Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސްޓޫޑެންޓް އޮފް ދަ އިޔާރ 2 ރިލީޒް ކުރުން ފަސްކޮށްފި

މި ފިލްމް ރިލީޒް ކުރާ ތާރީޚަކީ 10 މެއި 2019

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 ޖުލައި 2018 | އަންގާރަ 01:18
ތާރާ ސުތޭރިއާ، ޓާއިގާ ޝްރޮފް އަދި އަނަންޔާ ޕާންޑޭ

ތާރާ ސުތޭރިއާ، ޓާއިގާ ޝްރޮފް އަދި އަނަންޔާ ޕާންޑޭ

"ސްޓޫޑެންޓް އޮފް ދަ އިޔާރ 2" ރިލީޒް ކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މި ފިލްމް ކުރިން ރިލީޒް ކުރުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 23 ގައެވެ.

ނަމަވެސް ފިލްމްގެ ޕްރޮޑިއުސަރ ކަރަން ޖޯހަރު ހޯމަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައިވަނީ "ސްޓޫޑެންޓް އޮފް ދަ އިޔާރ2" ރިލީޒް ކުރާނީ 2019 ގައި ކަމަށެވެ.

މީގެ އިތުރުން ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ތަރަން އާދާޝް ކޮށްފައިވާ ޓްވީޓެއްގައި ވަނީ މި ފިލްމް ރިލީޒް ކުރާ ތާރީޚަކީ 10 މެއި 2019 ކަމަށެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާރ" އިން ވަނީ ވަރުން ދަވަން، އާލިއާ ބަޓް އަދި ސިދާތް މަލޯތްރާ ބޮލީވުޑަށް ތައާރަފް ކޮށްފައެވެ.

މި ފިލްމްގެ ދެވަނަ ބައި " ސްޓޫޑެންޓް އޮފް ދަ އިޔާރ 2" ގެ ލީޑް ރޯލުން ފެނިގެންދާ ދެ ތަރިން ކަމަށްވާ ތާރާ ސުތޭރިއާ އަދި އަނަންޔާ ޕާންޑޭ ބޮލީވުޑަށް ތައާރަފް ވެގެން ދާނެއެވެ. މި ފިލްގައި ބަތަލް ގެ ރޯލުން ފެނިގެންދާނީ ޓައިގާ ޝްރޯފް އެވެ.

2012 ވަނަ އަހަރު ރިލީޒް ކުރި "ސްޓޫޑެންޓް އޮފް ދަ އިޔާރ" ޑައިރެކްޓް ކޮށްފައިވަނީ ކަރަން ޖޯހަރެވެ. ނަމަވެސް މި ފިލްމްގެ ދެވަނަ ބައި "ސްޓޫޑެންޓް އޮފް ދަ އިޔާރ 2" ޑައިރެކްޓް ކުރަނީ ކަރަން އެއް ނޫނެވެ. މި ފިލްމް ޑައިރެކްޓް ކުރަނީ " އައި ހޭޓް ލަވް ސްޓޯރީ" އަދި "ގޯރީ ތެރޭ ޕިޔާރު މެއިން" ގެ ޑައިރެކްޓަރ ޕުނިތް މަލޯތްރާ އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު