Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ދީން ހަތިޔާރަކަށް ހައްދަވައިގެން މިފަހަރު ރައީސް ޔާމީނަށް މޮޅުވެވިދާނެބާ؟

ދީނީ އިލްމުވެރިންގެ ކިބައިން އެދެނީ މިވަގުތު ރައީސް ޔާމީނާ އެކު ސާބިތުވެ ތިބުމަށް ޝަހީމް އެދިވަޑައިގެންނެވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 30 ޖުލައި 2018 | ހޯމަ 09:51
ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު

ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު

ރިޔާސީ އިންތިޚާބަށް ވޯޓުލުން އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައި އޮންނައިރު ކެންޕެއިން ކުރުމުގެ ފޯރި މިވަނީ ގަދަވެފައެވެ. ކޮންމެ ބަޔަކު ވެސް އެބަޔަކަށް ކިޔުނު އެއްޗެއް ކިޔައި، އެބަޔަކީ މޮޅު ބައެއްގެ ގޮތުގައި ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރަނީއެވެ.

ރާއްޖެއަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމެކެވެ. އާ ގާނޫނު އަސާސީ ވުޖޫދަށް އައި ފަހުން ބޭއްވި އިންތިޚާބުތަކުގައި ކާމިޔާބު ވެފައި ވަނީ އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ކަމަށް ގަބޫލުކުރާ ސިޔާސީ ބޭފުޅުން މަދެއް ނޫނެވެ.

ރާއްޖޭގައި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކުރެއްވުނީ ދީނީ އިލްމުވެރިން އެމަނިކުފާނާ އެކީގައި ތިއްބެވުމުން ކަމަށް ގަބޫލުކުރާ ދިވެހި ރައްޔިތުން ވެސް މަދެއް ނޫނެވެ. ރާއްޖޭގައި ޒަމާނުއްސުރެ ދެމިއޮތް މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ޕީޕީއެމަށް ވޯޓްލުމަކީ ކޮންމެ ދިވެހި ރައްޔިތަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށް އަޑަށް ބާރުލައްވާފައި ރައީސް ޔާމީނާއި އެމަނިކުފާނަށް އޭރު ބައިއަތު ހިއްޕެވި ފަރާތްތައް ދިޔައީ ވިދާޅުވަމުންނެވެ. އޭރު ކެންޕެއިނަށް ވުރެ ބޮޑަށް ދީނީ އިލްމުވެރިން މެދުވެރިކުރައްވައި ދެއްވި ދީނީ ދަރުސްތައް ވެސް ގިނައެވެ.

މިފަހަރުގެ އިންތިޚާބުގައި ވެސް ރައީސް ޔާމީން ނެންގެވީ ދީނީ ކާޑެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރަނިންމޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ނެންގެވީ އިސްލާމީ މުގައްރަރު ރާއްޖޭގައި އަށަގެންނެވުމަށް ކަމަށެވެ. އަދި ޝަހީމް ރަނިންމޭޓަކަށް ނެންގެވީ އިސްލާމްދީނަށް ކަމޭހިއްތަވާ މިންވަރާއި އިސްލާމީ އެންމެ ނުފޫޒު ގަދަ 500 ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާތީ ކަމަށެވެ.

ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން (ވ) އަދި ޝަހީމް

ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ޝަހީމް ވަނީ ރައީސް ޔާމީނަކީ އިސްލާމްދީނާއި ގާތް ބޭފުޅެއް ކަމަށް ވިސްނަވައިދެއްވުމަށް މަސައްކަތް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނަށް ގެއްލުންވާނެ ކަމެއް ރައީސް ޔާމީން ނުކުރައްވާނެ ކަމަށެވެ. ރައީސް ޔާމީންގެ އާއިލާއަކީ ވެސް މާޒީގައި ވެސް އިސްލާމް ދީނަށް ޚިދުމަތް ކުރައްވާފައިވާ އާއިލާއެއް ކަމަށާއި ރައީސް ޔާމީނަކީ އިސްލާމީ ދައުލަތްތަކާ އެކު ގާތް ގުޅުމެއް ބާއްވަވާ ވެރިއެއް ކަމަށް ވުމުން މިފަހަރުގެ އިންތިޚާބުގައި ވޯޓުދެއްވުމަށް ވަނީ އާދޭސްކުރައްވާފައެވެ. ރައީސް ޔާމީނުގެ އާއިލާއޭ ވިދާޅުވާ އިރު އެއްބަފާ ބޭބެ އަދި ކުރީގެ ރައީސް، އަދި ރާއްޖޭގައި އިސްލާމީ ތައުލީމު ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ރައީސް މައުމޫނު ހުންނެވީ ޖަލުގައެވެ.

ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންގެ ތަމްސީލްކުރައްވާ ކަމަށް ބުނެ ދަރުބާރުގޭގައި ސަރުކާރަށް ނިސްބަތްވާ މަދު ދީނީ އިލްމުވެރިންތަކެއް ރައީސްޔާމީނަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ވެސް ރައީސް ޔާމީނު ދީނީ ކާޑު ކުޅުއްވާ ކަމުގެ އެއް ހެއްކެކެވެ. އެ ކޮންފަރެންސްގައި ރާއްޖޭގައި ދީނީ ވަހުދަތު ރައްކާތެރި ކުރުމަށްޓަކައި ރައީސް ޔާމީނަށް ވޯޓު ދިނުމަށާއި ދީނުގެ މަސްލަހަތާއި، ވަތަނުގެ މަސްލަހަތަކީ ފަރުދީ ކަންތައްތަކަށް ވުރެ، އިސްކަން ދޭންޖެހޭނެ ކަމަށް ދީނީ އިލްމުވެރިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މުޅި ގައުމުގެ މަސްލަހަތަށް ވިސްނެވުމަށް ފަހު، ހުރިހާ އިލުމުވެރިންގެ މަޝްވަރާގެ މަތިން ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޝަހީމަށް ވޯޓުދެއްވުމަށް ވަނީ ގޮވާލައްވާފައެވެ.

ދީނީ އިލްމުވެރިންގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން

އިސްލާމިކް މިނިސްޓްރީ އާއި ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި، ސިޔާސީ ކަންކަމުގައި އުޅުއްވާ ބައެއް ބޭފުޅުން ދީނީ އިލްމުވެރިންގެ ނަމުގައި އެފަދަ ކަމެއް ކުރެއްވުމުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް އެބޭފުޅުންނަށް ވަނީ އަމާޒުވެފައެވެ.

މިފަހަރު ރައީސް ޔާމީން ދީން ހަތިޔާރަކަށް ނެންގެވިއަސް ކޮރަޕްޝަނާއި ފަސާދައިގެ އިތުރުން އަނިޔާވެރިކަމުގެ އެތަކެއް ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް ގިނަ ބަޔަކު ކުރަމުންދާއިރު، ރަނިންގ މޭޓުކަން ޝެއިޚް ޝަހީމް ޤަބޫލުކުރެއްވުމާ ގުޅިގެން ގިނަ ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޝަހީމް ކުރިން ނިސްބަތްވާ ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ދީނީ އިލްމުވެރިންނާއި، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ ދީނީ އިލްމުވެރިން ދަނީ އަނިޔާވެރިންނަށް އެއްބާރުލުން ދިނުމާ ދެކޮޅަށް އެކިއެކި އާޔަތްތަކާއި ހަދީސްތަކުން ދަލީލު ދައްކަވައި ޚިޔާލުފާޅު ކުރައްވަމުންނެވެ.

އަނެއްކޮޅުން މިހާތަނަށް ސަރުކާރުން ދީނާ ފުށުއަރާ ގޮތަށް ކޮށްފައިވާ ކަންކަމުގައި މަތި އަޅައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ޝެއިޚަކު ރަނިންގ މޭޓަކަށް ނެންގެވި ނަމަވެސް ގިނަ ބަޔަކު ދަނީ އެ ވާހަކަތައް ދައްކަމުންނެވެ. އެއީ ހުއްޓުވޭނެ ވާހަކަތަކެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު