Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބާރަތު

'ބާރަތު'ގެ ޓީމާ ގުޅުނީ އެ ފިލްމުގެ ސްކްރިޕްޓު ރަނގަޅުވުމުން: ކެޓްރީނާ ކައިފް

1 އޯގަސްޓު 2018 | ބުދަ 10:06

ބާރަތު ކުޅުމަށް ކެޓްރީނާ ސޮއިކޮށްފައި ވަނީ ޕްރިޔަންކާ ޗޮޕްޅާ އެ ފިލްމު ދޫކޮށްލުމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 އޯގަސްޓު 2018 | ބުދަ 10:06
ކެޓްރީނާ އާއި ސަލްމާން އެކުގައި: ބާރަތުގެ ލީޑު ރޯލުން ފެނިގެންދާނީ އެ ދެ ތަރިން

ކެޓްރީނާ އާއި ސަލްމާން އެކުގައި: ބާރަތުގެ ލީޑު ރޯލުން ފެނިގެންދާނީ އެ ދެ ތަރިން

"ބާރަތު"ގެ ޓީމާ ގުޅުނީ އެ ފިލްމުގެ ސްކްރިޕްޓް ރަނގަޅުވުމުން ކަމަށް އެފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ތަރި ކެޓްރީނާ ކައިފް ބުނެފިއެވެ.

ކެޓްރީނާ ބުނީ "ބާރަތު"ގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު އެއީ އޭނާއަށް އަބަދު ވެސް ކަމުދާ ޑައިރެކްޓަރެއް ކަމަށެވެ.

މި ފިލްމު ކުޅުމަށް ކެޓްރީނާ ސޮއި ކޮށްފައި ވަނީ ޕްރިޔަންކާ ޗޮޕްޅާ އެ ފިލްމު ދޫކޮށްލުމުންނެވެ.

ކެޓްރީނާ "ބާރަތު" ގެ ޓީމާ ގުޅުނުކަން އަންގާ އެ ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކޮށްފައިވާ ޓްވީޓެއްގައި ބުނީ "ބާރަތު"ގެ ބަތަލާއަކީ ކެޓްރީނާ ކަމަށާއި އެކަމާ އުފާކުރާ ކަމަށެވެ. އަދި އެންމެ ފަހުން ކެޓްރީނާ އާއި ސަލްމާން އެކީގައި ފެނިގެންދިޔަ ފިލްމު "ޓައިގާ ޒިންދާހޭ" އަށް ފަހު އެ ދެ މީހުން އެކީގައި ފެންނާތީ ހިތްހަމަ ޖެހިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ޓައިގާ ޒިންދާހޭ" އަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރި ފިލްމެކެވެ. އެފިލްމުގެ ލީޑު ރޯލުން ފެނިފައި ވަނީ ސަލްމާނާއި ކެޓްރީނާއެވެ. އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

އަލީ އައްބާސް ޒަފަރުގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "މޭރޭ ބްރަދާ ކީ ދުލްހަން" ގައި ވެސް ފެނިފައި ވަނީ ކެޓްރީނާއެވެ. ސަލްމާނާއި ކެޓްރީނާ އެކީގައި ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "ޓައިގާ ޒިންދާހޭ" ގެ އިތުރުން "އޭކް ތަ ޓައިގާ"، "ޔުވްރާޖް"، "ޕާޓްނާ"، އަދި "މައިނޭ ޕިޔާރް ކިޔު ކިޔާ" ހިމެނެއެވެ.

ބާރަތުގެ ޝޫޓިން މިހާރު ފަށާފައިވާ އިރު މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމަކީ އަލީ އައްބާސް ޒަފަރުގެ ފިލްމުތަކުގެ ތެރެއިން ސަލްމާން ޚާން ކުޅޭ ތިންވަނަ ފިލްމެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2017

އަނަންދު އެލް ރާއި ފިލްމުގެ ކުރިން އެއްވެސް ފިލްމަކަށް މަސައްކަތެއް ނުކުރާނަން: ޝާހު ރުކް ޚާން

27 ޑިސެމްބަރު 2017
އަނަންދު އެލް ރާއި ފިލްމުގެ ކުރިން އެއްވެސް ފިލްމަކަށް މަސައްކަތެއް ނުކުރާނަން: ޝާހު ރުކް ޚާން
14 ޑިސެމްބަރު 2017

" ޖަބް ހެރީ މެޓް ސޭޖަލް" ފްލޮޕް ވުމުން ފިލްމުގެ ޑިސްޓިބިޔުޓަރުންނަށް ޝާހުރުކްހާން ގެއްލުމުގެ ބަދަލު ދީފި

14 ޑިސެމްބަރު 2017
" ޖަބް ހެރީ މެޓް ސޭޖަލް" ފްލޮޕް ވުމުން ފިލްމުގެ ޑިސްޓިބިޔުޓަރުންނަށް ޝާހުރުކްހާން ގެއްލުމުގެ ބަދަލު ދީފި
05 ޑިސެމްބަރު 2017

ސަންޖޭގެ ފިލްމުގެ ޝޫޓިން އަލުން ރަންބީރު ޝޫޓް ކުރަނީ

05 ޑިސެމްބަރު 2017
ސަންޖޭގެ ފިލްމުގެ ޝޫޓިން އަލުން ރަންބީރު ޝޫޓް ކުރަނީ
30 އޮކްޓޯބަރު 2017

ސެލީނާ އާއި ޖަސްޓިން ބީބާ އަލުން ގުޅުނީ "ބްރެކްފާސްޓް" އަކުން؟

30 އޮކްޓޯބަރު 2017
ސެލީނާ އާއި ޖަސްޓިން ބީބާ އަލުން ގުޅުނީ "ބްރެކްފާސްޓް" އަކުން؟
20 ސެޕްޓެމްބަރު 2017

"ހަސީނާ" ގެ ޓީމާ ދެކޮޅަށް ކޯޓަށް

20 ސެޕްޓެމްބަރު 2017
"ހަސީނާ" ގެ ޓީމާ ދެކޮޅަށް ކޯޓަށް
09 ސެޕްޓެމްބަރު 2017

"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި

09 ސެޕްޓެމްބަރު 2017
"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި
26 ޖޫން 2017

ކާޖޮލްގެ ދެވަނަ ތަމަޅަ ފިލްމުގެ ޓްރެއިލާ ނެރެފި

26 ޖޫން 2017
ކާޖޮލްގެ ދެވަނަ ތަމަޅަ ފިލްމުގެ ޓްރެއިލާ ނެރެފި
23 މާރިޗު 2017

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް