބަސްފުޅުތައް ވިދާޅުވެ އެވަރުން ނުފުދުނު ތާނގާއި، ރައީސް ޔާމީންގެ ކެމްޕޭނަށް ފާޑުކިޔުންތައް އަމާޒުވެ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭން ކުރައްވާނީ ހުދުމުތާރު ވެރިކަންކަމަށް އިދިކޮޅުން ސިފަކުރުމާއެކު، ޑިމޮކްރަސީގެ މާހިރަކަށްވެވަޑައިގެން އެކަމަށް ހައްލެއް ހޯދައިދެއްވީ ވެސް ހަމަ އަދުރޭ އެވެ. ސަރުކާރުގެ ދިފާއުގައި އިދިކޮޅު ފަރާތްތަކަށް ޑިމޮކްރަސީގައި އޮތް އެއްޗެއް ބުނެދެއްވަން ވެސް ކެރުނު ބޭފުޅަކަށްވީ އަބްދުއްރަހީމް އެވެ.

އޭނާ ވިދާޅުވީ ގޮތުގައި ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެސީގެ ނިޒާމުގައި ވެރިކަމުގައި އޮންނަ ޕާޓީން އިތުރު ދައުރެއް ހޯދަން މަސައްކަތް ކުރާނީ ސަރުކާރުގެ ވަސީލަތްތަކާއި މަގާމުތަކުގައި ތިބި މީހުންނާ ވެސް އެކު ކަމަށެވެ.

"އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ އަޅުގަނޑުމެން [ކެމްޕެއިނަށް] ނުކުންނާނީ މުޅި ސަރުކާރު އެކީގައޭ. ހަމަ ވަސީލަތްތައް ބޭނުންކޮށްގެނޭ އިންތިޚާބު ކާމިޔާބު ކުރާނީ."

ފަހަރުގައި ރައީސް ޔާމީންގެ ދިފާއުގައި، އިދިކޮޅު ފަރާތްތަކަށް ޑިމޮކްރަސީ ކިޔައިދެއްވިއިރު، މިއަރައިގަނެވެނީ ޤާނޫނީ ކުށަކަށްކަން ވެސް އަބްދުއްރަހީމަށް އެނގިވަޑައިނުގަންނަވަނީތޯއްޗެކެވެ. އެހެނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ދައުލަތުގެ އެއްވެސް އެއްޗެއް، އެއްވެސް މީހެއްގެ ފައިދާއަށް ބޭނުން ކުރުމަކީ ކުށެކެވެ. އަދި ސަރުކާރު މުވައްޒަފެއްގެ ރަސްމީ ގަޑީގައި އެމުވައްޒަފަކު ލައްވައި ވަކި މީހަކަށް ފައިދާވާ ކަމެއް ކުރުވުމަކީ ވެސް ގާނޫނީ ކުށެކެވެ.

އެކުށް ކުރާ މީހެއްގެ އަތުން ބަދަލު ހޯދުމާ އެކު ތިން އަހަރުގެ ޖަލު ހުކުމެއް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ރައީސް ޔާމީންގެ މުޅި ކެމްޕޭނަށާއި، އެމަނިކުފާނުގެ ނަންފުޅަށް އެކަމުގެ ސަބަބުން ބަހުގެ ހަމަލާތައް އަމާޒުުވެ، މުޅި ސަރުކާރު ހޫނު ފެނަށް ވެއްޓުނު ނަމަވެސް އަބްދުރަހީމް އެފަދައިން ވިދާޅުވީ ހަމަ ރައީސް އަބްދުﷲ ޔާމީން ދެކެވާ ލޯތްބެއްގެ ބޮޑުކަމުން، ނޫނީ ނުވާނެ އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: ޕީޕީއެމް / ޓުވިޓަރ

ދެންވެސް އޮތީ ހަމައެފަދަ އެހެންވާހަކައެކެވެ.

ޕީޕީއެމްގައި ފުންނާބު އުސް އެތަކެއް ޤާނޫނީ ވަކީލުންނެއް ވެސް އެބަތިއްބެވި އެވެ. ޤާނޫނީ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގައި އެބަތިއްބެވި އެވެ. ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި، ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާއަށް ބެލިކަމުގައިވިނަމަވެސް އެއީ ޤާނޫނު ދެނެވަޑައިގެން ތިއްބެވި ޤާނޫނީ ވަކީލުންނެވެ. ނަމަވެސް އާހިރުގައި ސަރުކާރުގެ ދިފާއުގައި ޤާނޫނީ ވަކީލަކަށްވެވަޑައިގަންނަވަންވެސް ޖެހުނީ ހަމަ އަބްދުއްރަހީމަށެވެ.

ދައްކަން މި އުޅެނީ ރިޝަވަތުގެ ކުށް ޤާނޫނުލް އުޤޫބާތުން އުނިކުރުމަށް ސަރުކާރުންޖެހި ސަރުކަރާތުގެ ވާހަކަ އެވެ. ރިޝްވަތުގެ ކުށް ޤާނޫނުލް އުޤޫބާތުން އުނިކުރުމަށް ސަރުކާރުން އިސްލާހް ހުށައެޅިކަން ފަޅާއެރުމާއެކު، މުޅި ސަރުކާރު ހޫނު ފެނަށް ވެއްޓުނު އެވެ. އެކަމުން ސަރުކާރު ނަގައިގަތުމަށްޓައި، ބޭނުންނުކޮށް އެއްފަރާތް ކޮށްފައި އޮތް ބިލެއް ނަގައި، އަމިއްލަ ނަމުގައި މަޖިލީހަށް ހުށައަޅާ ހޭވި ހަޑިތައް ސާފުކުރަން އިތުރު ހަޑިތައް ހާވަން ކެރިވަޑައިގެންނެވީ ވެސް ހަމަ އަދުރޭއަށެވެ.

އެ ބިލްގައި އޮތް އެއްޗެއް އަބްދުއްރަހީމަށް އެނގިވަޑައިގަންނަވާ މިންވަރާއި، އަބްދުއްރަހީމްގެ މޮޅުކަން އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުުން ބެއްލެވި ބޭފުޅުންނަށް އެ އޮތީ ހާމަކަން ބޮޑުކޮށް ފެންނާށެވެ. އެކަމުގައި އިތުރު ސުވާލަކަށްވެސްދާން ނުޖެހޭ މިންވަރަށް، އެ ޕްރެސް ކޮންފަރެންސް ބެލި މީހުންނަށް އަބްދުއްރަހީމްގެ ހުރި ކުޅަދާނަކަން މާބޮޑަށް ވެސް އެނގި ސާފުވާނެ އެވެ.

ކޮންމެއަކަސް ޔަޤީންވާ ކަމަކީ ރައީސް ޔާމީންގެ ދިފާއުގައި ހަމަ ކޮންމެ އެއްޗެއް ވިދާޅުވެ، ކޮންމެ މަޤާމެއް ފުރަން ވެސް ހުންނެވީ ހަމަ އަބްދުއްރަހީމްކަމެވެ. ޤާނޫނީ ވަކީލުންނާއި، ދީނީ އިލްމުވެރިންނާއި، ސިޔާސީ މުފައްކިރުންނަށް ރައީސް ޔާމީންގެ ދިފާއުގައި މޮޅެތި މޮޅެތި ވާހަކަތައް ވިދާޅުވާ ކެރިވަޑައިނުގެންނެވި ނަމަވެސް އަބްދުއްރަހީމް ހުންނެވީ ދޫދެއްވަން ނޫންކަމެވެ.

ރައީސް ޔާމީން ދިފާއުކުރެވުމުގެ ނަމުގައި އަބްދުއްރަހީމް ދެއްކެވި ވާހަކަތަކުން ރައީސް ޔާމީން އިތުރަށް ފަލީހަތްވެ ބޭޒާރުވިނަމަވެސް އެނގިގެންދާ އެއްކަމަކީ އަބްދުއްރަހީމްއަކީ ހަމަ ފިސާރި ބޭފުޅެއްކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު