Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައްޗަންގޯޅީ ދެކުނު ދާއިރާގެ

ސިނާން މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ: ޝަރީއަތުގެ ކުރިން ހުށައެޅުއްވި އެއްވެސް ނުކުތާއެއް ބަލައިއެއް ނުގަތް

ސިނާން ބަންދަށް ލުޔެއް ދެވެން ނެތް ކަަމަށް ވަނީ ނިންމަވާފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 1 އޯގަސްޓު 2018 | ބުދަ 14:45
މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އޭނާ ޝަރީއަތުގެ ކުރިން ހުށައެޅުއްވި 12 ހުށައެޅުން ވެސް ބަލައި ނުގަތުމަށް މައްސަލަ ބައްލަވާ ގާޒީ ނިންމަވައިިފި އެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސިނާންގެ މައްޗަށް އުފުލާފައިވާ މި ދައުވާ ގުޅިގެން ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވެސް ވަނީ ސިނާން ހުށައެޅުއްވި ނުކުތާތަކަށް ރައްދު ދެއްވާފަ އެވެ.

Advertisement - newsAdvertisement

ޝަރީއަތުގެ ކުރިން ސިނާންގެ ފަރާތުން ފާހަގަ ކުރެއްވި ނުކުތާތަކުގެ ތެރޭގައި އޭނާގެ މައްޗަށް ކުރާ އެ ދައުވާ ބިނާ ކޮށްފައި އޮތީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާމެދު ބަހުސް ކުރެވޭ ގޮތަށް ކަމަށްވާތީ އެ މައްސަލައަކީ ކްރިމިނަލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައިވެ އެވެ. ސިނާންގެ ގާނޫނީ ވަކީލް ނޫރުއް ސަލާމް އަބޫބަކުރު ވިދާޅުވީ އެކެއް ފެބުރުއަރީގެ މުޅި އަމުރަކީ ގޯސް އަމުރެއް ކަމަށް ދައުވާއިން ދޭހަވާ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމި ނިންމުމުގައި ވެސް އެ އަމުރު އެއްކޮށް ބާތިލް ކޮށްފައިނުވާ ކަމެވެ. އެހެންވެ އެ މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔުން ވާނީ ފަނޑިޔާރެއްގެ ނިންމުމާމެދު ސުވާލު އުފައްދައި އެކަމަށް ބަހުސްކުރުން ކަމަށްވާއިރު އެއީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމެއްކަން އެ ހުށަހެޅުމުގައި ފާހަގަކުރި އެވެ.

ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ، މި މައްސަލައަކީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސައްހަކަން ކަނޑައަޅާފައިވާ މައްސަލައެއް ނޫން ކަމަށާއި މައްސަލަ ބެލުމުގެ އިހްތިސޯސް ކުރިމިނަލް ކޯޓަށް އެބަ އޮތް ކަމަށެވެ. މި މައްސަލައަކީ އެ އަމުރު ނެރުމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ނުބައި ނިޔަތެއްގައި ނެރުނު އަމުރެއް ކަމަށާއި އެކަމާ ގުޅިގެން އެ ދެ މީހުންގެ މައްސަލަތައް ވެސް ކޯޓުގައި ކުރިއަށްދާ ކަމަށެވެ. އަދި، މި މައްސަލައަކީ އެ އަމުރުގައި ނެރުމުގައި ބައިވެރިވި މީހުންގެ މައްޗަށް ހިންގާ މައްސަލައެއް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

ދައުވާ ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އުންސުރުތައް ފުރިހަމަނުވާ ކަމަށް ވެސް ސިނާންގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ. ނޫރުއް ސަލާމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ހާލަތެއް ނެތް ކަމަށާއި އެހެންވީމަ ބަލަންޖެހޭނީ ގާނޫނުލްއުގޫބާތަށް ކަމަށެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ޝަރުތައް ފުރިހަމަވާ ގޮތެއް އަދި ދައުލަތުން ބުނެދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދައުވާގައި ސިނާން ކުށްކުރި ވަގުތާއި ދުވަސް ބަޔާންކޮށްފައި ނުވާ މައްސަލަ ވެސް ވަކި ހުށަހެޅުމެއްގެ ގޮތުގައި ވަނީ ހުށަހަޅުއްވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ، ފުރިހަމަ ނުވަނީ ކޮން އުންސުރެއް ކަމެއް ސާފުނުކޮށްދޭ ކަމަށާއި ދައުވާގައި ހުރިހާ އުންސުރެއް ފުރިހަމަ ވާނެ ކަމަށެވެ. ދުވަހާއި ވަގުތު ބަޔާންކޮށްފައި ނެތް މައްސަލާގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ސިނާން އެ އަމަލު ހިންގާފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ދިގު މުއްދަތެއްގައި ކަމަށެވެ. ކުށް ކުރާ ވަކި ވަގުތާއި ތާރީހު ޖަހަން މަޖުބޫރުވާނަމަ ދިގު މުއްދަތެއްގައި ކުރާ ކުށްތަކަށް އަދަބު ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. މީގެ އިތުުރުން މައްސަލާގެ ދައުވާ ފޯމްގައި ސީދާ ޕީޖީ ސޮއިކުރައްވާފައިނުވާ މައްސަލަ ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުވާ ފޯމްގައި ސޮއިކުރައްވަން ޖެހޭނީ ޕީޖީ ނުވަތަ ޕީޖީ ހުއްދަ ދޭ ފަރާތެކެވެ. ޕީޖީ ހުއްދަ ދީފައިވާ ފަރާތްތައް ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ. އެކަން ދިފާއުކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ ޕީޖީ ހުއްދަ ދެއްވާފައިވާ ފަރާތްތައް ބަޔާންކޮށް ހުރިހާ ކޯޓަކަށް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމަކީ މިހާރު މަތީ ކޯޓުތަކުން ވެސް ބަލައިގެންފައިވާ ކަމެއް ކަމަށެވެ.

މައްސަލާގައި ހުށަހަޅާފައިވާ ސިއްރު ހެކިވެރިޔާ އެކެއް ބަލައިނުގަތުމަށް އެދި ދެ ހުށަހެޅުމެއް ހުށަހެޅި އެވެ. އެއް ހުށަހެޅުމުގައި ފާހަގަކުރީ އެ ހެކިވެރިޔާއަކީ ކުރިން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ރިޝްވަތުގެ މައްސަލާގައި ރިޝްވަތު އޭނާ ދީފައިނުވާ ކަމަށް ބުނެ ހެކި ބަސް ދީފައިވާ މީހެއްކަން އެނގެން އޮންނަ ކަމަށާއި އެހެންވެ އޭނާގެ ހެކި ބަސް ނެގުމުގެ ބޭނުމެއް ނެތް ކަމަށެވެ. އޭނާ ހެކި ބަސް ނަގަނީ ސިނާން ރިޝްވަތު ހިފިކަން ސާބިތުކުރަން ކަމަށާއި ނަމަވެސް ރިޝްވަތާއި ޓެރަރިޒަމާ ގުޅޭނެ ގޮތެއް ނެތް ކަމަށް ދެވަނަ ހުށަހެޅުމުގައި ފާހަގަކުރި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ސިއްރު ހެކިވެރިޔާއަކީ ކާކު ކަމެއް ސިނާނަށް ނޭނގޭއިރު އޭނާއަކީ ވަކި މީހެއް ކަމަށް ބުނެ ފާހަގަކުރާ ނުކުތާއަށް ދައުލަތުން ޖަވާބު ދޭން ނުޖެހޭ ކަމަށެވެ. ރިޝްވަތު ހިފައިގެން އަމުރު ނެރެ ހިންގަން އުޅުނީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. ދެން އެ މައްސަލާގައި ހުށަހަޅާފައިވާ އެހެން ހުރިހާ ހެއްކަކީ ވެސް ސިނާންއާ ގުޅުމެއް ނެތް ހެކިތަކެއް ކަމަށާއި ސިނާން ކުރި އަމަލެއް ސާބިތުކޮށްދޭނެ އެހެން އެއްވެސް ހެއްކެއް ނެތް ކަމަށް 10 ވަނަ ހުށަހެޅުމުގައި ފާހަގަކުރި އެވެ. އެގާރަވަނަ ހުށަހެޅުމުގައި ފާހަގަކުރީ ހެކިތައް ބަލައިގަންނަން ނިންމާ ހާލަތެއްގައި ވެސް ހެކީގެ ވަނަވަރު އުނިކުރުމަށްފަހު ބަޔާންތައް ލިބޭނެ ގޮތް ހަދައިދިނުމަށެވެ. ފަހު ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅީ މައްސަލާގެ ތަހުގީގު ވީޑިއޯ އޯޑިއޯ ހުރިހާ ރެކޯޑިންތަކާއި ލިޔުންތައް ލިބޭނެ ގޮތް ހަދައިދިނުމަށެވެ.

ސިނާންގެ ފަރާތުން ހުށަހެޅި އެ ހުށަހެޅުންތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، މައްސަލާގައި ދެވެން އޮތް ހުރިހާ ލިޔުންތަކެއް ވަނީ މިހާރު ސިނާނަށް ރައްދުކޮށްފަ ކަމަށެވެ. ސިއްރު ހެކި އެކަކުން ފެށިގެން 15 އާ ހަމައަށް ހުރި އެއްވެސް ހެއްކެއްގެ މައުލޫމާތެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް އެ ހެކިވެރިންނާ ސުވާލުކުރުމަށް ފުރުސަތު ލިބޭނެތީ އެއީ މައްސަލައެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށް ވިދާޅުވި އެވެ. ސިއްރު ލިޔުމެއްގެ ގޮތުގައި ހުށަހަޅާފައިވާ ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓް ޝަރީއަތުގެ މަޖިލީހުގައި ސިނާނަށް ދެއްކުމަށް ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެން ނަމަވެސް ވަކީލް ވިދާޅުވީ ސީސީޓީވީ ފުޓޭޖާއި އޭގެ ސްނެޕް ޝޮޓްތަކާއި ކްރައިމް ސީން ރިޕޯޓަކީ އެއްގޮތަކަށް ވެސް ސިނާންއަށް ދޫކުރެވެން ނެތް ލިޔުންތަކެއް ކަމަށެވެ. ވަކީލް ވިދާޅުވީ، މައްސަލާގެ ތަހުގީގު ވީޑިއޯ އަދި އޯޑިއޯ ރިކޯޑިންތައް ވަނީ ރައްދުކޮށްފަ ކަމަށާއި ދެން ސިނާންގެ ފަރާތުން އެދޭ ތަހުގީގު ލިޔުންތަކަކީ ބައެއްގެ ޒާތީ މައުލޫމާތުތައް ހިމެނޭ ލިޔުންތަކަކަށްވާތީ އެ ލިޔުންތައް ދިނުން ލާޒިމް ނުވާ ކަމަށެވެ. ހުށަހެޅުންތަކަށް ދައުލަތުން ރައްދުދީ ނިންމުމުން ގާޒީ ހައިލަމް ވަނީ 12 ހުށަހެޅުމާ ގުޅޭ ގޮތުން ނިންމަވާފަ އެވެ. ހުރިހާ ހުށަހެޅުންތަކެއްގައި ވެސް ގާޒީ ބުރަވެވަޑައިގެންނެވީ ދައުލަތުން ފާހަގަކުރި ކަންކަމަށެވެ. އެ 12 ހުށަހެޅުން ވެސް ބަލައިގަނެވެން ނެތް ކަމަށް ނިންމެވި އެވެ.

މީގެ އިތުުރުން މި މައްސަލަ ނިމެންދެން ސިނާން ބަންދުކޮށްފައި ހުރިއިރު އޭނާގެ ބަންދަށް ލުޔެއް ދިނުމަށް ހުށައެޅި ނަމަވެސް ގާޒީ ނިންމަވެވީ އެކަން ކޮށްދެވެން ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު