Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ރޯހައުސް

ކުޅުދުއްފުށީގައި ހަދާފައިވާ ރޯހައުސްތައް ނުދީ ވީރާނާވާން ދޫކޮށްލާފައި

1 އޯގަސްޓު 2018 | ބުދަ 12:43

ރޯ ހައުސްތައް ދަނީ ވީރާނާ ވަމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 1 އޯގަސްޓު 2018 | ބުދަ 12:43
ރޯ ހައުސްތައް ދަނީ ވީރާނާ ވަމުން

ރޯ ހައުސްތައް ދަނީ ވީރާނާ ވަމުން

ކުޅުދުއްފުށީގައި ހަދާފައިވާ ރޯހައުސްތައް އެތައް އަހަރެއްވީއިރުވެސް އަދިވެސް ނުދީ ވީރާނާވާން ދޫކޮށްލާފައިވާތީ ރައްޔިތުން ކަންބޮޑުވާންފަށައިފިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އޭރު ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ރަށްރަށުގައި ހަދަން ފެށި ރޯހައުސްތަކާއި ފްލެޓްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ވަނީ 166 ޔުނިޓް އަޅަން ފަށާފައެވެ. އޭގެ ތެރެއިން 18 ރޯހައުސްގެ މަސައްކަތް ނިމިފައި ހުންނަތާ އެތައް ޒަމާނެއްވެފައިވާއިރު، އިތުރު 40 ރޯހައުސްގެ އިމާރާތްކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ. އެތަންތަނުގައި ހަމައެކަނި ނުނިމި ހުރީ ނަރުދަމާ އެޅުމުގެ މަސައްކަތް އެކަންޏެވެ.

Advertisement - newsAdvertisement

ނިމިފައި ހުރި 18 ރޯހައުސްގެ ގުރުއަތުނަގައި އެތަންތަން ލިބޭ މީހުންނަށް އެކަން އޮތީ 2016 ވަނަ އަހަރުގެ ތެރޭގައި އަންގާފައެވެ. އަދި އެއްކޮށް ނިމިފައި ހުރި އަނެއް 40 ރޯހައުސް ނިމުމުން ޝަރުތު ހަމަވާ މީހުންގެ މެދުގައި އޭރު ގުރުނެގުމަށް ކުރި މަސައްކަތް ހައުސިން މިނިސްޓްރީން ހުއްދަ ނުދީގެން އޮތީ މަޑުޖައްސާލާފައެވެ. އަދިއަދަށް ދާންންދެން ވެސް އެކަން އޮތީ ހުއްޓިފައެވެ. އެކަން އޭރު ހުއްޓުވީ ރޯހައުސް ދިނުމުގެ އުސޫލާއި ކައުންސިލުން ޚިލާފްވެފައިވާ ކަމަށްބުނެއެވެ.

ރޯ ހައުސްތައް ވަނީ ހަލާކުވާން ފަށާފައި

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ކައުންސިލް މެންބަރު އަލީ ހާޝިމް ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އަޅައިދިން ރޯ ހައުސްތައް އޭގެ ހައްގުވެރިންނަށް ނުދީ މި ސަރުކާރުން ލަސްކުރަމުންދާ ސަބަބެއް ނުވިސްނޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެތަންތަން މިހާރު ހުރީ އަލުން މަރާމާތުކޮށްގެން ނޫނީ ނުވަދެވޭ ވަރުވެފައިކަމަށެވެ. އަދި ކުޅުދުއްފުށީ ހިއްކި ބިމުގައި އަޅަންފެށި 100 ރޯހައުސްގެ ވެސް ބޮޑުބައި ނިމިފައިވާއިރު، ފުރާޅުތައް އެއްލާލާ، ވަކަރުތައް ފީވެ ހަސްނެތެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ގެދޮރުގެ ދަތިކަން އިންތިހާއަށް އެރަށަށް ކުރިމަތިވެފައިވާއިރު، އެތަންތަން ހަލާކުވާން ދޫކޮށްލާފައި ހުރުމަކީ ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި އޮތްކަމެއް ކަމަށެވެ. އަދި ވީހާވެސް އަވަހަށް އެތަންތަން އަލުން މަރާމާތުކޮށް ރައްޔިތުންނަށް ލިބޭނެގޮތް ހަދައިދިނުމަށް ސަރުކާރަށް ގޮވާލާކަމަށް ހާޝިމް ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ ރޯހައުސް ދޫކުރަން ހަމަޖެހިފައިވަނީ ރަށުންނާއި ރަށުން ބޭރު މީހުންނަށެވެ. 60 އިންސައްތަ ރަށުގެ މީހުންނަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު 40 އިންސައްތަ ރަށުން ބޭރުމީހުންނަށް ދޫކުރުމަށް އޮތީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ރައީސް ޔާމީން އަށް އޮތް ތާއީދު ދައްކާލުމަށް ކުޅުދުއްފުށީގައި ކާރުތައް ނެރުނީ ލާރި ދީގެންކަން ފަޅާ އަރައިފި

14 އޯގަސްޓު 2017
ރައީސް ޔާމީން އަށް އޮތް ތާއީދު ދައްކާލުމަށް ކުޅުދުއްފުށީގައި ކާރުތައް ނެރުނީ ލާރި ދީގެންކަން ފަޅާ އަރައިފި
31 ޖުލައި 2017

މަޖިލިސް ކުރިއަށް ގެންދިޔަނުދީ ހުއްޓުވައި، އިހްތިޖާޖުކުރަނީ!

31 ޖުލައި 2017
މަޖިލިސް ކުރިއަށް ގެންދިޔަނުދީ ހުއްޓުވައި، އިހްތިޖާޖުކުރަނީ!
24 ޖުލައި 2017

ޕާޓީތަކަށް ފާއިސާ ނުދީ ހިފަހައްޓާފައި ވާތީ މިނިސްޓަރ މުނައްވަރު ޖަވާބުދާރީ ކުރެވޭނެ!

24 ޖުލައި 2017
 ޕާޓީތަކަށް ފާއިސާ ނުދީ ހިފަހައްޓާފައި ވާތީ މިނިސްޓަރ މުނައްވަރު ޖަވާބުދާރީ ކުރެވޭނެ!
26 ޖޫން 2017

ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު

26 ޖޫން 2017
ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު
31 މެއި 2017

ރާއްޖެއިން ފުރަން ހުއްދަ ނުދީ، ފާރިސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ

31 މެއި 2017
ރާއްޖެއިން ފުރަން ހުއްދަ ނުދީ، ފާރިސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ
13 މެއި 2017

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

13 މެއި 2017
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި
28 އެޕްރީލު 2017

ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

28 އެޕްރީލު 2017
ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ
19 އެޕްރީލު 2017

ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި

19 އެޕްރީލު 2017
ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި
07 އެޕްރީލު 2017

ފުލުހުން އަމަލުކުރީ އެއްވެސް އިންޒާރެއް ނުދީ: ޔުމްނާ

07 އެޕްރީލު 2017
ފުލުހުން އަމަލުކުރީ އެއްވެސް އިންޒާރެއް ނުދީ: ޔުމްނާ
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް