Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އަދަދެއް ނުވާ ގިނަ ގުނަ ހުރަސްތައް ކުރިމަތިވެގެން އަޔަކަސް.......

29 ޖުލައި 2018 | އާދީއްތަ 13:56

އިންތިހާބަށް ކެންޑިޑޭޓް ނެރުމުގައި ވެސް އެތައް ހުރަސްތަކެއް ދިމާވި

| 29 ޖުލައި 2018 | އާދީއްތަ 13:56
ގުޅިފައިވާ ކޯލިޝަންގެ ބައްދަލުވުމެއް

ގުޅިފައިވާ ކޯލިޝަންގެ ބައްދަލުވުމެއް

އަދަދެއްނުވާ ގިނަގުނަ ހުރަސްތައް ކުރިމަތިވެގެން އަޔަކަސް

މަދަދާއި ފޮނި އިލްހާމްތައް ފަހެ ނުލިބިދާނޭތޯ

މަގުތައް ކޮށެވި އާރަސްތުވެވިގެން އަންނަ ގޮތް ވީމާ

ތަގުދީރުގައި ތިޔަހެން އަތުން ހިފެހެއްޓިދާނެތޯ

އާއެކެވެ. މިއީ މަޝްހޫރު ޅެންވެރިޔާ ހޯރަފުށީ އާދަމް ސަލީމް ހައްދަވައިފައިވާ ޅެމެއްގެ ދެ ޅެންބައިތެވެ. އެ ޝާއިރު މިއަދު އަޅުގަނޑުމެންނާ ވަނީ ވަކިވެވަޑައިގެންފައެވެ. އެހެން ނަމަވެސް ޅެންވެރިކަމުގެ ގުލްޒާރުގައި މި ޅެމުގެ އަޑެއް ހިލައި ފަނޑުވެގެން ގޮސްފައެއްނެތެވެ. އާންމު އުސޫލުން ލިބެން އޮތް ފުރުސަތުތައް ނުފޫޒުން ބަންދުކުރިޔަސް އިތުރު ދޮރުތައް ހުޅުވި އެކަންކަން ހާސިލް ވުމުން މިޅެން ބައިތުތައް އަލުން ދިރިގެން އަންނަނީ މަދެއް ކޮށެއް ނޫނެވެ.

އަޑުއައްސަވާށެވެ. ދިވެހިރާއްޖޭގައި މިވަގުތު އޮތް ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަދަލު ކުރުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބެވެ. އެ އިންތިހާބުގައި ގުޅިފައިވާ ކޯލިޝަނުން ނެރޭނެ ކެންޑިޑޭޓެއްގެ ބަހުސް ދިގުލައިގެން ދިޔުމުގެ އެއް ސަބަބަކަށް ވެގެން ދިޔައީ ގުޅިފައިވާ ކޯލިޝަނުގެ ލީޑަރުން ވަކި ހަމަތަކަކަށް ފައްތައި އޮބެ ހެއްޓުމަށް ކުރެވިފައިވާ މަސައްކަތްތަކަކުން ކަމަށް ގަބޫލުކުރާ ބަޔަކު އެބަތިއްބެވެ. ނޫން ނަމަ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރެވިފައި އޮތުން އެއީ ސަބަބަކަށް ބަލައެވެ. އަދި ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހެއްގެ ސަބަބުން ގާސިމް އިބުރާހިމަށް ކުރިމަތިލެއްވުމަށް އޮތް ފުރުސަތު ބަންދުވެގެން ދިޔުން ވެސް ސަބަބަކަށް ބެލި މީހުން މަދެއް ނޫނެވެ.

ރައީސް ޔާމީނުގެ ވެރިކަމާ ނުރުހި މިގައުމުގައި ތިބި އެތައް ހާސް ބަޔަކަށް މިއަދު ލިބުނު އުންމީދަކީ ކޯލިޝަންގެ ކެންޑިޑޭޓްގެ ގޮތުގައި އިބުރާހިމް މުހައްމަދު ޞާލިހް ހަމަޖެހިގެން ދިޔުމެވެ. މިހާރު އެވަނީ އިލެކްޝަން ކޮމިޝަނުން އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާސް ކޮޅުގައި އޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ. މިހިސާބަށް ދަތުރުކުރި އިރު އެމަނިކުފާނާއެކީ އިސްލާހީ މަސައްކަތަށް ނިކުންނެވި އެތައް ބޭފުޅުންނެއް ތިއްބެވީ ވެސް ޖަލުގައެވެ. ކުރީގެ ރައީސުންނެވެ. މަޖިލިސް މެމްބަރުންނެވެ. މީގެ ތެރޭގައި ޕާޓީއަށް އިހްލާސްތެރި އާންމު މެމްބަރުން ވެސް ހިމެނެއެވެ. ޖުމްލަކޮށް ދަންނަވާނަމަ ނުހައްގުން ޖަލަށް ލެވުނު މީހުންގެ ލިސްޓު އިދިކޮޅުފަރާތްތަކުން ހާމަ ކުރާއިރު ގައުމަށް ވެފައި އޮތް ގޮތް މުޅިން ސާފެވެ.

އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްކަން ހަވާލު ކުރެވުނީ އުކުޅަކުގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައެވެ. އެގޮތަށް އެންމެ ފަހު ވަގުތު ނިންމަން ޖެހުނީ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިންތިހާބު ކުރެވުނު ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު އިލެކްޝަން ކޮމިޝަނުން ބަލައިނުގަނެ އިދިކޮޅު ކެންޑިޑޭޓެއް ނެތި އިންތިހާބަށް ގޮސްފާނެ ކަމުގެ ބިރުވެސް އޮތުމުންނެވެ. ވަގުތު ފާއިތުވުމުގެ ކުރިން ޝަރުތުހަމަވާ އެހެން ކެންޑިޑޭޓެއް އިދިކޮޅުފަރާތްތަކަށް ނުދެއްކިއްޖެ ނަމަ މި ސަރުކާރުގެ ބާރު ކަނޑުވާލަން އޮތް ފުރުސަތު ގެއްލި ހިނގައިދާނެ ކަމަށެވެ.

ރިޔާސީ އިންތިހާބަށް 50 ދުވަހަށް ކައިރިވެފައިވާއިރު ދިމާވި އެތައް ހުރަސްތަކެއް އެބަހުއްޓެވެ. އިންތިހާބަށް ތާއީދު ހޯދުމަށް މަގުމަތީގައި ޕޯސްޓަރު ހިއްޕުމާއި، އެއްވެސް ރަށެއްގައި ތާއީދު ހޯދުމަށް ހާމަ ތަނެއްގައި ޖަލްސާ ބޭއްވުމާ، މާލޭގެ މަގެއްގެ މަތިން ސަފުހަދާފައި ހިނގާލުމަކީ ކުރެވުނު ކަމެއް ނޫނެވެ. އެހެން ނަމަވެސް މިކަންކަން މިވަގުތު ބަދަލުވަމުން މަގުތައް ހުޅުވެމުންދާ މަންޒަރު އެދަނީ ފެންނަމުންނެވެ. އިންތިހާބުގެ މިނިވަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ނިމުން އައިސްފައި ނުވިޔަސް ކަންކަން ބަދަލުވާ މަންޒަރު އެބަފެނެއެވެ.

ބަދަލުވަމުންދާ މަންޒަރުގެ ސަބަބުން ހައްގުތައް ފުރިހަމައަށް ނުލިބި ޖަލުގެ ކުޑަގޮޅީގެ އަށިމަތީގައި ދިމާ އެއްތެދަށް އެކަނި އޮތް މީހާއާއި، މިނިވަން ކަމާއެކީ ބަސްނުބުނެވި އަނގަ ބަންދުވެފައިވާ މީހާއާއި، ގައުމުގައި އޮތް ކޮރަޕްޝަނަށް ނޫނެކޭ ބުނަން ހިތުގައިލައިގެން އޮތް މީހާ ކުރާ އުންމީދަކީ ގައުމު ހަމަހިމޭން ކަމުގެ ނޭވާއެއްލުމަށް ފުރުސަތު ލިބޭނެ ކަމުގެ އުންމީދެވެ. އާއެކެވެ. ހުރަސްތައް ކުރިމަތިވެއްޖެއެވެ. ކުރެވޭ މަސައްކަތުން އިތުރު ދޮރުތަށް ހުޅުވި އުންމީދު ވެސް މިއަދު ގެނުވައިފިއެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
18 އެޕްރީލު 2017

ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟

18 އެޕްރީލު 2017
ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟
12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް