Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުލެކިއުޓް

މެލޭޝިއާގެ ފިހާރަތަކުން ވިޔަފާރި ކުރުމުގެ ހިދުމަތް ލެކިއުޓް އިން ހުޅުވާލައިފި

މެލޭޝިއާގެ ފިހާރަތަކުން ބޭނުން އެއްޗެއް، ގޭގައި ހުރެގެން ގަތުމުގެ ފަސޭހަކަން ކޭ.އެލް ޑައިރެކްޓް ހިދުމަތުން ލިބިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ޖުލައި 2018 | އާދީއްތަ 19:45
މެލޭޝިއާގެ ފިހާރަތަކުން ވިޔަފާރި ކުރުމުގެ ހިދުމަތް ލެކިއުޓް އިން ވަނީ ހުޅުވާލައިފައި

މެލޭޝިއާގެ ފިހާރަތަކުން ވިޔަފާރި ކުރުމުގެ ހިދުމަތް ލެކިއުޓް އިން ވަނީ ހުޅުވާލައިފައި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އަދި ސެންޓް ވިއްކުމުގައި 28 އަހަރު ތަޖުރިބާ ލިބިފައިވާ ލެކިއުޓް އިން ކޭ.އެލް ޑައިރެކްޓްގެ ނަމުގައި ކަސްޓަމަރުންނަށް މުޅިން އާ ހިދުމަތެއް ތައާރަފު ކުރުމަށް ނިންމައިފިއެވެ.

ލެކިއުޓުން ބުނީ ކަސްޓަމަރުން ވިޔަފާރި ކުރުމަށް އެންމެ މަގުބޫލް އެއް ޤައުމު ކަމުގައިވާ މެލޭޝިއާގެ ފިހާރަތަކުން ބޭނުން އެއްޗެއް، ގޭގައި ހުރެގެން ގަތުމުގެ ފަސޭހަކަން ކޭ.އެލް ޑައިރެކްޓް ހިދުމަތުން ލިބިގެންދާނެ ކަމަށާއި ކަސްޓަމަރުން ބޭނުން ވަގުތަކު މެލޭޝިއާގެ އޮންލައިން ފިހާރަތައް ބްރައުޒްކޮށް ބޭނުން އެއްޗެއްގެ ލިންކް ފޮނުވާލުމުން ޕްރީ އޯޑަރގެ ދަށުން އެ ތަކެތި ގެނެސްދެވޭނެ ކަމަށެވެ.

މި ހިދުމަތުގެ ދަށުން، ބޭނުން އެތައް ފިހާރައަކުން އެއްފަހަރާ ވިޔަފާރި ކޮށްލެވޭނެ ކަމަށާއި އަދި ގެއާ ހަމައަށް ރައްކާތެރިކަމާއެކީ އޯޑަރކުރާ އައިޓަމްތައް ލެކިއުޓް އިން ފޯރުކޮށްދޭނެ ކަމަށްވެސް އެ ފިހާރަ އިން ބުންޏެވެ.

ބޭނުންވާ ޕްރޮޑަކްޓެއްގެ ލިންކް ނުވަތަ ފޮޓޯ ވައިބަރ، ވަޓްސްއެޕް، ފޭސްބްކް، އިންސްޓާގްރާމް އަދި ޓްވިޓަރ ނުވަތަ ލެކިއުޓް ގެ ކަސްޓަމަރ ސަރވިސަސް ހޮޓްލައިން 7696699 އަށް ފޮނުވާލުމުން ސަރވިސް ހުޅުވިގެންދާނެ ކަމަށް ލެކިއުޓުން ބުންޏެވެ.

މީގެ އިތުރުން ކޭ.އެލް ޑިރެކްޓް މެދުވެރިކޮށް ބޭނުން ކޮންމެ އެއްޗެއްވެސް ގެނައުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ގޭތެރެއަށް ބޭނުންވާ ސާމާނު، ރީތިވާ ސަމާނު، ސެންޓް، ހެދުން، އެހެނިހެން ޕްރޮޑަކްޓްތައް ވެސް މި ހިދުމަތުގެ ދަށުން ޕްރީ އޯޑަރ ކޮށްލެވޭނެއެވެ.

ޕްރީ އޯޑަރ ސަރވިސް މެދުވެރިކޮށް ގަންނަ ތަކެތި ދެ ހަފްތާ އާއި ހަތަރު ހަފްތާއާ ދޭތެރޭގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށާއި ފައިސާ ދެއްކުމުގައި ރައްކާތެރިކަން ލެކިއުޓް އިން ޔަގީންކޮށްދޭނެ ކަމަށް އެ ފަރާތުން ބުންޏެވެ.

ލެކިއުޓްގެ އުންމީދަކީ މި ހިދުމަތަކީ ވެސް ރާއްޖެއަށް ބޭނުންތެރި އަދި ކަސްޓަމަރުން ބަލައިގަންނާނެ ހިދުމަތަކަށްވުން ކަމަށާއި ރާއްޖޭގައި ހުރެގެން ފަސޭހަ ކަމާއިއެކު ކޮލިޓީ ތަކެތި ގަނެވުމަކީ ކަސްޓަމަރުންނަށް ލިބިގެންދާ ލުއި ފަސޭހައެއް ކަމުގައި ދެކޭ ކަމަށް ލެކިއުޓުން ބުންޏެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
13 އެޕްރީލު 2017

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!
06 އެޕްރީލު 2017

އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި

06 އެޕްރީލު 2017
އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު